Roadha Mihaaru
އިންތިހާބުން ބަލިވީ އިހުލާސްތެރިން ދޫކޮށްލުމުން: ރިޔާޒް

މި ފެނުނީ އިހުލާސްތެރިން ދޫކޮށް ގޮތް ނޭނގޭ މީހުންނަށް އިތުބާރުކުރުމުގެ ނަތީޖާ: ރިޔާޒް

24 ސެޕްޓެމްބަރ 2018

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވީ ޕީޕީއެމްގެ ތެރޭގައި ބައިބައިވުން ބޮޑުވެ ޕާޓީ ތެރޭގައި ތިބި އިހުލާސްތެރިން ދޫކޮށް، ގޮތް ނޭނގޭ މީހުންނަށް އިތުބާރު ކުރުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި، އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން 89 ޕަސެންޓު މީހުން ވޯޓުލާފައިވެ އެވެ. މިއީ އެންމެ ގިނަ ބަޔަކު އިންތިޚާބެއްގައި ވޯޓުލި ފަހަރަށްވާނެ އެވެ.

ކެމްޕެއިން ޖަލްސާއެއްގައި ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރު އަދި ޕީޕީއެމްގެ ބައެއް އިސްވެރިން ގައުމީ ސަލާމް ވިދާޅުވަނީ.---ފޮޓޯ: ރައީސް އޮފީސް

ކެމްޕެއިން ޖަލްސާއެއްގައި ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރު އަދި ޕީޕީއެމްގެ ބައެއް އިސްވެރިން ގައުމީ ސަލާމް ވިދާޅުވަނީ.---ފޮޓޯ: ރައީސް އޮފީސް

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒް ވިދާޅުވީ ރައްޔިތުންގެ ނިންމުން ފުރިހަމައަށް ބަލައިގަންނަ ކަމަށެވެ. އަދި އިބޫއަށާއި އެމަނިކުފާނުގެ ރަނިންމޭޓު، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމަށް ރިޔާޒް ވަނީ މަރުހަބާ ދަންނަވައިފަ އެވެ.

"މިހެން ދިމާވީ ބައިބައިވުން ބޮޑުވެ، އަމާޒު ގެއްލުނީމަ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި، އަމާޒު ގެއްލުނީ ޕީޕީއެމް ތެރޭގައި ތިއްބެވި އިހްލާސްތެރިން ދޫކޮށްލައި، ގޮތް ނޭނގޭ މީހުންނަށް އިތުބާރުކޮށް އެއް ދިމާލަށްވުރެ ގިނަ ދިމާލުގައި ކެމްޕެއިން ކުރުމުންނެވެ.

"އޭނަ ކުރަނީ ކޮން ކަމެއް ކަން، މީނަ ކުރަނީ ކޮން ކަމެއް ކަން ނޭނގި އަމާޒެއް ނެތި ދަތުރުކުރީމަ މިހެން މި ދިމާވީ. މި ނަތީޖާ ނުކުތުމުން ހައިރާނެއް ނުވޭ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ރައީސް ޔާމީން ބަލި ކުރައްވައި އިބޫ އާއި ރަނިންމޭޓް ފައިސަލް ނަސީމާ އެކު އިދިކޮޅު ސަޕޯޓަރުން ރޭ އުފާ ފާޅުކުރަނީ -- ފޮޓޯތައް: ނިޝާން އަލީ/ މިހާރު

ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ރައީސް ޔާމީން ބަލި ކުރައްވައި އިބޫ އާއި ރަނިންމޭޓް ފައިސަލް ނަސީމާ އެކު އިދިކޮޅު ސަޕޯޓަރުން ރޭ އުފާ ފާޅުކުރަނީ -- ފޮޓޯތައް: ނިޝާން އަލީ/ މިހާރު

ރިޔާޒަކީ ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ ބައެއް ސިޔާސަތުތަކަށް ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވި މެމްބަރެކެވެ. ހާއްސަކޮށް، ބައެއް ގާނޫނުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ރިޔާޒްގެ ނުރުހުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. އަދި މި ފަހުން، މަޖިލިހުގައި ނެގި ބައެއް ވޯޓުތަކުގައި ޕީޕީއެމްގެ މެމްބަރުންނާއެކު، ވޯޓު ނުދެއްވި މެމްބަރުންގެ ތެރޭގައި ރިޔާޒް ހިމެނިވަޑައިގަންނަވަ އެވެ.

ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ބޮޑު ތަފާތަކުން، އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބު ކުރެއްވި ކަން ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އަދި ރައީސް ޔާމީން ވަނީ ރައީސް އޮފީހުގައި އިބޫއާ ބައްދަލުކުރައްވައިފަ އެވެ.