Roadha Mihaaru
ޕީޕީއެމްގެ މެޖޯރިޓީ "ގުޑުވައެއް ނުލެވޭނެ": ނިހާނު

މަޖިލީހުގައި އޮތް ޕީޕީއެމްގެ މެޖޯރިޓީ "ހިލާ ގުޑުވައެއް ނުލެވޭނެ": ނިހާން

06 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގައި އޮތް ޕީޕީއެމްގެ މެޖޯރިޓީ "ހިލާ ގުޑުވާ ނުލެވޭނެ" ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގައި އޮތް ޕީޕީއެމްގެ މެޖޯރިޓީ "ހިލާ ގުޑުވާ ނުލެވޭނެ" ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމަށް ސޮއިކުރި މީހުންގެ ފޯމުތަކެއް ހަވާލުކުރުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިހާނު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅި ތިން ސަތޭކައެއްހާ މައްސަލަ ނިންމާލީ ޕީޕީއެމްގެ މެޖޯރިޓީ މަޖިލީހުގައި އޮއްވާ ކަމަށެވެ.

އޭނާ އެހެން ވިދާޅުވި އިރު ޕީޕީއެމްގެ މެޖޯރިޓީ މިހާރު އޮތީ ގެއްލިފަ އެވެ. އެކަަމަކު މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްމަރުންގެ ސޮޔާ އެކު ވެއްދި ފަހުން ސަރުކާރުން ގެންދަނީ އެކި ހުރަސްތައް ކުރިމަތިކޮށް، މަޖިލިސް ހުއްޓުވަމުންނެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓު މެދުވެރިކޮށް ނެރުނު ހުކުމަކާ އެކު އެތައް މެމްބަރުންނެއްގެ ގޮނޑި ގެއްލިއްޖެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރުން ހިމެނެ އެވެ.

ޕީޕީއެމަށް މިހާރު މެޖޯރިޓީ ލިބޭނީ އިދިކޮޅު ހަރަކާތާ ގުޅުނު މެމްބަރުންނަށް މަޖިލިހަށް ނުވަދެވޭ ގޮތް ހަދައިގެންނެވެ.

އެކަމަކު ނިހާނު ވިދާޅުވީ މަޖިލީހުގައި މިއަދު "ތަޅު އަޅުވަން" ބަޔަކު ބޭނުންވަނީ ރާއްޖެ ކުރިއަރުވައިނުދީ ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ތަރުތީބު، އިދާރީ އަދި ތަރައްގީގެ މަސައްކަތްތައް އެހެން ލެވެލަކަށް ގެންދެވޭނެ ގޮތް ނަހަދަން ވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިހާނު އެހެން ވިދާޅުވިއިރު، މިދިޔަ މަހުގެ 24 އިން 30 ގެ ނިޔަލަށް މަޖިލީހުގެ އިދާރާގައި ސިފައިން ތަޅު އެޅުވި މައްސަލާގައި އިދިކޮޅު ފަރާތްތަކުން ގެންދަނީ ސަރުކާރަށާއި ސިފައިންނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އިދިކޮޅު ފަރާތްތަކުން ސިފަކުރި ގޮތުގައި އެ ދުވަސްތަކުގައި ސިފައިން މަޖިލީހުގެ އިދާރާ އޮތީ "ހިސޯރުކޮށްފަ" އެވެ.

ނިހާނު ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅެނީ އެމަނިކުފާނު ގޯސްވެގެނެއް ނޫނެވެ. މަޖިލިހަށް ވެއްދި ކަންކަމުގެ ތެރެއިން 98 ޕަސަންޓު މަސައްކަތް ނިންމާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އުންމީދުތައް [2018 ގައި] ފުނޑުކޮށްލަން ގައުމު ހަލަބޮލިކޮށްލީ،" ރާއްޖޭގެ ބައެއް މީޑިއާތަކުން އަސްލު އޮޅޭ ގޮތަށް ހަބަރު ފަތުރާކަމަށް ތުހުމަތުކުރައްވުމުން ނިހާނު ވިދާޅުވި އެވެ.

"ތިން ބާރުގެ މައްޗަށް ވާޖިބުވޭ ގާނޫނީ ބާރު ދަމަހައްޓަން. މުލައްދަނޑީގެ ބާރެއް ނޫން ރައީސް އެ ދައްކަވަނީ."

ނިހާނު ވިދާޅުވީ ރާއްޖެ އަންނަ އިންވެސްޓްމަންޓްތަކާއި ސިއްހީ ނިޒާމަށް ޒަލްޒަލާއެއް ފަދަ ވަރުގަދަ ބަދަލެއް ގެނެސް ދެއްވީ ރައީސް ޔާމީން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަކީ ބަޔަކު އެއްލި އޮށަކުން މައްޗަށް އަރާ އިމާރާތެއް ނޫނެވެ. ރައީސް ޔާމީންގެ ބުރަ މަސައްކަތްޕުޅާއި ފައިސާ ހޯދުމާއި އަހުލާގާ އެއްވެގެން ނޫނީ އެކަން ނުހިނގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2003 އިން ފެށިގެން ގިނަ އަދަދެއްގެ މާރާމާރީތައް ހިނގައި ބަޔަކު މަރާލިއިރު، ފުލުހުންނާއި ސިފައިންނަށް އަނިޔާކޮށް ޖެއްސުން ކުރުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ. އެހެންވެ، ސިޔާސީ ބޭފުޅުން މިއަދު ބަޔާންތައް ނެރެމުން އަންނަނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ނިހާނު ވަނީ ގާނޫނީ ބާރު ދަމަހައްޓައި ސަލާމަތީ ބާރުތަކަށް ގެއްލުންދޭ މީހުން "ތަޅު އެޅުވުމުގެ" މަސައްކަތް މަޖިލީހުން ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ރާއްޖެ "ގަންބާލަން" މަސައްކަތް ކުރާ ދިވެހި ހާއިނުންގެ މަސައްކަތްތައް ހުއްޓުވުމަށް ހެޔޮލަފާ މީހުން ކުރިން މަސައްކަތްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާނު އެހެން ވިދާޅުވިއިރު، އިދިކޮޅު މެމްބަރުން މަޖިލީހަށް ވެންނެވުމަށް ކުރެއްވި މަސައްކަތުގައި ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ، ބައެއް މެމްބަރުންގެ މައްސަލަތައް ދަނީ ތަހުގީގު ކުރަމުންނެވެ.