Roadha Mihaaru
އެކްސްއެލް ޕްރޮމޯޝަންގެ ދުބާއީ ދަތުރު ހަވާލުކޮށްފި

އެކްސްއެލް އެނާޖީ ޑްރިންކް ޕްރޮމޯޝަންގެ ދުބާއީ ދަތުރު ލިބުނު މީހާއާ އިނާމު ހަވާލުކޮށްފި

09 ޖެނުއަރީ 2017

ދެ މިލިއަން ރުފިޔާގެ އަގުހުރި އިނާމު ހުށަހަޅައިގެން ބީއެޗްއެމް އިން ކުރިއަށް ގެންދިޔަ އެކްސްއެލް އެނާޖީ ޑްރިންކުގެ ބޮޑު ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ލިބޭ މީހާ ހޮވައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ދެ މިލިއަން ރުފިޔާގެ އަގުހުރި އިނާމު ހުށަހަޅައިގެން ބީއެޗްއެމް އިން ކުރިއަށް ގެންދިޔަ އެކްސްއެލް އެނާޖީ ޑްރިންކުގެ ބޮޑު ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ލިބޭ މީހާ ހޮވައިފި އެވެ.

މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދީފައި ވަނީ ދެ މީހަކަށް ދުބާއީ ދަތުރެކެވެ. މި އިނާމުގެ ނަސީބުވެރިއަކަށް ހޮވުނީ ހައްވާ ޝިރުހާނާ އެވެ. އޭނާ އަށް ވަނީ ދުބާއީ ދެކޮޅު ޓިކެޓުގެ އިތުރުން، ފަސް ދުވަހުގެ ހުރުމާއި ކެއުމުގެ ހަރަދާއި އެ ތަނުގައި ހަރަދު ކުރާނެ ފައިސާ ވެސް ދީފަ އެވެ.

"އެކްސްއެލް ޓެބް ޕްރޮމޯޝަން"ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކު ހޮވި ނަސީބުވެރިންނަށް ބައިސްކަލެއް ދީފައިވާއިރު، ހަފުތާ އަކު އެއްފަހަރު ހޮވި ނަސީބުވެރިއަކަށް ވެސް ވަނީ ބައިސްކަލެއް ދީފަ އެވެ.

އެކްސްއެލް ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ލިބުނު ޝިރުހާނާ (ވ) އާއި މިދިޔަ މަހުގެ ސައިކަލު ލިބުނު ފައްޔާޒް (ކ).-- ފޮޓޯ: ބީއެޗްއެމް

އެކްސްއެލް ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ލިބުނު ޝިރުހާނާ (ވ) އާއި މިދިޔަ މަހުގެ ސައިކަލު ލިބުނު ފައްޔާޒް (ކ).-- ފޮޓޯ: ބީއެޗްއެމް

އަދި ޕްރޮމޯޝަން ކުރިއަށް ގެންދިޔަ މުއްދަތުގައި ކޮންމެ މަހަކު ވަނީ ނަސީބުވެރިއެއް ހޮވައި، ހޮންޑާ މޫވް ބްރޭންޑުގެ ސައިކަލެއް ދީފައި އެވެ. އެ ގޮތުން، މިދިޔަ މަހުގެ ގުރުއަތު ވެސް މިހާރު ނަގާފައި ވާއިރު، މި ޕްރޮމޯޝަނުުގައި ދިން ތިންވަނަ ސައިކަލު ލިބުނީ ފައްޔާޒް ޝާކިރަށެވެ.

މި ބޮޑު ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައި ވަނީ އެކްސްއެލް ދަޅުގެ މަތިގަނޑުގެ ނުފުށުފައި އިންނަ ކޯޑު އެސްއެމްއެސް ކޮށްގެންނެވެ. އަދި ޕްރޮމޯޝަން ކުރިއަށް ގެންދިޔަ މުއްދަތުގައި ވަގުތުން ލިބޭ ބޯނަސް އިނާމުތަކެއް ވެސް ދީފައިވެ އެވެ.

ދިވެހިންގެ ތެރޭގައި އެކްއެސްއެލް އެނާޖީ ޑްރިންކް ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައި ވާއިރު، ބީއެޗްއެމް އަކީ ރާއްޖެ އަށް އެންމެ ފުޅާ ދާއިރާއެއްގައި މުދާ އެތެރެކޮށް ވިއްކާ އެއް ކުންފުންޏެވެ. އެ ކުންފުނިން ވިއްކާ މަޝްހޫރު ބާވަތްތަކުގެ ތެރޭގައި ކޯސްޓް ކިރާއި ޔޭޔޭ ކޮފީ ހިމެނެ އެވެ.