Roadha Mihaaru
ނަޝީދު ފުރަތަމަ ފަހަރަށް ޗައިނާ ސަފީރާ ބައްދަލުކޮށްފި

ނަޝީދު ފުރަތަމަ ފަހަރަށް ޗައިނާ ސަފީރާ ބައްދަލުކުރައްވައިފި

21 ނޮވެމްބަރ 2018

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޗައިނާ ސަފީރު ޒަންގް ލިޒޯންގާ ފުރަތަމަ ފަހަރަށް މިއަދު ބައްދަލުކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޗައިނާ ސަފީރު ޒަންގް ލިޒޯންގާ ފުރަތަމަ ފަހަރަށް މިއަދު ބައްދަލުކުރައްވައިފި އެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ބުނީ އެ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން ނަޝީދާއި ޗައިނާ ސަފީރު މަޝްވަރާ ކުރެއްވި ކަމަށެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ނަޝީދު، ޗައިނާ ސަފީރާ ބައްދަލު ކުރެއްވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ބޮޑު އެހީތެރިކަމެއްވި ގައުމަކީ ޗައިނާ އެވެ. ހާއްސަކޮށް، މާލެ އާއި ހުޅުލެ ގުޅުވައިލުމަށް ހެދި ސިނަމާލެ ބްރިޖަކީ އެކަމުގެ އެއް ހެއްކެވެ. ރާއްޖެ އާއި ޗައިނާއާ ދެމެދު އިގްތިސާދީ ގޮތުންނާއި ހާރިޖީ ގޮތުން ވެސް ވަރަށް ގާތް ގުޅުމެއް އޮތީ އުފެދިފަ އެވެ.

ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވައި ސަފީރު ޒަންގް ލިޒޯންގާ (މ). --- ފޮޓޯ: އެމްޑީޕީ

ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވައި ސަފީރު ޒަންގް ލިޒޯންގާ (މ). --- ފޮޓޯ: އެމްޑީޕީ

ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު ރާއްޖޭން ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކޮށްފައިވާއިރު، އެއްބަސްވުން އޮތީ އެއްފަރާތަކަށް ޖެހިފައި ކަމަށް ވިދާޅުވެ، އެއްބަސްވުމުން ވަކިވެދާނެ ކަމުގެ އިޝާރާތެއް ނަޝީދު މީގެ ކުރިން ވަނީ ދެއްވައިފަ އެވެ.

އާންމު ގޮތެއްގައި ޗައިނާ އަށް ފާޑު ވިދާޅުވާ ނަޝީދު މީގެ ކުރިން ވިދާޅުވީ ޗައިނާގެ ދަރަނީގެ މަޅިއަކަށް ރާއްޖެ ވެއްޓެމުންދާ ކަމަށެވެ. ޗައިނާ އަށް ރާއްޖެ ދަރާފައިވަނީ 3.2 ބިލިއަން ޑޮލަރު ކަމަށް އެ ގައުމުން ބުނާ ކަމަށާއި އެއީ ހަމަ އަގުތޯ ބަލަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަމަވެސް، ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި، ވިދާޅުވީ ޗައިނާ އަށް ދަރާފައި އޮތް އަދަދު 3.2 ބިލިއަން ރުފިޔާއާ ގާތް ވެސް ނުކުރާ ކަމަށެވެ.

ޗައިނާ ސަފީރާއެކު ބޭއްވެވި ބައްދަލުވުމުގައި ނަޝީދު (ވ) އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: އެމްޑީޕީ

ޗައިނާ ސަފީރާއެކު ބޭއްވެވި ބައްދަލުވުމުގައި ނަޝީދު (ވ) އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: އެމްޑީޕީ

އިންޑިއާ އާއި ގާތްގުޅުމެއް ބާއްވަމުން އަންނަ ނަޝީދު ދާދިފަހުން އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ، އިންޑިއާ އާއި ޗައިނާއާ ދެމެދު ކުރާ ހަނގުރާމަ އަށް ނިމުމެއް ގެނެވޭނީ އައްޑޫ ރައްޔިތުންނަށް ކަމަށެވެ. ނަޝީދު ވިދާޅުވެފައި ވަނީ އައްޑޫގައި އުޅޭ މީހުންނަކީ ރާއްޖޭގެ މަސްލަހަތާ ހަމައެކަނި ގުޅިފައިވާ ބައެއް ނޫން ކަމަށާއި އެއާ އެކު އިންޑިއާގެ މަސްލަހަތާ ވެސް މާ ބޮޑަށް ގުޅިފައިވާ ބައެއް ކަމަށެވެ.

ނަޝީދު، ޗައިނާ ސަފީރާއެކު ބޭއްވި ބައްދަލުވުން.

މީގެ ކުރިން ޗައިނާ ސަފީރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައި، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.