Roadha Mihaaru
މަޖިލީހުގެ ރައީސް ކަމަށް އަދުރޭ ވާދަކުރައްވަނީ

މަޖިލީހުގެ ރައީސް ކަމަށް އަދުރޭ ވާދަކުރައްވަނީ

24 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ނިންމައިފިނަމަ އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ނިންމައިފިނަމަ އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މަސީހްގެ މައްޗަށް އިތުބާރުނެތް ކަމަށް ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ 14 މެމްބަރަކު ވެސް ހިމެނޭ ގޮތަށް 51 މެންބަރަކު މިއަދު ހުށަހަޅާފައިވާއިރު މަސީހް އިސްތިއުފާ ދެއްވާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވަން އަދުރޭ ނިންމަވާފައިވާއިރު އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާނެ ކަމަށް ބޮޑަށް ބެލެވެނީ ޖުމްހޫރީ ޕާޓީގެ ބާނީ އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ. ގާސިމް މީގެ ކުރިން ވަނީ ހާއްސަ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.

މަޖިލީހުގެ ރައީސް ކަމަށް ވާދަ ކުރައްވާނެ ކަން އަދުރޭ އިއުލާން ކުރެއްވުން--

ކޯލިޝަންގެ ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއް މިއަދު ބާއްވައި ރައީސް ކަމަށް ކުރިމަތިލާނެ ބޭފުޅަކު ކަނޑައަޅަން ވަނީ ނިންމައިފަ އެވެ. މިހާތަނަށް އެނގިފައިވާގޮތުގައި ވާދަކުރައްވަނީ ގާސިމް އެކަންޏެވެ.

މަސީހްގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު، ޖުމްހޫރީ ޕާޓީގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތީ މަސީހް އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތުތައް އަދާނުކުރެއްވުމުގެ ސަބަބުން ކަމަށެވެ. އެހެންވެ ތިން ވަނަ ފަހަރަށް ހުށަހެޅުއްވި މައްސަލަ ކާމިޔާބުވާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ މަސައްކަތްތައް، މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ދާން ޖެހެ އެވެ. އަދި މެމްބަރުންނަށް މަޖިލީހުގައި މަސައްކަތް ކުރެވޭނެ މަގު ފަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.