Roadha Mihaaru
ޗައިނާ ދަރަނި 3.2 ބިލިއަން ޑޮލަރާ ގާތްވެސް ނުކުރޭ

ޗައިނާ ދަރަނި 3.2 ބިލިއަން ޑޮލަރާ ގާތް ވެސް ނުކުރޭ: މިނިސްޓަރު ސައީދު

12 ނޮވެމްބަރ 2018

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންމެ ގާތް ގުޅުމެއް ބޭއްވި ޗައިނާ އަށް ރާއްޖެ، 3.2 ބިލިއަން ޑޮލަރުން ދަރާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުން ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންމެ ގާތް ގުޅުމެއް ބޭއްވި ޗައިނާ އަށް ރާއްޖެ، 3.2 ބިލިއަން ޑޮލަރުން ދަރާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުން ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާ ވަރަށް، ޗައިނާގެ ދަރަނި ބޮޑުވެފައިވާ ކަމަށް ނަޝީދު ވިދާޅުވެފައި ވަނީ މިދިޔަ ހުކުރު ދުވަހު ހއ. ދިއްދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ޗައިނާއާ މެދު ސަމާލުވާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "މިހާރު" އަށް ވިދާޅުވީ ރާއްޖެ ޗައިނާ އަށް ދަރާފައިވާ ކަމަށް ނަޝީދު ވިދާޅުވާ 3.2 ބިލިއަން ޑޮލަރާ ގާތް ކުރާ އަދަދަކަށް ވެސް ރާއްޖެ ދަރާފައިނުވާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދާއި ޗައިނާ ސަރުކާރުގެ އިސްވެރިން-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އިކޮނޮމިކް މިނިސްޓަރު ސައީދާއި ޗައިނާ ސަރުކާރުގެ އިސްވެރިން-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގެ ދަރަނި ކިހާ ވަރަކަށް އަރާތޯ ސުވާލު ކުރުމުން ސައީދު ވިދާޅުވީ އަދަދުތައް ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށެވެ. މިއީ މި ސަރުކާރުގެ ފަހު ހަފުތާ އެވެ. ރާއްޖޭގެ ދަރަނީގެ ނިސްބަތް މި ސަރުކާރުން އަދި އާއްމުކޮށްފައެއް ނުވެ އެވެ.

"އަޅުގަނޑުމެން ލޯނު ނަގާފައިވަނީ ދެ ޕަސެންޓްގެ އިންޓްރެސްޓް ރޭޓެއްގައި. އެ އަދަދެއްގެ ލޯނެއް މިހާރު ނުލިބޭނެ. އެ ލޯންތަކަކީ ދިގު މުއްދަތެއްގެ ތެރޭގައި ދައްކަން ދީފައިވާ ލޯންތަކެއް،" ޗައިނާގެ ޕްރޮޖެކްޓްތައް ހަމަޖެއްސުމުގައި އިސްކޮށް އުޅުއްވި ސައީދު ވިދާޅުވި އެވެ.

"ރާއްޖެ ކަންބޮޑުވާން ޖެހޭ ދަރަންޏެއް ނޯންނާނެ."

ނަޝީދު ވިދާޅުވެފައިވަނީ ލޯން ދައްކަން ޖެހޭ ކަމަށާއި ނަމަވެސް ދިވެހިން ދައްކާނީ ލިބުނު އެއްޗެއް ކަމަށެވެ. އެ ގޮތުން ޗައިނާ އިން ބުނާ އަަދަދެއް ދިނުމުގެ ބަދަލުގައި ރާއްޖެ އަށް ލިބިފައިވާ އެއްޗެއް މިނެކިރައި ހަމަ އަގު ބަލަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

China ah dharaafai oi varu yageen kuran jehey: Nasheed

China ah dharaafai oi varu yageen kuran jehey: Nasheed

The most trusted news source in the Maldives

Mihaaru

ޗައިނާއަށް ދަރާފައި އޮތް ވަރު ޔަގީން ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވުން--

ޗައިނާގެ ޕްރޮޖެކްޓްތައް ރާއްޖޭގައި ހިންގާފައިވަނީ އެތައް ގުނައެއް އަގު ބޮޑުކޮށް ކަމަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ސައީދު ވިދާޅުވީ ނަޝީދުގެ އެ ވާހަކަތައް ވެސް ދެކޮޅުނުޖެހޭ ކަމަށެވެ. ޕްރޮޖެކްޓްތައް ހިންގައި ލޯނުތައް ނަގާފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ކަމަށް ސައީދު ވިދާޅުވި އެވެ.

ޗައިނާގެ އެހީ އާއި ލޯނު ނަގައިގެން މި ސަރުކާރުން ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ޕްރޮޖެކްޓަކުގެ ތެރޭގައި މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީ އާއި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ހިމެނެ އެވެ.

ޗައިނާ ކޮމިނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން ހެދި "ސިނަމާލޭ ބްރިޖް"ގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުން ދީފައިވާ ލޯނެވެ. މި މަޝްރޫ އަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، އާ ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. އެ މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލިޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 80،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.

ޗައިނާ އިން ބޮޑެތި ލޯންތައް ދީފައިވަނީ އެ ފައިސާ އަނބުރާ ނުދެއްކުމުން އެ ގައުމުން ބުނިހާ ގޮތެއް ހަދަން ޖެހޭ ގޮތަށް ހެދުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ވެރިކަމުގައި ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ޗައިނާގެ ދަރަނިތައް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.