09 އޮކްޓޯބަރ 2018
ވެރިކަން ބަދަލުވުމުގެ މަރުހަލާ އަމާންކަމާ އެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ހުރިހާ ފަރާތްތަކުން ދީފައިވާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ޒިޔާރަތްކުރި ވަފުދުން މިއަދު ބުނެފި އެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާ އަމާންކަމާ އެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ހުރިހާ ފަރާތްތަކުން ދީފައިވާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ޒިޔާރަތްކުރި ވަފުދުން މިއަދު ބުނެފި އެވެ.
އީޔޫއިން އެގޮތަށް ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު ރާއްޖެއަށް ޒިޔާރަތްކުރި ވަފުދުން މިއަދު ނެރުނު ބަޔާނެއްގަ އެވެ. އެ ވަފުދުގައި ޔޫރަޕިއަން ޔޫނިއަން އެކްސްޓާނަލް އެކްޝަންސްގެ ދެކުނު އޭޝިއާ ޑިވިޝަންގެ ހެޑް ކެރޮލިން ވިނޮޓް ވެސް ބައިވެރިވެ ވަޑައިގަތެވެ.
އެ ވަފުދުން މިއަދު ނެރުނު ބަޔާނުގައިވަނީ ރިޔާސީ އިންތިޚާބު ކާމިޔާބުު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ފޮރިން މިނިސްޓަރު މުހައްމަދު އާސިމްގެ އިތުރުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އާއި އިލެކްޝަންސް ކޮމިޝަނާ އެ ވަފުދުން ބައްދަލުކުރި ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ބައެއް ޑިޕްލޮމެޓުންނާ ވެސް އެ ވަފުދުން ބައްދަލުކުރި ކަމަށް އެ ބަޔާނުގައިވެ އެވެ.
އިންތިޚާބު އަމާންކަމާ އެކު ކުރިއަށް ގޮސްފައިވާތީ އެކަމަށް ތައުރީފްކޮށް، އިންތިޚާބު ކާމިޔާބު ކުރެއްވި އިބޫއަށް އެ ވަފުދުން މަރުހަބާ ކިޔާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާ އަމާންކަމާ އެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ހުރިހާ ފަރާތްތަކުން ދީފައިވާ ކަމަށް ވެސް އީޔޫ ވަފުދުގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ރާއްޖެއާ އެކު ގުޅުން ބަދަހި ކުރުމުގެ ޝައުގުވެރިކަން އީޔޫގެ ވަފުދުން ފާޅުކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެގޮތުން އިންސާނީ ހައްގުތަކުގެ ދާއިރާ އާއި ޝަރުއީ ދާއިރާ ހަރުދަނާ ކުރުމުގެ އިތުރުން ކޮރަޕްޝަނާ ދެކޮޅު ގާނޫނުތައް ހަރުދަނާ ކުރުމަށް އީޔޫގެ އެހީތެރިކަން ދިނުން ހިމެނޭ ކަމަށް އެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި ހުރިހާ ޕާޓީތަކަށް އީޔޫ އިން ގޮވާލާފައިވަނީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ޒިންމާދާރު ކަމާ އެކު މަސައްކަތް ކުރުމަށެވެ.
އިބޫއަށް އީޔޫ އިން މަރުހަބާ ވިދާޅުވިއިރު، ދުނިޔޭގެ ބޮޑެތި ގައުމުތަކާއި ޖަމާއަތްތަކުން އަންނަނީ އިބޫއަށް މަރުހަބާ ވިދާޅުވެ، އިބޫގެ ވެރިކަމެއްގައި ރާއްޖެއާ ގުޅުން ބަދަހިކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
އަލުން ގުޅޭތީ ކޮމަންވެލްތުގެ މަރުހަބާ ރާއްޖެއަށް
ފޮރިން ސާވިސް ބިލް: ނުފޫޒުގެ ތުހުމަތާއި ތައުރީފު
ސައުދީން ރާއްޖެ އަށް އާ ސަފީރެއް
"އިންޑިއާގެ ގުޅުމަށް ފާޑުކިޔަނީ ތަރައްގީ ހަޖަމުނުވާތީ"
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް 3 މަސްތެރޭގައި ފަށަނީ
ކޮވިޑާ ދެކޮޅަށް އަދިވެސް ބޭރުގެ އެހީ މުހިއްމު: ރައީސް
ލަންކާގައި ހުންނަ ޑެޕިއުޓީ އެމްބެސެޑާ ކަމަށް ފައިސަލް
ފޮރިން މިނިސްޓަރު އާސިމް އިންޑިއާ އަށް ވަޑައިގެންފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި