13 އޯގަސްޓް 2016
ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ފުރަތަމަ ފަހަރަށް މިއަދު ދުވާނެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ފުރަތަމަ ފަހަރަށް މިއަދު ދުވާނެ އެވެ.
އޮލިމްޕިކްސްގެ އެންމެ މުހިއްމު އެއް އިވެންޓް ކަމަށްވާ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ހީޓުގައި ސާއިދު ދުވާއިރު، އިވެންޓް އޮންނާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 5:37 ގަ އެވެ. ސްޓާސްޕޯޓްސް އިން މި އިވެންޓް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕްރިލިމިނަރީ ބުރުގައި 22 ދުވުންތެރިން ވާދަކުރާއިރު ފުރަތަމަ ބުރަށް ހޮވޭނީ އޭގެ ތެރެއިން އެންމެ ބާރު (އަދަދު ޔަގީނެއް ނުވޭ) ދުވުންތެރިންނެވެ. ފުރަތަމަ ބުރު އޮންނާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރެވެ. އެ ބުރުގައި ވާދަކުރާނީ، ޕްރިލިމިނަރީ ބުރުން ހޮވޭ ދުވުންތެރިންގެ އިތުރުން އޮލިމްޕިކްސް އަށް ކޮލިފައިވެފައިވާ ދުނިޔޭގެ މަޝްހޫރު ދުވުންތެރިންނެވެ. ފުރަތަމަ ބުރުން ކޮލިފައިވާ ދުވުންތެރިންގެ މެދުގައި އޮންނަ ސެމީ ފައިނަލް އަދި ފައިނަލް އޮންނާނީ ހޯމަ ދުވަހު އެވެ.
އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ރޭހުގައި ވާދަކުރި ފުރަތަމަ ދިވެއްސަކީ 1988 ވަނަ އަހަރުގެ ސޯލް އޮލިމްޕިކްސްގައި ދުވި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިސްމާއިލް އާސިފް (ކުޑަހީނާ).
މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އަށް 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިދިން ސާއިދު ލައްވާލީ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ހީޓުގަ އެވެ. އޭނާގެ އިތުރުން މި ހީޓުގައި ދެން ހިމެނެނީ އެންގޯލާ އާއި އެމެރިކަން ސަމޯއާ އާއި ބަންގްލަދޭޝް އާއި ޓޮންގާ އާއި މޯލްޓާ އަދި ކިރިބަތީގެ ދުވުންތެރިންނެވެ.
މި ދުވުންތެރިންގެ ޕާސަންލް ބެސްޓް ޓައިމިން އަށް ބަލާއިރު، ހީޓުގެ އެއް ވަނަ ހޯދައި ސާއިދު ފުރަތަމަ ބުރަށް ހޮވޭނެ ކަމަށް ބެލެވެ އެވެ. އެހެންވެއްޖެ ނަމަ ސާއިދު ވެގެންދާނީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރު ފަހަނައަޅައި ދެވުނު ދެ ވަނަ އެތުލީޓަށެވެ. ލަންޑަނުގައި 2012 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ ޕްރިލިމަރީ ބުރުގެ ތިން ވަނަ ހީޓުގެ ތިން ވަނަ ހޯދައި އަޒްނީމް އަހުމަދު ވަނީ، ޕްރިލިމަރީ ބުރު ފަހަނައަޅައި ދިޔަ ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ހޯދައިފަ އެވެ.
"ސާއިދު ހުރީ ރޭހަށް ފިޓްކޮށް. އަނިޔާގެ މައްސަލައެއް ނެތް،" އެތުލެޓިކްސްގެ އޮފިޝަލަކު ބުންޏެވެ.
ސާއިދު ވަނީ މިދިޔަ އަހަރުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ޕްރިލިމަރީ ބުރުގެ ހަތަރު ވަނަ ހޯދައި ފުރަތަމަ ބުރަށް ކޮލިފައިވެފަ އެވެ. އެ ފަހަރު ސާއިދު ވަނީ، މިއަދު އޭނާއާ އެއް ހީޓެއްގައި ދުވާ ކިރިބަތީ އާއި ބަންގްލަދޭޝް އަދި ޓޮންގާގެ ދުވުންތެރިން ފަހަތަށް ޖައްސާލައިފަ އެވެ. އަދި މިއަދު ސާއިދާ އެކު ދުވާ ބަންގްލަދޭޝްގެ މިސްބާހު ދިޔައީ ޕްރިލިމިނަރީ ބުރުގެ 17 ވަނަ އަށެވެ.
އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރާ އަންހެން ދުވުންތެރިޔާ އަފާ އިސްމާއިލް ބައިވެރިވެފައިވަނީ 200 މީޓަރު ދުވުމުގަ އެވެ. އެ އިވެންޓް އޮންނާނީ ހޯމަ ދުވަހު އެވެ.
ސާއިދު (ކ) އަދި އަފާ މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދުވަނީ. -ފޮޓޯ: އިމޭޖަސް އެމްވީ
ދުނިޔޭގެ އެންމެ ވަރުގަދަ އެއް ތަމްރީން ސެންޓަރު ކަމަށްވާ ޖެމެއިކާގެ ހައި ޕާފޯމަންސް ސެންޓަރުގައި 2012 ވަނަ އަހަރުން ފެށިގެން ތަމްރީން ހަދަމުން އަންނަ ސާއިދު މިދިޔަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑަލް ހޯދިއިރު އޭނާ ވެފައިވަނީ، އެތުލެޓިކްސް އަދި ކުޅިވަރު ގޭމްސްއަކުން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން ހަމައެކަނި ދުވުންތެރިޔާ އަށެވެ. މީގެ އިތުރުން އޭނާ ވަނީ އެ ގޭމްސްގެ 200 މީޓަރު ދުވުމުންނާއި މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ.
އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ރޭހުގައި ވާދަކުރި ފުރަތަމަ ދިވެއްސަކީ 1988 ވަނަ އަހަރުގެ ސޯލް އޮލިމްޕިކްސްގައި ދުވި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިސްމާއިލް އާސިފް (ކުޑަހީނާ) އެވެ. އޭގެ ފަހުން 1992 ވަނަ އަހަރުގެ ބާސެލޯނާ އޮލިމްޕިކްސްގެ 100 މީޓަރު އިވެންޓުގައި ރާއްޖޭގެ އަހުމަދު ޝަގީފް (ރިވަރިން) ދުވިއިރު 2004 ވަނަ އަހަރުގެ އެތެންސް އޮލިމްޕިކްސްގައި ވާދަކުރީ ސުލްތާން ސައީދެވެ. އެންމެ ފަހުގެ ދެ އޮލިމްޕިކްސްގެ ތެރެއިން 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސްގައި އަލީ ޝަރީފް ދުވިއިރު 2012 ވަނަ އަހަރު ވާދަކުރީ އަޒްނީމެވެ. މީގެ ތެރެއިން އަލީ ޝަރީފާއި އަޒްނީމަކީ ސާއިދާއި ހުސެއިން ހަލީމާ އެކު 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ސްޕްރިންޓް ރިލޭ އިން ރާއްޖެ އަށް ލޯ މެޑަލް ހޯދައިދިން ދުވުންތެރިންނެވެ. ދިވެހިރާއްޖޭގެ އެތުލެޓިކްސްގެ ތާރީހު ބަދަލުވެގެން ދިޔައީ އެ ކާމިޔާބީއާ އެކު އެވެ.
އޮލިމްޕިކްސްގައި ޒުވާން އަފާ އަށް ބޮޑު ކުރިއެރުމެއް
"ދެން އޮތް އަމާޒަކީ އޭޝިއާގެ ފައިނަލުގައި ދުވުން"
ސެމީއަށް ނުހޮވުނު ނަމަވެސް، ސާއިދު ތާރީހުގެ ތެރެއަށް
ޕްރިލިމިނަރީ ބުރުގެ އެއް ވަނަ ސާއިދު ހޯދައިފި!
އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ ސަޖަން
އެސްއޭ ގޭމްސްގެ ދެ ރަން މެޑަލިސްޓުން ގައުމީ މުބާރާތަށް
ރޭންކިންގެ ކުރިހޯދައި އޮލިމްޕިކްސްގެ ޖާގަ އިބާދުﷲ އަށް
ގައުމީ މުބާރާތުގެ އެއްވަނަ ސާއިދާއި އައިނީ އަށް
އިންޑިއާގެ ފަހު މުބާރާތުން ވެސް ސާއިދު މެޑަލް ހޯދައިފި
ގްރޯންޕްރީ 3 ގައި ސާއިދާއި ޒިވާ މެޑަލް ހޯދައިފި