22 ނޮވެމްބަރ 2018
ޓެކްސީ ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި ދައްކަން ޖެހޭ 50،000 ރުފިޔާގެ ފީ ނެގުން، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން މިއަދު އުވާލައިފި އެވެ.
ޓެކްސީ ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި ދައްކަން ޖެހޭ 50،000 ރުފިޔާގެ ފީ ނެގުން، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން މިއަދު އުވާލައިފި އެވެ.
މި ސަރުކާރުގައި އެ މިނިސްޓްރީން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ކުރާނެ ތިން ކަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެކްސީ ބޯޑުން ފީ ނެގުން އުވާލުމާއި މަގުމަތީގައި ބަހައްޓާފައިވާ ގިނަ ދުވަސްވީ އުޅަނދުތައް ނެގުމުގެ އިތުރުން ދައުލަތުގެ ބޭނުމަށް ހާއްސަކޮށްފައިވާ ފަޅުތަކުގެ ތެރެއިން މިވަގުތު ދޫކުރެވެން ހުރި ތަންތަން ދޫކުރުމެވެ.
އެ ހުރިހާ ކަމެއް ވެސް ތަންފީޒުކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
އައިޝާ ވިދާޅުވީ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މަގުތަކުގައި ބަހައްޓާފައިވާ ގިނަ ދުވަސްވީ އުޅަނދުތައް ޓްރެފިކް ފުލުހުން ނަގަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު އެ ތިން ކަންތައް ވެސް މި ވަނީ ނިންމާފައި. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި ގެޒެޓްކުރަން ފޮނުވާފައި ވާނީ. އާދިއްތަ ދުވަހުން ފެށިގެން އެ ބަދަލު އަންނާނެ،" އައިޝާ ވިދާޅުވި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު މުހައްމަދުު ރަފީއު ވިދާޅުވީ ރިންގް ރޯޑާއި ބްރިޖް ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަމުންދާ ކަމަށެވެ. އެކަމާ ހިތާމަކުރައްވާ ކަމަށާއި ނަމަވެސް އެތަނުގެ ޓްރެފިކް ފްލޯ ޑިޒައިންކޮށްފައިވަނީ ރަނގަޅަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ ސަލާމަތީ ވަސީލަތްތަކާއެކު ދަތުރުކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޑްރައިވަރުންގެ އިހުތިޖާޖު: ޖަވާބު އަންނަ ހަފުތާގައި
ނަހުލާގެ ބައްދަލުވުމުން ވެސް ޔަގީންކަމެއް ނުލިބުނު!
ސަރުކާރުން ޓެކްސީ ހިދުމަތަށް ނުވަނުމަށް ގޮވާލައިފި
ޑޮމެސްޓިކް ޓާމިނަލަށް ދާ ނަމަ އިތުރު ޗާޖެއް!
ޓެކްސީ ކުރެވޭނެ އަގުތައް އަލުން ކަނޑައަޅައިފި
ނަގަނީ ބޭނުން އަގެއް، ސަރުކާރު އިންޒާރު ދިނުމުގައި!
ޑްރައިވަރުން ކަނޑައެޅި އަގުގައި ދަތުރުތައް ފަށައިފި
ޓެކްސީ ޑްރައިވަރުން މިއަދު އިހުތިޖާޖުކުރަނީ މާލޭގައި
އިހުތިޖާޖާއެކު، ހުޅުމާލޭގެ ޓްރެފިކަށް ބުރޫއަރައިފި
ޓެކްސީ ދަތުރުތައް ހުއްޓާލައި އިހުތިޖާޖު ފަށައިފި