Roadha Mihaaru
ޕާޓީގެ ލީޑަރު ހައްޔަރު ކުރުމުގެ ޒިންމާ އިމްރާން ޚާނަށް

ޕާޓީގެ ލީޑަރު ހައްޔަރު ކުރުމުގެ ޒިންމާ ނަންގަވަން ޖެހޭނީ އިމްރާން ޚާން: ނަވާޒް ޝަރީފް

10 އޮކްޓޯބަރ 2018

އިސްލާމްއާބާދު (އޮކްޓޯބަރު 10) - ޕާކިސްތާން މުސްލިމް ލީގު- ނަވާޒް (ޕީއެމްއެލް) ގެ ލީޑަރު ޝަހުބާޒް ޝަރީފް ހައްޔަރު ކުރުމުގެ ޒިންމާ ނަންގަވަން ޖެހޭ ފަރާތަކީ ބޮޑު ވަޒީރު އިމްރާން ޚާން ކަމަށް ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (އޮކްޓޯބަރު 10) - ޕާކިސްތާން މުސްލިމް ލީގު- ނަވާޒް (ޕީއެމްއެލް) ގެ ލީޑަރު ޝަހުބާޒް ޝަރީފް ހައްޔަރު ކުރުމުގެ ޒިންމާ ނަންގަވަން ޖެހޭ ފަރާތަކީ ބޮޑު ވަޒީރު އިމްރާން ޚާން ކަމަށް ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.

ސިޔާސީ ފަރާތްތަކުގެ ފަހަތުން ދުވަން އިމްރާން ޚާން ފަށާފައިވާ ކަމަށް ނަވާޒް ޝަރީފް ވަނީ ވިދާޅުވެފަ އެވެ. އަދި ޝަހުބާޒް ހައްޔަރުކޮށްފައި ވަނީ ސީދާ އިމްރާން ޚާންގެ އަމުރަށް ކަމަށް ނަވާޒް ޝަރީފް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ޑޯން ނޫހުން ބުނީ ނަވާޒް ޝަރީފް ވަނީ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕް ގުޅިގެން ހުރިހާ އިދިކޮޅު ޕާޓީތަކެއް ހިމަނައިގެން ފުޅާ ކޯލިޝަނެއް ހެދުމަށް ގޮވާލައްވައިފަ އެވެ. އަދި އިދިކޮޅު ހުރިހާ ފަރާތްތަކެއް ގުޅިގެން އިމްރާން ޚާންއާ ދެކޮޅަށް މަސައްކަތް ފެށުމަށް ވެސް ނަވާޒް ޝަރީފް ވަނީ ގޮވާލައްވައިފަ އެވެ.

ޝަހުބާޒް ޝަރީފް ހައްޔަރުކޮށްފައިވާ މައްސަލަ އިތުރަށް ސަމާލު ކަމަށް ގެނައުމަށް ނޭޝަނަލް އެސެމްބްލީ އާއި ޕަންޖާބް އެސެމްބްލީ ބޭރުގައި މުޒާހަރާ ކުރުމަށް ޕީއެމްއެލް-އެން އިން ވަނީ ނިންމައިފަ އެވެ.

ނަވާޒް ޝަރީފް ޖަލަށްލުމުން ޕާޓީ ހިންގުމާ ހަވާލުވެ ހުންނެވި ޝަހުބާޒް ހައްޔަރު ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ނޭޝަނަލް އެކައުންޓިބިލިޓީ ބިއުރޯ (އެންއޭބީ) އިން ބުނީ ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހުބާޒް ހައްޔަރު ކުރީ ކޮރަޕްޝަން މައްސަލައެއްގެ ތުހުމަތުގައި ކަމަށެވެ.