މިދިޔަ މަހު ރާއްޖޭ އަށް އައި ޓޫރިސްޓުންގެ އަދަދު 2.2 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
27 ސެޕްޓެމްބަރ 2018
މިދިޔަ މަހު ރާއްޖޭ އަށް އައި ޓޫރިސްޓުންގެ އަދަދު 2.2 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އައީ 123،992 ޓޫރިސްޓުންނެވެ. މިދިޔަ މަހުގެ ނިޔަލަށް ޖުމުލަ އަކީ 972،839 ޓޫރިސްޓުންނެވެ. އަދި މި މަހުގެ ތެރޭގައި ވަނީ އެއް މިލިއަން ޓޫރިސްޓުން ހަމަވެފަ އެވެ.
މިދިޔަ މަހު ވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން 33،472 ޓޫރިސްޓުން އައިސްފައިވެ އެވެ. އެކަމަކު މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 0.8 ޕަސެންޓް މަދު އަދަދެކެވެ. ޗައިނާގެ އިތުރުން ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 9،249 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 8 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ރިސޯޓުތަކުގެ އެވްރެޖް އޮކިއުޕަންސީ އަކީ 62 ޕަސެންޓެވެ. ރާއްޖޭގެ 138 ރިސޯޓުގައި 30،341 އެނދު އެބަހުއްޓެވެ.
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
"ޕީކް ސީޒަން"ގެ މަންޒަރު ބަދަލުވެފައި
މިދިޔަ މަހު ވެސް ރާއްޖޭގެ ޓޫރިޒަމް ދަށަށް
ކުރިޔަށް އޮތް ދެ އަހަރު އިތުރު 23 ރިސޯޓު ހުޅުވަނީ
ޗައިނާއިން އައި ޓޫރިސްޓުން ވަރަށް ބޮޑަށް ދަށްވެއްޖެ
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އަހަރުގެ ފުރަތަމަ ފަސް ދުވަހު ގިނައީ ރަޝިއާ ޓޫރިސްޓުން
އާ އަހަރަށް ޓޫރިޒަމްގެ ހިސާބުތައް ދައްކަނީ ކިހިނެއް؟
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ