Roadha Mihaaru
އެއްބަސްވުންތަކަށް އިހްތިރާމްކުރާނެކަމަށް ދެކެން: ޗައިނާ

ފްރީ ޓްރޭޑް އެގްރިމަންޓަށް އާ ސަރުކާރުން އިހްތިރާމް ކުރާނެ ކަމަށް އުންމީދުކުރަން: ޗައިނާ

26 ސެޕްޓެމްބަރ 2018

ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ރާއްޖޭގެ އާ ސަރުކާރުން އިހުތިރާމްކޮށް ސިލްކް ރޯޑް މަޝްރޫއަށް އެއްބާރުލުން ދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޖެންގް ޝުއާންގް ވިދާޅުވެއްޖެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ރާއްޖޭގެ އާ ސަރުކާރުން އިހުތިރާމްކޮށް ސިލްކް ރޯޑް މަޝްރޫއަށް އެއްބާރުލުން ދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޖެންގް ޝުއާންގް ވިދާޅުވެއްޖެ އެވެ.

ޝުއާންގްއާ ހަވާލާދީ އިންޑިއާގެ ދަ ހިންދޫން ބުނީ ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި ބޮޑު ކާމިޔާބީއެއް ހޯއްދެވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުން ވެސް ރައީސް ޔާމީންގެ ސިޔާސަތު ދަމަހައްޓައި ފްރީ ޓްރޭޑް ފްރީ ޓްރޭޑް އެގްރިމެންޓަށް އަމަލު ކުރެވޭނެ ފަދަ މާހައުލެއް އުފައްދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ ދިވެހި ސަރުކާރުގެ ސިޔާސަތު ދަމަހައްޓައި ޗައިނާގެ ކުންފުނިތަކަށް ރާއްޖޭގައި ހަރަކާތްތެރިވެވޭނެ ފަދަ މާހައުލެއް ގާއިމުކޮށްދޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ ފްރީ ޓްރޭޑް އެގްރިމެންޓް ފުރިހަމައަށް ތަންފީޒު ކުރުމަށާއި ދެ ގައުމުގެ ދެމެދުގައި ކުރާ އިންވެސްޓްމެންޓްތައް ފުޅާކުރުމަށް ދިވެހި ސަރުކާރާއެކު މަސައްކަތް ކުރާނެ ކަމަށެވެ.

ޗައިނާ ސަރުކާރުގެ އެހީ އަދި ލޯނާއެކު އަޅާފައިވާ ސިނަމާލެ ބްރިޖް: ޗައިނާއިން ބުނީ އާ ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް -- މިހާރު ފައިލް ފޮޓޯ

ޗައިނާ ސަރުކާރުގެ އެހީ އަދި ލޯނާއެކު އަޅާފައިވާ ސިނަމާލެ ބްރިޖް: ޗައިނާއިން ބުނީ އާ ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް -- މިހާރު ފައިލް ފޮޓޯ

މީގެ އިތުރުން ރާއްޖޭ އާއި ޗައިނާއާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުން ދަމަހައްޓައި އެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އިބޫގެ ސަރުކާރާއެކު މަސައްކަތްކުރަން ތައްޔާރަށް އޮތް ކަމަށް ވެސް ޝުއާންގް ވަނީ ވިދާޅުވެފަ އެވެ.

ޗައިނާއިން ރާއްޖެ އަށް ދޭ ލޯނުތަކާ އެކު، ދަރަނި ބޮޑުވެ ރާއްޖޭގެ އިގްސާދުގެ ކޮންޓްރޯލް ޗައިނާއަށް ލިބިދާނެ ކަމުގެ ކަންބޮޑުވުން ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ. އަދި ޗައިނާއާ މާބޮޑަށް ގުޅުން ބަދަހިކުރުމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ ކަންބޮޑުވުން ވެސް އައީ ފާޅުކުރަމުންނެވެ.