Roadha Mihaaru
"ލޯނުތައް ޖޫރިމަނާއާ ނުލައި ދެއްކޭ ގޮތް ހަދަންޖެހޭ"

ސަރުކާރުން ނެގި ލޯނުތައް ޖޫރިމަނާއާ ނުލައި ދެއްކޭ ގޮތް ހަދަންޖެހޭ: ނަޝީދު

10 އޮކްޓޯބަރ 2020

ކުރީގެ ސަރުކާރުތަކުން ނަގާފަައި ހުރި ލޯނުތައް ޖޫރިމަނާއަކާ ނުލައި ދެއްކޭ ގޮތް ހަދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ސަރުކާރުތަކުން ނަގާފަައި ހުރި ލޯނުތައް ޖޫރިމަނާއަކާ ނުލައި ދެއްކޭ ގޮތް ހަދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރުތަކުގައި ޗައިނާ އިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތަކަށް ނަޝީދު އެކި ފަހަރުމަތިން ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި ޗައިނާގެ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ސިފަ ކުރައްވައިފަ އެވެ.

ނަޝީދު މިއަދު ކުރެއްވި ދަރަނީގެ ނުރައްކަލަކީ ދަރަނި އަނބުރާ ދެއްކޭ މިންވަރަށް އާމްދަނީ ނެތުން ކަމަށެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދު ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ، ލޯނުތައް ދައްކަން ފަށަން ޖެހެނީ މި ސަރުކާރުން ކަމަށާއި އެންމެ ގިނައިން ދައްކަން ޖެހެނީ އަންނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.

އެކަމަކު ސަރުކާރުގެ އާމްދަނީ އެއްކޮށްހެން ދަށްވެފައިވާ ކަމަށާއި އެހެންވެ، އެންމެ ބުއްދިވެރި ގޮތަކީ ޖޫރިމަނާއަކާ ނުލައި ލޯނު ދެއްކޭ ގޮތް ހަމަޖައްސައި، ލޯނުތައް ރީ ސްޓްރަކްޗާ ކުރުން ކަމަށް ވެސް އެމަނިކުފާނުގެ ޓްވީޓްގައިވެ އެވެ.

ނަޝީދުގެ ޓްވީޓް

ލޯނުތައް ރީ ސްޓްރަކްޗާ ކުރަން ނަޝީދު ގޮވާލެއްވިއިރު، ޗައިނާ ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން ލޯނުތަކަށް ލުއި ދިނުމަށް މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.