Roadha Mihaaru
ވޯޓުގެ ނަތީޖާ ސަރުކާރުން ގަބޫލެއް ނުކުރާނެ: އިބޫ

ވޯޓުގެ ނަތީޖާ ސަރުކާރުން ގަބޫލެއް ނުކުރާނެ، ރައީސް ޔާމީނަށް ތާއީދެއް ނެތް: އިބޫ

18 ސެޕްޓެމްބަރ 2018

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ނުކުންނަ ނަތީޖާއަކީ ސަރުކާރު ގަބޫލު ކުރާ ނަތީޖާއަކަށް ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން ފ. ބިލެއްދޫން މުހައްމަދު ޔާމީން

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ނުކުންނަ ނަތީޖާއަކީ ސަރުކާރު ގަބޫލު ކުރާ ނަތީޖާއަކަށް ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.

ފ. އަތޮޅުގެ ބައެއް ރަށްތަކަށް އިބޫ ކުރެއްވި ކެމްޕެއިން ދަތުރުގައި އެ އަތޮޅު ދަރަނބޫދޫގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ މި ފަހަރުގެ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދެއް ނެތް އިރު، ކުރިމަތިވެދާނެ ގޮންޖެހުމަކަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.

"އިންތިހާބަށް ނުފޫޒު ފޯރުވައި ވޯޓު ގަޑުބަޑު ކުރަން ބަޔަކު އުޅެފާނެ. އެކަމަކު، ރައްޔިތުން ތިބީ އެ އަށް ފުރުސަތު ދޭކަށް ނޫން. ރައްޔިތުން ބޭނުންވާ ގޮތް ނިންމައިގެން ތިބީ،" ވީހާ ވެސް ގިނަ ބަޔަކު ވޯޓުލައި ފޮށިތައް ފުރާލުމަށް އެދިވަޑައިގަންނަވަމުން އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި މިފަހަރުގެ ރިޔާސީ އިންތިހާބަކީ ރައްޔިތުން ގޮތް ނިންމުމަށް ލިބޭނެ މުހިންމު ފުރުސަތެކެވެ. އެއީ ވަކި ފަރާތެއްގެ މަޖުބޫރު ކަމެއް ނެތި، ތިމާ އެދޭ ގޮތް ކަނޑައެޅުމުގެ އިހްތިޔާރު ލިބޭނެ ދުވަސް ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރުކަން ކުރައްވާ އިބޫ ވިދާޅުވި އެވެ.

"އެ ދުވަހަކީ އަޅުގަނޑުމެން މި ކުރާ އުންމީދުތަކަށް ގޮތް ނިންމޭނެ ދުވަސް،" އިބޫ ވިދާޅުވި އެވެ.

ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތުން ބޭނުންވަނީ ބަދަލެއް ކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ވޯޓުން މޮޅުވެ، ރައްޔިތުން ބޭނުންވާ އިސްލާހުތައް ގެނައުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ފ. އަތޮޅުގެ ރަށްތަކަށް އިބޫ އިއްޔެ ކުރެއްވި ދަތުރުގައި ވަނީ ފ. ބިލެއްދޫގެ އިތުރުން ދ. މާއެނބޫދޫ މ. ކޮޅުފުށި، މ. މުލައް، މ. ދިއްގަރު، ފ. ފީއަލި، ފ. ނިލަންދޫ، ފ. ދަރަނބޫދޫ އަދި ފ. މަގޫދު އަށް ވަޑައިގެންފަ އެވެ. މިއީ، އިބޫގެ ކެމްޕެއިންގައި މިހާ ގިނަ ރަށްތަކަކަށް އެއް ދުވަހެއްގައި ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި ނުވަ ރަށަށް ވަޑައިގަތުމުން، އެ ރަށްތަކުގައި ދިރިއުޅޭ އިދިކޮޅު ސަޕޯޓަރުން އިބޫ އަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ.