14 އޯގަސްޓް 2016
ހައި ކޯޓުގެ އުތުރު ގޮފި އުފެއްދުމުގެ އިދާރީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.
ހައި ކޯޓުގެ އުތުރު ގޮފި އުފެއްދުމުގެ އިދާރީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.
ކޯޓުތަކުގެ ގާނޫނަށް ޑިސެމްބަރު، 2014 ގައި ގެނައި އިސްލާހުގެ ސަބަބުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމްކުރަންޖެހޭ ހައި ކޯޓުގެ ދެ ގޮފީގެ ތެރެއިން މިހާތަނަށް ގާއިމްކޮށްފައިވަނީ އައްޑޫގައި ހުންނަ ދެކުނު ގޮތްޕެވެ. ހދ. ކުޅުދުއްފުށީގައި ގާއިމްކުރާ އުތުރު ގޮފި އަދިވެސް ގާއިމެއް ނުކުރެ އެވެ.
ޑީޖޭއޭގެ އޮފިޝަލަކު ވިދާޅުވީ އުތުރު ގޮފި ގާއިމް ކުރުމުގެ އިދާރީ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މުވައްޒަފުން ހޯދުމާއި އެހެނިހެން އިދާރީ ކަންކަން ވެސް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އުތުރު ގޮތްޕަށް މުވައްޒަފުން ހޯދައި، މުވައްޒަފުންނަށް މިހާރު ވަނީ ތަމްރީނުތައް ވެސް ދޭން ފަށައިފަ އެވެ. އަދި އެ ގޮފީގެ ފަނޑިޔާރުން ތިއްބަވާނެ ގެތައް ހޯދަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.
ހައި ކޯޓު އުތުރު ގޮފީގެ މަސައްކަތް ފެށެން އޮތީ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަން ކޮށްގެންނެވެ. އެ ދެ މަގާމަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެ ފުރުސަތު މިއަދު ބަންދުވާނެ އެވެ.
ހައި ކޯޓު ކޮންމެ ގޮތްޕެއްގައި ވެސް ތިން ފަނޑިޔާރުން ތިއްބވަން ޖެހޭއިރު، މާލޭގެ ހައި ކޯޓުގައި މިހާރު ތިއްބެވީ ހަތަރު ފަނޑިޔާރުންނެވެ. ގޮފިތަކަށް ކަނޑައަޅަނީ މާލޭގެ ހައި ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ ތެރެއިން ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރުންނެވެ.
ގޮފިތަކަށް ހުށަހެޅި މައްސަލަތައް ބޮޑުތަނުން އިތުރުވެއްޖެ
"މަސައްކަތް މި ކުރަނީ ވަރަށް އިހްލާސްތެރިކަމާ އެކު"
މުސާރައިގެ ކުރިއެރުން ނުދޭ މައްސަލަ ހައި ކޯޓަށް
މައްސަލަ އޮއްވައި ހައިކޯޓަށް އެޑްމިނިސްޓްރޭޓަރަކު ހޯދަނީ
ޖޭއެސްސީ ދަށަށް ޑީޖޭއޭ ގެންދިއުން: މައްސަލަ ބޭރުކޮށްފި
ފަނޑިޔާރަކު އެއް މައްސަލައެއް ދެ ފަހަރަށް ބަލައިފި
"އިދާރާތައް އުފެއްދުމުގެ ބާރު ސުޕްރީމް ކޯޓަކަށް ނެތް"
ހައި ކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް ފަށައިފި
ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ އިސްތިއުފާ ދެއްވަނީ
އެސިސްޓެންޓް ރެޖިސްޓްރާ އައްޔަން ކުރުމުގައި ގޯހެއް ނެތް