Roadha Mihaaru
މައުމޫން ކިބައިން މުސްތަފާ މާފަށް އެދިވަޑައިގެންފި

މައުމޫން ކިބައިން މުސްތަފާ މާފަށް އެދިވަޑައިގެންފި

11 އޯގަސްޓް 2016

ސިޔާސީ އެކި ފޯރަމްތަކުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނިސްބަތްކުރައްވައި އެމަނިކުފާނަށް ދެރަކޮށް ވިދާޅުވި ބަސްތަކަށް އެމަނިކުފާނުގެ އަރިހުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ މިއަދު މާފަށް އެދިވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ އެކި ފޯރަމްތަކުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނިސްބަތްކުރައްވައި އެމަނިކުފާނަށް ދެރަކޮށް ވިދާޅުވި ބަސްތަކަށް އެމަނިކުފާނުގެ އަރިހުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ މިއަދު މާފަށް އެދިވަޑައިގެންފި އެވެ.

މުސްތޮފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ސިޔާސީ އެކި ފޯރަމްތަކުގައި މަނިކުފާނަށް ދެރަކޮށް އަޅުގަނޑަށް ބައެއް ބަސްތައް ބުނެވިފައިވާތީ ނިހާޔަތަށް މާފަށް އެދެން" ކަމަށެވެ.

މުސްތަފާ މާފަށް އެދިވަޑައިގެން ކުރެއްވި ޓުވީޓް:

މުސްތަފާ މާފަށް އެދިވަޑައިގަތުމުން މައުމޫން ވަނީ އެކަން ގަބޫލުކުރައްވައިފަ އެވެ. މައުމޫން މުސްތަފާ އަށް ވިދާޅުވީ "އަޅުގަނޑުގެ ހިތް ސާފު" ކަމަށެވެ.

މައުމޫންގެ ޓުވީޓް.

މުސްތަފާ "މިހާރު" އަށް ވިދާޅުވީ ރައްޔިތުންނާ ގުޅޭ ކޮންމެ ކަމެއްގައި، އެއީ ގޯސްކޮށް ހިނގާ ކަމެއް ނަމަ އެކަން ރަނގަޅަށް ކުރިއަށް ގެންގޮސްދެއްވުމަށް ޕީޕީއެމްގެ ވައިބާ ގްރޫޕްގައި މައުމޫން އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތަށް އެދިވަޑައިގަތުމުން، ބައެއް މެމްބަރުން އެއާ ދެކޮޅަށް ވާހަކަ ދައްކަވާއިރު، މައުމޫންގެ ދިފާއުގައި ވެސް އެއްޗެއް ވިދާޅުވާން ކެރިވަޑައިނުގަންނަވަނީ ދެން ކުރިމަތިވެދާނެ ކަމެއްގެ ބިރުވެރިކަމަކާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން، ރައްޔިތުންގެ މިނިވަންކަން ނަގާލެވޭ ގޮތަށް، ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ސަރުކާރުން ނިންމާ ކޮންމެ ނިންމުމެއްގައި ވެސް ރައްޔިތުންނަށް އޭގެން ގެއްލުންވާ ގޮތަށް އޮތް ނަމަ އިސްލާހުކުރަން މައުމޫން މިހާތަނަށް ވަނީ އެދިވަޑައިގެންފައި،" މުސްތޮފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމާއި ރައްޔިތުންނަށްޓަކައި މައުމޫން ވެވަޑައިގަންނަވާ ގުރުބާނީއާ މެދު އޭނާ އުފާވެވަޑައިގަންނަވާ ކަމަށެވެ. މައުމޫނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގައުމާ މެދު އެއް ވިސްނުންފުޅެއް ގެންގުޅުއްވައި އެކައްޗެއް ވިދާޅުވުމަކީ ހެޔޮބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް މުސްތަފާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މިއަދު ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރެއްވި ހިޔާލުފާޅުކުރުން ހުއްޓުވާ ބިލަށް ފާޑުވިދާޅުވެ މުސްތޮފާ އެއަށް ވޯޓެއް ނުދެއްވަ އެވެ. އެ މައްސަލާގައި ޕީޕީއެމްގެ ވައިބާ ގްރޫޕުން އޭނާ ބޭރުކޮށްލާފައިވާއިރު އެ ބިލަށް ވޯޓު ދެއްވި ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޕާލަމެންޓްރީ ގްރޫޕުން ވަނީ ބުނެފަ އެވެ.