Roadha Mihaaru
ރަނިލްގެ ޕާޓީގެ ޕާލަމެންޓް ދެ މެންބަރުން ހައްޔަރުކޮށްފި

ރަނިލްގެ ޕާޓީގެ ޕާލަމެންޓް ދެ މެންބަރުން ހައްޔަރުކޮށްފި

05 ނޮވެމްބަރ 2018

ކޮލަމްބޯ (ނޮވެމްބަރު 5) - މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ދެ މެންބަރަކު ހައްޔަރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 5) - މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ދެ މެންބަރަކު ހައްޔަރުކޮށްފި އެވެ.

ޔޫއެންޕީގެ ދެ މެންބަރުން ކަމަށްވާ ޕަލިތަ ތެވަރައްޕަރުމާ އާއި ހިޝާ ވިތަނަގެ ހައްޔަރު ކުރީ ރައީސް މައިތުރިޕާލާ ސިރިސާނާގެ ޕާޓީ، ޔޫޕީއެފްއޭގެ ސަޕޯޓަރަކަށް މި މަހު 1 ވަނަ ދުވަހު ހަމަލާ ދިނުމާ ގުޅިގެންނެވެ. އެ ދެ މީހުން މިއަދު ވަނީ ކޮލުޕިޓިޔާ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފަ އެވެ.

ފުުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރަ ވިދާޅުވީ ޔޫއެންޕީގެ ދެ މެންބަރުން ހައްޔަރު ކުރީ ޓެމްޕަލް ޓްރީސްގެ ބޭރުގައި ޔޫޕީއެފްއޭގެ ކުރީގެ ކައުންސެލަރަކަށް ހަމަލާ ދިނުމުން ކަމަށެވެ. ފުލުހުން ބުނީ ދެ މެންބަރުން ފޯޓް މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރާނެ ކަމަށެވެ.

މި މަހު 14 ވަނަ ދުވަހު ޕާލަމެންޓް ހުޅުވަންވާއިރަށް އެއް ޕާޓީން އަނެއް ޕާޓީން ދަނީ މެޖޯރިޓީ ހޯދަން މެންބަރުން ގަންނަމުންނެވެ. ރަނިިލްގެ ޕާޓީގެ ހަތް މެންބަރަކު މިހާތަނަށް ވަނީ ރާޖަޕަކްސާ-ސިރިސޭނާ ކޯލިޝަނަށް ގެންގޮސްފަ އެވެ.

އެންމެ ފަހުގެ އަދަދުތައް ދައްކާ ގޮތުން ޕާލަމެންޓުގެ 225 މެންބަރުންގެ ތެރޭން ރަނިލްގެ ޕާޓީގައި ތިބީ 102 މެންބަރުންނެވެ. ރާޖަޕަކްސާ-ސިރިސޭނާ ކޯލިޝަންގައި ވެސް 102 އެކެވެ. ބާކީ ތިބި 21 މެންބަރުން ރާޖަޕަކްސާ އަށް ތާއީދު ކުރާނެ ކަމަށް ނުބެލެވޭ ކަމަށް އޮބްޒާވަރުން ބުނެ އެވެ.