25 އޮކްޓޯބަރ 2018
އަރިދަފުސް ރޯގާ އަވަހަށް ފަސޭހަވާ، ނޭފަތަށް ޖަހާ ސްޕްރޭއެއް ޓެސްޓްކުރަން ފަށައިިފި އެވެ.
އަރިދަފުސް ރޯގާ އަވަހަށް ފަސޭހަވާ، ނޭފަތަށް ޖަހާ ސްޕްރޭއެއް ޓެސްޓްކުރަން ފަށައިިފި އެވެ.
އޮސްޓްރޭލިއާގައި އުފެއްދި މި ސްޕްރޭ އަކީ ނޭފަތް ތެރޭގައި އުޅޭ ވައިރަސްތަކުގެ އުމުރު ކުރުކޮށްލާ "އެންޓިވައިރަލް އެޖެންޓް" އެއް އެކުލެވޭ އެއްޗެކެވެ.
"ތަހުލީލުތަކުން ދައްކަނީ މި ބޭނުންކުރުމުން، ނޭފަތުގައި އުޅޭ ވައިރަސްތަކަށް ހަމަލާދީ، އޭގެ ތެރެއިން ގިނަ ވައިރަސްތަކުގެ ބާރު 15-60 ސިކުންތު ތެރޭ ކަނޑުވާލާ ކަމަށް. އަދި އެންމެ ހާއްސަ ކަމަކީ މި ސްޕްރޭއަށް ނުގުޑާ ގޮތަށް ވައިރަސްތައް ބަދަލުވެއް ނުވާކަން،" މި ސްޕްރޭ އުފެއްދި ފަަޔަބްރިކް ފާމާގެ ޗެއާމަން ޕީޓަ މޮލީ ވިދާޅުވި އެވެ.
ރޯގާ ޖެހުމުން ނޭފަތުގައި އެތައް މިލިއަން ވައިރަހެއް އުޅެ އެވެ. އަދި މި ވައިރަސް އެހެން މީހުންނަށް ވެސް ފޯރަ އެވެ.
"އުންމީދަކީ ރޯގާ ޖެހިފައި ހުންނަ އިރު މި ސްޕްރޭ އާންމުކޮށް ބޭނުންކުރުމުން ވައިރަހުގެ އުމުރު ކުރުވެ އެހެން މީހުންނަށް ރޯގާ ފެތުރުން ކުޑަކޮށް އަދި ރޯގާގެ އަލާމާތްތައް ވެސް ކުޑަވުން،" ޕީޓަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސްޕްރޭ އަކީ ރޯގާގެ އުނދަގޫ ކުޑަކޮށްދޭ އަދި ރޯގާ ފެތުރުން ކޮންޓްރޯލް ކޮށްދޭ އެއްޗެއްތޯ ޔަގީންކުރުމަށް ކްލިނިކަލް ޓެސްޓްތައް ކުރިއަށްދާ ކަމަށެވެ.
އަރިދަފުސް ރޯގާ ޖައްސާ 200 އަށް ވުރެ ގިނަ ވައިރަސް އުޅޭ ކަމަށް އެނގިފައިވެ އެވެ. އަދި ފަރުވާއެއް ހޯދުމުގައި މިހާތަނަށް ކާމިޔާބެއް ނުލިބެ އެވެ.
ރޯގާގެ ވައިރަހަކުން ބްލެޑާ ކެންސަރު ސެލް މަރުވޭ
އިންފްލުއެންޒާ ޖެހެން ކެރޭ ނަމަ 3،500 ޑޮލަރު
އަރިދަފުސް ރޯގާއަށް ފަރުވާއެއް ހޯދިދާނެ ގޮތެއް ފެނިއްޖެ
އަރިދަފުސް ރޯގާ އެންމެ ބޮޑަށް ޖެހެނީ އެކަނިވެރިންނަށް
އިންސާނުންނަށް އަރިދަފުސް ރޯގާ އެރީ ޖަމަލުން
ރޯގާއާއި އިންފްލުއެންޒާ އިތުރުވާތީ ސަމާލުވާން އެދިއްޖެ
އިންފްލުއެންޒާ ފެތުރޭތީ އަތޮޅުތަކުން ސާމްޕަލް ނަގަނީ
ސައިނަސް އިންފެކްޝަނާއި އަރިދަފުސް ރޯގާގެ ތަފާތު
ފިޔަވަޅުތަކާ އެކު ކޮވިޑްގައި ސްކޫލްތައް މާ ރައްކާތެރި
ކޮވިޑާ އެކު އެހެން ބަަލިތައް މަދުވެއްޖެ