ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވަގުތުން ބަންދުން މިނިވަން ކޮށްދޭން އެދި އެ ދެބޭފުޅުންގެ ވަކީލުން ހައި ކޯޓަށް މިއަދު ހުށަހަޅުއްވައިފި އެވެ.
24 ސެޕްޓެމްބަރ 2018
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވަގުތުން ބަންދުން މިނިވަން ކޮށްދޭން އެދި އެ ދެބޭފުޅުންގެ ވަކީލުން ހައި ކޯޓަށް މިއަދު ހުށަހަޅުއްވައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރި މައުމޫންގެ މައްޗަށް އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ސާބިތުވެ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ، ފާރިސްގެ މައްޗަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ފާރިސް އަށް އިއްވި ޖަލު ހުކުމް އިސްތިއުނާފަށް ކުރިން ހުށަހަޅާފައި ވާއިރު، މައުމޫންގެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ވެސް ވަކީލުން ގެންދަނީ ކުރަމުންނެވެ.
އެ ދެބޭފުޅުންގެ ވަކީލުން މިއަދު ހައި ކޯޓަށް ހުށަހެޅުއްވީ އެ ދެ މައްސަލައިގެ އިސްތިއުނާފް ނިމެންދެން، އެ ދެ ބޭފުޅުންގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށް، ބަންދުން މިނިވަން ކުރުމުގެ އަމުރެއް ނެރެ ދިނުމަށެވެ.
ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން ބަންދުގައިވާ މީހެއްގެ މައްސަލައިގެ އިސްތިއުނާފް އެ ކޯޓުގައި ހިނގަމުންދާ މުއްދަތުގައި، އެ މައްސަލައެއް އެ ކޯޓުން ނިމެންދެން ވަގުތީ ގޮތުން އެ މީހަކު ބަންދުން މިނިވަން ކުރުމުގެ ބާރު ހައި ކޯޓަށް އޮންނާނެ އެވެ.
މައުމޫނާއި ފާރިސްގެ އިތުރުން ޓެރަރިޒަމްގެ ދައުވާއެއް އުފުލައި، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުރި ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމް ވެސް ބަންދުން މިނިވަން ކުރަން ވަކީލުން މިއަދު ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ.
މައުމޫނާއި ފާރިސް އާއި ނަދީމްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާއެއް އުފުލައިފަ އެވެ. އެ މައްސަލަ ދަށު ކޯޓުން އަދި ނުނިމެ އެވެ.
ތިން ބޭފުޅުން ދޫކޮށްލި މައްސަލަ އިސްތިއުނާފެއް ނުކުރާނެ
ކަފާލާތުގެ ދަށުން މައުމޫނާއި ފާރިސް ދޫކޮށްދޭން އެދެފި
ފާރިސް ބަންދުގައި ބެހެއްޓީ ގޯސްކޮށް: ހައި ކޯޓް
ފާރިސް ބަންދުކުރި މައްސަލަ ހުކުމާ ހަމައަށް
3 އަހަރު ކުރިން ފާރިސް ހައްޔަރުކުރި މައްސަލަ ނުނިމި
ދެ މިލިއަން ދޭން އެންގި މައްސަލަ ހައިކޯޓުން ބޭރުކޮށްފި
ފާރިސް އާއި ޣައްސާނުގެ ޝަރުތު ހަމަވޭތަ؟
ފާރިސްގެ އިސްތިއުނާފް މައްސަލައިގެ ހުކުމް މާދަމާ
މައުމޫންގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް މާދަމާ
މައުމޫންގެ މައްސަލާގެ އިޖްރާއާތެއް ގޯސް ކަމަށް އެއްބަސް