Roadha Mihaaru
އެކްސްއެލް ޕްރޮމޯޝަންގެ ދެވަނަ ސައިކަލު ހަވާލުކޮށްފި

އެކްސްއެލް އެނާޖީ ޑްރިންކް ޕްރޮމޯޝަންގެ ދެވަނަ ސައިކަލު ހަވާލުކޮށްފި

04 ޑިސެމްބަރ 2016

ދެ މިލިއަން ރުފިޔާގެ އަގުހުރި އިނާމު ހުށަހަޅައިގެން ކުރިއަށް ގެންދާ އެކްސްއެލް އެނާޖީ ޑްރިންކުގެ ބޮޑު ޕްރޮމޯޝަންގެ ދެ ވަނަ މަހުގެ ސައިކަލު ލިބޭ ފަރާތް އިއްޔެ ހޮވައި އެ ސައިކަލު ރޭ ހަވާލުކޮށްފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ދެ މިލިއަން ރުފިޔާގެ އަގުހުރި އިނާމު ހުށަހަޅައިގެން ކުރިއަށް ގެންދާ އެކްސްއެލް އެނާޖީ ޑްރިންކުގެ ބޮޑު ޕްރޮމޯޝަންގެ ދެ ވަނަ މަހުގެ ސައިކަލު ލިބޭ ފަރާތް އިއްޔެ ހޮވައި އެ ސައިކަލު ރޭ ހަވާލުކޮށްފި އެވެ.

އެކްސްއެލް އެތެރެކޮށް ވިއްކާ ބީއެޗްއެމް ޓްރޭޑާސް އިން މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މި މަހުގެ 29 ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ފުރަތަމަ މަސް ނިމުމުން ވެސް ނަސީބުވެރިޔަކު ހޮވައި ސައިކަލެއް ވަނީ ދީފަ އެވެ. މިދިޔަ މަސް ނިމުމުން ވެސް ގުރުއަތު ނަގާފައިވާ އިރު، މި ޕްރޮމޯޝަންގައި ހިމެނޭ ދެ ވަނަ ސައިކަލު ލިބުނީ ހދ. ކުޅުދުއްފުށީ، ފެހި ފުނަ، އަހުމަދު ރަޝީދަށެވެ. އޭނާއާ ހޮންޑާ މޫވް ބްރޭންޑްގެ ސައިކަލު ހަވާލުކޮށްދެއްވީ ބީއެޗްއެމްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހިލްމީ އެވެ.

އެކްސްއެލް ޕްރޮމޯޝަންގެ ދެވަނަ މަހުގެ ސައިކަލު ލިބޭ ފަރާތް ހޮވުމަށް ރޭ ގުރުއަތު ނަގަނީ.-- ފޮޓޯ: ބީއެޗްއެމް

އެކްސްއެލް ޕްރޮމޯޝަންގެ ދެވަނަ މަހުގެ ސައިކަލު ލިބޭ ފަރާތް ހޮވުމަށް ރޭ ގުރުއަތު ނަގަނީ.-- ފޮޓޯ: ބީއެޗްއެމް

"އެކްސްއެލް ޓެބް ޕްރޮމޯޝަން"ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު ހޮވާ ނަސީބުވެރިންތަކަކަށް ބައިސްކަލެއް ލިބޭ އިރު، ހަފުތާއަކު އެއް ފަހަރު ގުރުއަތުން ހޮވޭ ފަރާތްތަކަށް ވެސް ބައިސްކަލެއް ލިބެ އެވެ. މީގެ އިތުރުން، މަސް ނިމުމުން ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ސައިކަލެއް ދޭން ހަމަޖައްސާފައި ވާއިރު، އެކްސެލް ކޭހެއް ލިބޭ ގޮތަށް ވަގުތުން ދޭ ބޯނަސް އިނާމުތަކެއް ވެސް ވަނީ ހިމަނައިފަ އެވެ.

މި ޕްރޯމަޝަންގެ އެންމެ ހާއްސަ އިނާމަކީ ދެ މީހަކަށް ދޭ ދުބާއީ ދަތުރެވެ. އެ ގޮތުން، ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް، ދެ މީހުންގެ ދުބާއީ ދެކޮޅު ޓިކެޓާއި ތިބުމާއި ކެއުމުގެ ހަރަދުގެ އިތުރަށް ހަރަދު ކުރާނެ ފައިސާ ވެސް ދޭން ވަނީ ނިންމައިފަ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެ ކަމަށް ހާއްސަކޮށްފައިވާ އެކްސްއެލް ދަޅެއް ގަނެ، މަތިގަނޑުގެ ނުފުށުގައި އިންނަ ކޯޑު 7755 އަށް އެސްއެމްއެސް ކުރަން ޖެހެ އެވެ. ދިރާގާއި އުރީދޫގެ ކަސްޓަމަރުންނަށް ވެސް ބައިވެރިވޭ މި ޕްރޮމޯޝަންގައި، ރަނގަޅު ހުރިހާ ކޯޑެއް ގުރުއަތުގައި ބައިވެރި ކުރެ އެވެ. ބޯނަސް އިނާމު ލިބޭ ފަރާތްތަކަށް ވަގުތުން އެސްއެމްއެސްއަކުން އެކަން އަންގާ އިރު، ކޮންމެ ދުވަހެއްގެ ނަސީބުވެރިން އެ ރޭ 11:45 ގައި ގުރުއަތުން ހޮވައި އެސްއެމްއެސްއަކުން އަންގަ އެވެ. އަދި އެ ހަފުތާއަކަށާއި މަހަކަށް ކަނޑައަޅާފައިވާ އިނާމުތައް ލިބޭ ފަރާތްތައް ހޮވަން ހާއްސަ ގުރުއަތެއް ބާއްވައި ކާމިޔާބު ކުރާ ފަރާތްތަކަށް އެސްއެމްއެސްއަކުން އަންގާނެ އެވެ.

ދިވެހިންގެ ތެރޭގައި އެކްއެސްއެލް އެނާޖީ ޑްރިންކް ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައި ވާއިރު، ބީއެޗްއެމް އަކީ ރާއްޖެ އަށް އެންމެ ފުޅާ ދާއިރާއެއްގައި މުދާ އެތެރެކޮށް ވިއްކާ އެއް ކުންފުންޏެވެ. އެ ކުންފުނިން ވިއްކާ މަޝްހޫރު ބާވަތްތަކުގެ ތެރޭގައި ކޯސްޓް ކިރާއި ޔޭޔޭ ކޮފީ ހިމެނެ އެވެ.