Roadha Mihaaru
ޕާކިސްތާނުގެ އަންހެން ކުއްޖާ މަރާލީ ކުރީގެ ފިރިމީހާ

ޕާކިސްތާނުގެ އަންހެން ކުއްޖާ މަރާލީ ކުރީގެ ފިރިމީހާ

16 އޯގަސްޓް 2016

ޕަންޖާބު (އޮގަސްޓް 16) - ޕާކިސްތާނުގައި މިދިޔަ މަހު އަންހެން ކުއްޖަކު މަރާލި ކަމަށް އޭނާގެ ކުރީގެ ފިރިމީހާ އެއްބަސްވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕަންޖާބު (އޮގަސްޓް 16) - ޕާކިސްތާނުގައި މިދިޔަ މަހު އަންހެން ކުއްޖަކު މަރާލި ކަމަށް އޭނާގެ ކުރީގެ ފިރިމީހާ އެއްބަސްވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

އިނގިރޭސި ވިލާތުގެ ބްރެޑްފޯޑުގައި ދިރިއުޅޭ ސާމިއާ ޝާހިދު، 28، ގެ މަރުގެ ތުހުމަތުގައި އޭނާގެ ބައްޕަ މުހައްމަދާއި ކުރީގެ ފިރިމީހާ ޗައުދަރީ ޝަކީލް ވަނީ މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފަ އެވެ. ސާމިއާ މިދިޔަ މަހު ނޮދަން ޕަންޖާބަށް ދިޔައީ އާއިލާގެ މީހުންނާ ބައްދަލު ކުރުމަށެވެ.

ޕަންޖާބުގެ ޖެލުމްގެ ކޯޓަށް ހާޒިރުކޮށް ބަންދަށް ހަތަރު ދުވަސް ޖަހާފައިވާ ޗައުދަރީ ވަނީ ސާމިއާ މަރާލީ ކަރުގައި ސްކާފެއް އައްސައިގެން ކަމަށް ތަހުގީގުގައި އެއްބަސްވެފަ އެވެ. ސާމިއާގެ ބައްޕަ ޗައުދަރީ މުހައްމަދު ހައްޔަރުކޮށްފައި ވަނީ ސާމިއާ މަރާލުމަށް އެހީތެރިވެދީފައިވާތީ އެވެ.

އާއިލާ އިން ހަމަލާދީ ސާމިއާ ޝާހިދު މަރާލީ ޕާކިސްތާނުގައި އުޅޭ އޭނާގެ ރަހުމަތްތެރިން ކައިރިއަށް ޒިޔާރަތްކުރުމުން.

އާއިލާ އިން ހަމަލާދީ ސާމިއާ ޝާހިދު މަރާލީ ޕާކިސްތާނުގައި އުޅޭ އޭނާގެ ރަހުމަތްތެރިން ކައިރިއަށް ޒިޔާރަތްކުރުމުން.

ޕާކިސްތާނުގައި ތިބި ސާމިއާގެ ތިމާގެ މީހުން ފުރަތަމަ ބުނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. އެކަމަކު ސާމިއާގެ މިހާރުގެ ފިރިމީހާ ސައީދު މުޚްތާރު ކަޒަމް ބުނީ ސާމިއާ މަރާލީ އާއިލާގެ މީހުން ކަމަށެވެ. ސާމިއާގެ ޕޯސްޓް-މޯޓަމްގެ ނަތީޖާ ދައްކާފައި ވަނީ އޭނާ މަރާލާފައި ވަނީ ކަރުގައި ހިފައިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ސާމިއާ ދެ ވަނަ އަށް ކައިވެނި ކުރި ކަޒަމް ބުނެފައި ވަނީ ސާމިއާ މަރާލީ އެ ދެ މީހުންގެ ކައިވެންޏާ މެދު އާއިލާ އިން ހިތްހަމަ ނުޖެހޭތީ ކަމަށެވެ. ސާމިއާގެ ކުރީގެ ފިރިމީހާ ޗައުދަރީ ވެސް ބުނި ކަމަށް ވަނީ ކަޒަމް ކައިރިން ވަރިވެގެން އޭނާއާ ދެ ވަނަ ފަހަރަށް ކައިވެނި ކުރުމަށް ސާމިއާގެ ކިބައިން އެދިފައިވާ ކަމަށެވެ. އެކަމަކު ސާމިއާ ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ.