އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް ރާއްޖެއަށް މިއަދު ކުރައްވާ ދަތުރުފުޅުގެ ސަބަބުން އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ އާ ޒަމާނެއް ފެށޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޮދީ ވިދާޅުވެއްޖެ އެވެ.
17 ނޮވެމްބަރ 2018
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް ރާއްޖެއަށް މިއަދު ކުރައްވާ ދަތުރުފުޅުގެ ސަބަބުން އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ އާ ޒަމާނެއް ފެށޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޮދީ ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު 5:00 ގައި ގަލޮޅު ދަނޑުގައި ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރާއްޖެއަށް ފުރާވަޑައިގަތުމުގެ ކުރިން މޮދީ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ،އިންޑިޔާ އާއި ރާއްޖެ އަކީ ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގެ ގުޅުމާއި އަމާންކަމާއި ސުލްހައަށް ގުޅިގެން ކުރާ އުއްމީދުގެ ތެރެއިން ޒަމާނުއްސުރެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމު ކަމަށެވެ.
އެމަނިކުފާނުގެ ސަރުކާރުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ، އެންމެން ޝާމިލް ވެގެން ކުރިއަށް ގެންދާ ތަރައްގީ އަވަށްޓެރި ގައުމުތަކަށް ވެސް ފޯރާ ކަމަށް މޮދީ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖެ އަކީ ޑިމޮކްރެޓިކް އަދި ހަމަޖެހުން އޮންނަ ގައުމެއްގެ ގޮތުގައި ދެކެން އިންޑިޔާއިން ބޭނުންވާ ކަމަށް މޮދީގެ ބަޔާނުގައި ފާހަގަކުރެއްވި އެވެ.
"ރާއްޖޭގެ އާ ރައީސް ސޯލިހްގެ ސަރުކާރަށް އުމްރާނީ، ސިއްހީ ގުޅުންތައް އަދި އިންސާނީ ވަސީލަތްތަކުގެ ދާއިރާ ތަރައްގީ ކުރުމުގައި ގާތުން އެހީވުމަށް ތައްޔާރު،" މޮދީ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރާ ގުޅޭ ގޮތުން ނެރުއްވި ބަޔާނުގައި އެމަނިކުފާނު ވިދާޅުވި އެވެ.
"މި ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވުމުގެ އާ ޒަމާނެއް ފެށިގެން ދާނެ ކަމުގެ އިތުބާރު ކުރަން."
އިބޫ އާއި ފައިސަލް މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި 46 ގައުމެއްގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެ އެވެ. އޭގެ ތެރެއިން އެންމެ އިސް ބޭފުޅަކީ މޮދީ އެވެ.
މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު، އިބޫ ކާމިޔާބު ކުރެއްވުމާ ގުޅިގެން މޮދީ ވަނީ އެމަނިކުފާނަށް ގުޅުއްވައި މަރުހަބާ ދަންނަވައިފަ އެވެ. އަދި އިންޑިޔާއަށް ވަޑައިގަތުމުގެ ދައުވަތު ވެސް އިބޫއަށް ދެއްވާފައި ވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. މޯދީ، އިންޑިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ރާއްޖެއަށް ވަޑައެއް ނުގަންނަވަ އެވެ. އަދި މިއީ މި ސަރަހައްދުން އަދި މޯދީ މިހާތަނަށް ވަޑައިނުގަންނަވާ ހަމައެކަނި ގައުމެވެ.
އިންޑިއާގެ ކޮންސިއުލޭޓާއެކު އައްޑޫ ތަރައްގީވުން، ޖޯކެއް
އިންޑިއާއަކީ ދުނިޔެއަށް އުއްމީދެއް: ރައީސް
ރާއްޖެ އަށް އެހީވާން އިންޑިއާ އޮންނާނީ ތައްޔާރަށް:މޯދީ
"މިއީ ތެދުވެރި އެކުވެރިއެއް، ގާތް ކަމަށް ޝުކުރިއްޔާ"
އިންޑިޔާ އާއި ރާއްޖޭން އެމްއޯޔޫތަކެއްގައި ސޮއިކޮށްފި
ރައީސަށް މޯދީ ރަމްޒީ ކްރިކެޓް ބެޓެއް ހަދިޔާކުރައްވައިފި
މޯދީއަށް ނިޝާން އިއްޒުއްދީންގެ ލަގަބު އަރުވައިފި
އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި 14 މަޝްރޫއެއް
މޯދީގެ ދަތުރުގައި މުހިއްމު ދެ މަޝްރޫއު އިފްތިތާހުކުރަނީ
ރާއްޖެ-އިންޑިއާ ގުޅުމުގެ އަގު ވަޒަންކުރަން: މޯދީ