ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާތް ގުޅުމެއް ބޭއްވި ޗައިނާއަށް ރާއްޖެ ދަރާފައިވަނީ 3.2 ބިލިއަން ޑޮލަރު ކަމަށް އެ ގައުމުން ބުނާ ކަމަށާއި އެއީ ހަމައަގުތޯ ބަލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
09 ނޮވެމްބަރ 2018
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާތް ގުޅުމެއް ބޭއްވި ޗައިނާއަށް ރާއްޖެ ދަރާފައިވަނީ 3.2 ބިލިއަން ޑޮލަރު ކަމަށް އެ ގައުމުން ބުނާ ކަމަށާއި އެއީ ހަމައަގުތޯ ބަލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނުގެ ސަޕޯޓަރުން ގިނަ ހއ. ދިއްދޫއަށް ވަޑައިގެން ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގައި އަރަމުން އަންނަ ބާރެއްގެ ނަޒަރު ރާއްޖެއަށް މާބޮޑަށް ހުއްޓިފައިވާ ކަމަށާއި އެ ގައުމަކީ ޗައިނާ ކަމަށެވެ. ޕޯޗްގީޒުންނާއި އިނގިރޭސީންގެ ބާރުގެ ދަށަށް ރާއްޖެ ދިޔަކަން ފާހަގަކުރައްވައި، ޗައިނާއާ މެދު ސަމާލުވާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މިގަރުނު މެދު ޖެހޭއިރު ދިވެހިން މި ފިލާވަޅު ލިބިނުގެންފި ނަމަ އަނެއްކާވެސް ތިބޭނީ މީގެ ކުރީ ދެ ފަހަރު ވެސް ދިވެހީން ތިބި ހާލުގައި. އަޅުގަނޑުމެންނަށް އެބަ އެގެންޖެހޭ އަޅުގަނޑުމެން ދަރަންޏަށް ފައިސާ މިނަނީ ކޮންބައެއްގެ އަތުންކަން،" އިންޑިއާއާ ގާތް ގުޅުމެއް ބާއްވަވާ ނަޝީދު ވިދާޅުވި އެވެ.
ދަރަނި ދައްކަން ޖެހޭނީ ދިވެހި ރައްޔިތުން މަހަށް ގޮސްގެންނާއި ދަނޑުވެރިކަން ފަދަ މަސައްކަތްތަކުން ލިބޭ ފައިސާއިން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެފައިސާ ދައްކަން ޖެހޭ ކަމަށާއި ނަމަވެސް ދެއްކޭނީ ދިން އެއްޗެއް ކަމަށް ވިދާޅުވި އެވެ. ޗައިނާއިން އެބުނާ ދަރަންޏަކީ ހަމަ އަގުތޯ ބަލަން ބޭނުންފުޅުވާ ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.
"ބްރިޖުގެ ކޮންކްރީޓްގެ އަގު އެނގޭ. ދަގަނޑުގެ އަގު އެނގޭ. ދަގަނޑުގެ މިންވަރު އަޅުގަނޑުމެނަށް އެނގޭ. އަޅުގަނޑުމެން މިނަން ޖެހޭ. އަޅުގަނޑުމެން ކިރަންޖެހޭ އަޅުގަނޑުމެނަށް އަނބުރާ ދެވޭނީ އަޅުގަނޑުމެނަށް ލިބުނު އެއްޗެއް،" ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ނުލިބޭ ފައިސާއެއް. ނުލިބޭ އެއްޗެއް އަނބުރާ އަޅުގަނޑުމެނަކަށް ނުދެއްކޭނެ."
ދަރަނި އަނބުރާ ދެއްކުމުގައި އިތުރު ވިސްނުމެއް ހޯދޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.
އަދި ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަކީ ވަރަށް ނާޒުކު ދުވަސްތަކެއް ކަމަށާއި ނަމަވެސް ރައްޔިތުންގެ ތަރައްގީގެ މަސައްކަތްތައް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ވެރިކަމުގައި "ރަނުން ރަނަށް" ފޯރުކޮށްދެއްވާނެ ކަމަށެވެ.
އައްޑޫއަށް ފަހު ހއ. އަށް ފެއްޓެވި ދަތުރުފުޅުގައި ޗައިނާގެ ވާހަކަ ނަޝީދު ދެއްކެވި އިރު އައްޑޫގައި ހުންނަވައި ވިދާޅުވެފައިވަނީ އައްޑޫގައި އުޅޭ މީހުންގެ މަސްލަހަތު ގުޅިފައިވަނީ ހަމައެކަނި ރާއްޖެއާ ނޫން ކަމަށާއި އިންޑިއާގެ މަސްލަހަތާ މާ ބޮޑަށް ގުޅިފައިވާ ކަމަށެވެ.
ރާއްޖޭގެ ދިގުމިނުގައި 1،000 ކިލޯ މީޓަރު ހުންނައިރު ދިގުމިން 400 ކިލޯ މީޓަރަށް ވުރެ ދިގުކަމަށާއި މިރާއްޖެ އަކީ މާކަނޑުގެ ބޮޑު، މުއްސަދި ގައުމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންވެ ސައުދީ އަރަބިއްޔާއަށް ވުރެ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބޮޑުކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގުދުރަތީ ގޮތުން އުފެދިފައިމިވާ މަގާމު އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު މުއްސަނދިކަން. އަޅުގަނޑުމެނަށް އެ މުއްސަނދިކަމުގެ ބޭނުން ހިފެންޖެހޭ،"
ނަޝީދު މި ރަށަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަންނަވާނީ މާދަމާ ހަވީރެވެ.
ޗައިނާއާ އެކު ބޭނުންވަނީ މަޝްވަރާ
ނަޝީދު ފުރަތަމަ ފަހަރަށް ޗައިނާ ސަފީރާ ބައްދަލުކޮށްފި
ކުރީގެ ސަރުކާރުން 54 ބިލިއަންގެ ލޯނު ނެގި: ފިނޭންސް
697 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިފި
ފިޗްގެ ރޭޓިން ދަށްކުރީ މަޖިލީހުގެ ސަބަބުން: ޝަރީފު
"ލޯނުތައް ޖޫރިމަނާއާ ނުލައި ދެއްކޭ ގޮތް ހަދަންޖެހޭ"
މިއީ އިންޑިއާ އަށް ކުޅެދޭ ޑްރާމާއެއް: ތޯރިގު
ޗައިނާ ދަރަނި 3.2 ބިލިއަން ޑޮލަރާ ގާތްވެސް ނުކުރޭ
ލޯނު ނެގީ މުހިންމު މަޝްރޫއުތަކަށް: ފިނޭންސް
މިދިޔަ އަހަރު 334 މިލިއަން ޑޮލަރުގެ ލޯނު ނެގި!