Roadha Mihaaru
އަދުރޭ ބޭނުންވަނީ މެމްބަރަކަށް 150،000 ދޭން

އަބްދުއްރަހީމް ބޭނުންވަނީ މެމްބަރެއްގެ މުސާރަ 150،000ރ. އަށް ހަމަޖައްސަން

24 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ މެމްބަރެއްގެ މުސާރަ 150،000ރ. އަށް ހަމަޖައްސަން ހުށަހަޅުއްވާނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ މެމްބަރެއްގެ މުސާރަ 150،000ރ. އަށް ހަމަޖައްސަން ހުށަހަޅުއްވާނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ކޯލިޝަނުން އިސްވެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާއިރު، އެ ގޮނޑި ހުސްވެއްޖެ ނަމަ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވަން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ވަނީ ނިންމަވައިފަ އެވެ.

އެކަމާ ގުޅޭ ދެ ކަމެއް، ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުއްރަހީމް މިރޭ ވަނީ ޓުވިޓާގައި ހާމަކުރައްވައިފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ، މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ މެމްބަރެއްގެ މުސާރަ 150،000ރ. އަށް ހަމަޖައްސަން ހުށަހެޅުއްވުމެވެ. ދެވަނަ ކަމެއްގެ ގޮތުގައި އަބްދުއްރަހީމް ހާމަކުރެއްވި ކަމަކީ މަޖިލީހުގެ ރައީސްކަމުގެ ކެމްޕެއިންގައި އޭނާގެ ސްޕޯކްސްޕާސަންގެ މަގާމަށް ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ހަމަޖެއްސެވުމެވެ.

މަޖިލީހުގެ މެމްބަރެއްގެ މުސާރަ އަކީ މިހާރު 62،500ރ. އެވެ. އަދި ކޮމެޓީތަކުގެ ބައްދަލުވުންތަކަށް ވަޑައިގަންނަވާ މެމްބަރުންނަށް 20،000ރ. ގެ އިނާޔަތެއް ލިބިވަޑައިގަންނަވަ އެވެ.

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވަން އަބްދުއްރަހީމް ނިންމެވިއިރު، އިދިކޮޅު ކޯލިޝަންގެ ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން އެ މަގާމަށް ނެރެން މިރޭ ފާސްކޮށްފައި ޖުމްހޫރީ ޕާޓީގެ ފައުންޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ.