26 ސެޕްޓެމްބަރ 2018
ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައި ނުގަތުމަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅާއި ޕީޕީއެމްގެ ނިމުން ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައި ނުގަތުމަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅާއި ޕީޕީއެމްގެ ނިމުން ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަރައްގީތަކެއް ގެނެސްފައި އޮއްވައި، ރައީސް ޔާމީނަށް ދެވަނަ ދައުރެއް ލިބިވަޑައިނުގަތުމަކީ ރާއްޖޭގެ ނިމުމެއް ވެސް ނޫން ކަމަށެވެ.
ވިލިމާލޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ބައެއް އަރިސް ބޭފުޅުންނާ އެކު ސަމާސާ ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް
ޕީޕީއެމުން އަލުން ނުކުމެ، "ރުކުރުވާލައި" ހަރުދަނާ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާނީ މާ ބަދަހި ސަފަކާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި ހަފުތާ ބަންދުގައި އޮންނަ ޕީޕީއެމްގެ ކޮންގްރެސްއަށް ފަހު، އުފެދޭނީ ވަރުގަދަ ފައުޖެއް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
"އިދިކޮޅު ޕާޓީގެ ދައުރު އޭގެ ޒާތުގައި ރަނގަޅަށް އަދާކުރާ ނަމަ، ރައްޔިތުންނަށް ފައިދާ ވާނެ. މާ ބޮޑު ތަނުން ފައިދާވާނެ. އިދިކޮޅު ޕާޓީގެ ދައުރު ފައިދާ ނުވާ ގޮތަކީ މަޖިލިހުގައި ތިބެ ޖަލްސާއަށް ނުދިއުން. އެންމެ ކުޑަމިނުން ބަޖެޓަށް ވޯޓު ނުދިނުން،" އަހަރެއްހާ ދުވަހު އިދިކޮޅު މެމްބަރުން މަޖިލިހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގެންނެވުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވި އެވެ.
"ބައްލަވާތި، އަޅުގަނޑުމެންގެ ތެރެއިން އެންމެ މެމްބަރަކު ހުއްޓަސް، މަޖިލިހުގެ ތަޅުމުގައި ހުންނާނެ،"
ނިހާން އެގޮތަށް ވިދާޅުވި އިރު، ރައީސްކަމުން ވަކިވެވަޑައިގަތަސް އެމަނިކުފާނަށް ވެވަޑައިގެންނެވި މިންވަރަކުން ރައްޔިތުންގެ ހިދުމަތުގައި ދެމިހުންނަވާނެ ކަމަށް ރައީސް ޔާމީން މިދިޔަ ހޯމަ ދުވަހު ވަނީ ވިދާޅުވެފަ އެވެ.
ނިހާން ވިދާޅުވި ގޮތުގައި، މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ނިމިގެން ދިޔައިރު ޕީޕީއެމުން މީސްމީހުންގެ އައިޑީ ކާޑު ގަނެ، އިންތިޚާނުގައި ވައްކަން ކޮށްފައި ނުވާނެ އެވެ.
"ތަނެއް ފޭރިގަނެގެން، ވައްކަން ކޮށްގެން، ދައުލަތެއް ލޫޓުވާލައިގެން ދެވަނަ ދައުރެއް ހޯދަން ޖެހޭ ބަޔަކު ކޮންތާކަށް ހޭ ދިޔައީ؟ އަޅުގަނޑުމެން [ކުރި ވައްކަމެއް] ނުކުރަން،" އިލެކްޝަންސް ކޮމިޝަނާއި ޕީޕީއެމް ގުޅިގެން އިންތިޚާބު އޮޅުވައިފާނެ އިދިކޮޅު ފަރާތްތަކުން ބުނުމާ ގުޅިގެން އެއަށް ރައްދު ދެއްވައި ނިހާން ވިދާޅުވި އެވެ.
އިބޫ، އޭނާގެ ސަޕޯޓަރުންނާ އެކު އުފާފާޅު ކުރައްވަނީ.---ފޮޓޯ: އެމްޑީޕީ
ނިހާން ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ ރައްޔިތުންގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖައްސައި ދެއްވި ލީޑަރެކެވެ. އޭގެ އެއް ހެއްކަކީ، ރައީސް ޔާމީން އަމިއްލަފުޅަށް މަސައްކަތްޕުޅު ކުރައްވައިގެން ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި 98،000 ވޯޓު ހޯއްދެވުން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
އިންތިޚާބުން ޕީޕީއެމަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން، ޕާޓީގެ ސަޕޯޓަރުންނަށް ހަމަލަދީ ފުރައްސާރަ ކުރަމުންދާ ކަމަށާއި ތަހުޒީބު ޑިމޮކްރަސީއެއް ނޫން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އަދި ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ބިރު ދައްކަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"މިއީ ވަރަށް ދަށު ދަރަޖައިގެ ކަންތައްތައް. މި ކަންކަން ހުއްޓާލުމަށް އަޅުގަނޑު ގޮވާލަން. ހާއްސަ އަހަންމިއްޔަތު ކަމެއް ދެއްވާ. ހިނގަމުންދާ ސަރުކާރެއް އެބައޮތް. ރައްޔިތުންގެ މެންޑޭޓު ބަދަލުވާނީ ނޮވެމްބަރު 17 އިން ފެށިގެން،" މި ސަރުކާރުގައި ވަޒީފާ އަދާކުރަމުން އަންނަ ބައެއް މީހުން ވަކި ކުރާނެ ކަމުގެ އިންޒާރު ދިނުމާއި ޕީޕީއެމުން ވަކިވާން މަޖުބޫރު ކުރާ ކަމަށް ބުނެ ނިހާން ވިދާޅުވި އެވެ.
ޕީޕީއެމުން އިދިކޮޅަށް: ކާމިޔާބީ އޮތީ ވަރަށް ކައިރީގައި
"ޅ.އަތޮޅުން ފެނުނީ އެމްޑީޕީ މާޔޫސްވެފައިވާ މަންޒަރު"
އައިޑީ ކާޑް ގަތުން ފަދަ ކަމެއް ނުކުރަން: ޕީޕީއެމް
ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟
އިބޫ ގެންދަވަނީ ރައީސް ޔާމީންގެ ވައުދު ކޮޕީކުރައްވަމުން
ނިހާން އާންމުކުރެއްވި ފޮޓޯއާއެކު ހޫނު ފެނަށް!
އިބޫ ކަމުދޭ، ރައީސް ޔާމީން ބައްޔެއް ނުކުރެވޭނެ:ނިހާން
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
އެމްއެމްޕީއާރުސީ މައްސަލަ އަށް އިންސާފެއް ނުލިބޭނެ
ރައީސް ވެރިކަމުން ދުރުކުރަން އުޅެނީ ނަޝީދު: ޕީޕީއެމް