އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކުރީ އިސްލާމް ދީން ހަތިޔާރަކަށް ހަދައިގެން ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
09 އޯގަސްޓް 2016
އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކުރީ އިސްލާމް ދީން ހަތިޔާރަކަށް ހަދައިގެން ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
ނޫސްވެރިންނާއި ގިނަ ބައެއްގެ ކަންބޮޑުވުންތަކަށް މާ ބޮޑު ހައްލުތަކެއް ގެނެސް ނުދީ އެ ބިލް ފާސްކުރީ ބިލް ހުށަހެޅި އިރު އޮތް ގޮތަށް ވުރެ ވެސް ހަރުކަށި ކޮށްފަ އެވެ. ސަރުކާރަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި އެ ބިލް ފާސްކުރީ ސަރުކާރަށް ތާއީދު ކުރާ މެމްބަރުންގެ ވޯޓުންނެވެ.
އެކަމާ ކަންބޮޑުވުން ފާޅުކޮށް، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އެ ބިލަކީ އިސްލާމް ދީން ހަތިޔާރަކަށް ހަދައިގެން، މަކަރާއި ހީލަތުން ރައްޔިތުންނަށް އޮޅުވާލައިގެން ފާސްކުރި ބިލެއް ކަމަށެވެ. އޭގެ ބޭނުމަކީ ސަރުކާރުން ހިންގާ ޖަރީމާތަކަށް ފަސް އަޅައި، ފޮރުވުމާ އެކު ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ޒާހިރު ގޮވާލެއްވީ އެ ބިލް ތަސްދީގު ނުކޮށް، އަނބުރާ ފޮނުވާލުމަށެވެ.
އެ ބިލަށް އާންމުންނާއި ކަމާބެހޭ މުއައްސަސާތަކުގެ ޚިޔާލު ހޯދަން މަޖިލީހުގެ ކޮމެޓީން ފުރަތަމަ ނިންމިޔަސް ފަހުން ވަނީ އާންމުންގެ ޚިޔާލުތައް ބަލައިނުގަތުމަށާއި ކަމާ ބެހޭ ބައެއް މުއައްސަސާތަކުގެ ބަސް ނުހޯދަން ނިންމައިފަ އެވެ. އެގޮތަށް ނިންމީ އަބުރު ރައްކާތެރި ކުރުމަކީ އިސްލާމް ދީނުގައި ވެސް ބާރު އަޅާފައިވާ ކަމެއް ކަމަށް ފިގުހު އެކަޑަމީން ބުނުމުން ކަމަށް ބުނެ އެވެ.
އެންޓި ޑިފެކްޝަނާއި އަބުރުގެ ގާނޫނު އުވާލަން ހުށަހަޅަނީ
ފާރިސް އާއި މުސްތޮފާ އަށް ފުރުސަތެއް ނުދިން
މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ބިލް ބަދަލުކޮށްފި
ހިޔާލުފާޅުކުރުން ހަނިކުރާ ބިލް ދިރާސާ ކުރަން ފަށަނީ
ބިލަށް ވޯޓު ނުދޭން އެދި މެމްބަރުންނަށް މެސެޖްތަކެއް
އަބުރުގެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފި
އިސްތިއުނާފް ކުރެވޭ ގޮތާއި ޖޫރިމަނާއާ މެދު ވިސްނަންޖެހޭ
ބިލުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ވަގުތީ ކޮމެޓީ އަށް
އަބުރުގެ ބިލަށް ހިޔާލު ހޯދަން ހުޅުވާލައިފި
އަބުރުގެ ބިލު ދިރާސާ ކުރުމަށް 14 ފަރާތެއް ކޮމެޓީއަށް