15 ނޮވެމްބަރ 2018
ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން އަމިއްލަ ގެކޮޅު، ގ. ދޫވެހީގައި ދިރިއުޅުއްވިއިރު، އެ ގެކޮޅުގެ ފާރުމަތީގައި ފެންސެއް ޖެހުން ފިޔަވައި ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން އަމިއްލަ ގެކޮޅު، ގ. ދޫވެހީގައި ދިރިއުޅުއްވިއިރު، އެ ގެކޮޅުގެ ފާރުމަތީގައި ފެންސެއް ޖެހުން ފިޔަވައި ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިރޭ ވިދާޅުވެއްޖެ އެވެ.
މުއާޒް މިގޮތަށް ވިދާޅުވީ، ރައީސް ޔާމީން، ދޫވެހީގައި ދިރިއުޅުއްވިއިރު، ރައީސަކު ހުންނަވަން އެކަށީގެންވާ މިންވަރަށް އެތަނުގައި ސަލާމަތާއި ރައްކާތެރިކަން ގާއިމްކޮށް، މަރާމާތުކުރަން ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ހިނގި ކަމަށް "މިހާރު" އިން ލިއުމުން އެކަން ދޮގު ކުރައްވަ އެވެ.
މުއާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގ. ދޫވެހީގައި ސަލާމަތާއި ރައްކާތެރި ކަމަށް ކުރި ކަންކަން އެހެރީ ފެންނަން ކަމަށެވެ. އެ ގެކޮޅުގެ، ދެ ފަރާތުގެ ފާރުމަތީގައި ޖެހި ފެންސްއެއް ފިޔަވައި އިތުރު ކަމެއް ދައުލަތުގެ ބަޖެޓުން ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކަމެއް ކުރި ނަމަ ސަލާމަތީ ގޮތުން އެތަން ބަލަހައްޓަވާ ސެކިއުރިޓީން ތިއްބަވަން، ދޫވެހީގެ 20،000 ރުފިޔާ އަށް ކުއްޔަށް ދެވޭނެ އެޕާޓްމަންޓެއް ހަމަޖައްސަވައި ދެއްވި،" މުއާޒް ވިދާޅުވި އެވެ.
އެ ހަރަދަށް، ރައީސް ޔާމީނަށް ދައުލަތުން އެންމެ ލާރިއެއް ވެސް ލިބިފައި ނުވާ ކަމަށް މުއާޒް ވިދާޅުވި އެވެ. އެ ގެކޮޅުގައި ދިރިއުޅުއްވިއިރު ރައީސް ޔާމީން ނަންގަވަނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.
Mee kandaelhigen dhogeh. G. Dhooveheegai salaamathaa rakkaatheri kamah kurevunuhaaves kameh viyyaa eheree fennan. Dhefaraathugai faaruge macchah jehi fence eh fiyavai ithuru kameh nukuravvaa. Kameh kurevvi nama salaamathee gothun e than balahattavaa security in thibbavan
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) November 15, 2018
1/2 pic.twitter.com/zDw7G3HpiU
މުއާޒްގެ ޓުވީޓް
Dhooveheege, 20 haas rufiyaa ge kuyyakah kuyyah dhevveyne appartment eh hamajassavaidhevvi. E kharadhah dhaulathun emme laari eh ves libifa eh nuvey. Raees amilla gekolhu gai dhiriulhuvvy mahu musaaraige dhebaikulha ehbai nunangavaa!" -im
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) November 15, 2018
2/2
ރައީސް ޔާމީންގެ އަމިއްލަގެކޮޅު، ދޫވެހި: ހިލާލީ ގެކޮޅު ދޫކުރައްވައި، އެމަނިކުފާނު ދިރިއުޅުއްވަން މިތަނުގެ ފުރަތަމަ ދެ ފަންގިފިލާ ވަނީ ނިންމާފައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ރައީސް ޔާމީން، ދޫވެހީގައި ދިރިއުޅުއްވުމަށް ފަހު ބަދަލުވެވަޑައިގަތީ ހިލާލީގެއަށެވެ. އަންނަ ހޮނިހިރުދުވަހު އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭތީ، މާދަމާ އެ ގެކޮޅު ދޫކުރައްވައި، ބޮޑުތަކުރުފާނު މަގުގައި އިމާރާތް ކުރަމުން އަންނަ އަމިއްލަ ގެކޮޅަށް ބަދަލުވެވަޑައިގަންނަވާނެ އެވެ. ދޫވެހީގެ ނަމުގައި އެތަން އިމާރާތް ކުރައްވާއިރު، އެއީ ކުރިން ހ. ނޫފަރެވެ.
ނޫފަރުގެ އާއި ދޫވެހި ބަދަލުކޮށް، އުސްކޮށް އިމާރާތް ކުރަމުން އަންނައިރު، ފުރަތަމަ ދެ ފްލޯ މިހާރު ވަނީ ނިންމައިފަ އެވެ.
ބަޖެޓު ނެތް ކަމަށް ޔާމީން ވިދާޅުވީ ލަވައަކުން
ނިހާނަށް ރައްދު: "ތިނަދޫ ރައްޔިތުން ނުހުއްޓުވޭނެ"
ނިހާން ތިނަދޫ މީހުންނަށް:ރައީސްގެ ގާތްކަން ކޮބާ؟
"ޕީޖީގެ އަޣުލަބިއްޔަތު ނަގާލަން އުޅުމަކީ ޣައްދާރުވުން"
މިހާރު ވެސް 560 މަޝްރޫއެއް އެބަ ހިނގާ: ރައީސް
"ބިޔަބަޖެޓެއް ހުށަހެޅިޔަސް ބޮޑެތި މަޝްރޫއު ނުހިންގޭނެ"
ޗާގޮސް މައްސަލައިގެ ނިންމުން އަނބުރާ ޖަހާނަން: ޔާމީން
ގިސޯސް ހިފުމަކީ އެއްވެސް ރައީސަކަށް ފަސޭހަ ކަމެއް ނޫން
ޔާމީނުގެ ސެކިއުރިޓީއަށް އިސްކަމެއްނުދޭ: އިދިކޮޅު
މި ސަރުކާރުގައި ބްރޯއަކަށް ބްރޯއެއް އެބަހުރި: ޔާމީން