Roadha Mihaaru
"ބިން ލާދިން އަތުން ނަވާޒް ޝަރީފް ފައިސާ ހޯދި"

ބިން ލާދިން އަތުން ނަވާޒް ޝަރީފް ފައިސާ ހޯދި ކަމަށް ތުހުމަތުކޮށްފި

10 މެއި 2017

އިސްލާމްއާބާދު (މެއި 10) - ކަޝްމީރުގައި ޖިހާދީ ހަރަކާތްތައް ހިންގުމަށް އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިންގެ އަތުން ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ފައިސާ ހޯއްދަވާފައިވާ ކަމަށް އިދިކޮޅު ލީޑަރު އިމްރާން ޚާންގެ ޕާކިސްތާން ތަހުރީކީ އިންސާފް ޕާޓީން ތުހުމަތުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮރަޕްޝަނުގެ ތުހުމަތު ނަވާޒް ޝަރީފުގެ މައްޗަށްކޮށް އިމްރާން ޚާން ދަނީ ނަވާޒް ޝަރީފް އިސްތިއުފާ ދެއްވުމަށް ގޮވާލައްވަމުންނެވެ. އިމްރާން ޚާން ޕާޓީގެ ތަރުޖަމާން ވިދާޅުވީ ގައުމުގެ މަސްލަހަތު ހަލަބޮލި ކުރުމުގެ ބޭނުމުގައި ބޭރުގެ އެކި ފަރާތްތަކުން ނަވާޒް ޝަރީފް ފައިސާ ހޯއްދަވާފައިވާ ކަމަށް ބުނާ މައްސަލާގައި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާނެ ކަމަށެވެ.

ބައެއް ފަރާތްތަކާ އިންޓަވިއުކޮށްގެން ހޯދި މައުލޫމާތުގެ އަލީގައި ކަޝްމީރާއި އަފްޣާނިސްތާނުގައި ޖިހާދީ ހަރަކާތްތައް ހިންގުމަށް ބިން ލާދިންގެ އަތުން ނަވާޒް ޝަރީފް 1.5 ބިލިއަން ރުޕީސް ހޯއްދަވާފައި ކަމަށް އިމްރާން ޚާންގެ ޕާޓީން ތުހުމަތުކޮށްފައިވެ އެވެ. އަދި ބޭނަޒީރު ބުއްޓޫއާ ދެކޮޅަށް 1989 ވަނަ އަހަރު އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މި ފައިސާގެ ތެރޭން 270 މިލިއަން ރުޕީސް ހޭދަކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ނަވާޒް ޝަރީފުގެ އާއިލާގެ ބައެއް މެންބަރުންގެ މައުލޫމާތު ހުރުމުން ވެސް އިމްރާން ޚާންގެ ޕާޓީން ވަނީ ނަވާޒް ޝަރީފާ ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.