Roadha Mihaaru
މަރާލި މޮޑެލްގެ ބޭބެ ފިލައިގެން އުޅެނިކޮށް އަތުލައިފި

މަރާލި މޮޑެލްގެ ބޭބެއަކު ފިލައިގެން އުޅެނިކޮށް އަތުލައިގެންފި

07 އޮކްޓޯބަރ 2019

ލާހޯރު (އޮކްޓޯބަރު 7) - ޕާކިސްތާނުގައި މޮޑެލް ކުރުމަށް މަޝްހޫރު އަންހެން ކުއްޖެއް ކަމަށްވާ ކަންދީލް ބަލޫޝްގެ މަރުގެ ތުހުމަތުކޮށްފައިވާ އޭނާގެ ބޭބެއެއް ކަމަށްވާ މުހައްމަދު އާރިފް ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލާހޯރު (އޮކްޓޯބަރު 7) - ޕާކިސްތާނުގައި މޮޑެލް ކުރުމަށް މަޝްހޫރު އަންހެން ކުއްޖެއް ކަމަށްވާ ކަންދީލް ބަލޫޝްގެ މަރުގެ ތުހުމަތުކޮށްފައިވާ އޭނާގެ ބޭބެއެއް ކަމަށްވާ މުހައްމަދު އާރިފް ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އޭނާ ހައްޔަރު ކުރީ އިންޓަޕޯލުގެ އެހީގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އާރިފް މިހާރު ހުރީ ޕަންޖާބުގެ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

އާރިފް ހައްޔަރުކޮށްފައި ވަނީ ކަންދީލް ބަލޫޝް މަރާލި ކަމުގެ ކުށުގައި އޭނާގެ އެހެން ކޮއްކޮއެއް ކަމަށްވާ ވަސީމް ބަލޫޝްގެ މައްޗަށް ކުށް ސާބިތުވެ އޭނާ އަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް މިދިޔަ މަހު 27 ގައި އިއްވާފައި ވަނިކޮށެވެ.

ސޯޝަލް މީޑިއާގެ ތަރިއެއްގެ ގޮތުގައި ބެލި ބަލޫޝް މަރުގެ މައްސަލައިން އިތުރު ހަ މީހަކު ވަނީ ސަލާމަތްވެފަ އެވެ. އޭގެ ތެރޭގައި އޭނާގެ އެހެން ދެ ކޮއްކޮ އިން ކަމަށްވާ އަސްލަމް ޝާހީން އާއި އާރިފް ޝާހިން އަދި މުފްތީ އަބްދުލް ގާވީ ހިމެނެ އެވެ. ތަހުގީގުގައި ވަނީ 35 މީހަކާ ސުވާލުކޮށްފަ އެވެ.

ބަލޫޝް، 26، ކަރުގައި ހިފައި މަރާލާފައި ވަނީ ޖުލައި 15، 2016 ގައި މުލްތާނުގައި ހުންނަ އޭނާގެ ގެގަ އެވެ. ޕާކިސްތާނަށް ޝޮކެއް ލިބުނު އެ މަރަށް ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ވެސް ލިބުނެވެ.

ޕާކިސްތާނުގެ މޮޑެލް މަރާލި އޭނާގެ ކޮއްކޮ ވަސީލް ފުލުހުންގެ ބެލުމުގެ ދަށުގައި. --ފޮޓޯ:އޭއެފްޕީ

ޕާކިސްތާނުގެ މޮޑެލް މަރާލި އޭނާގެ ކޮއްކޮ ވަސީލް ފުލުހުންގެ ބެލުމުގެ ދަށުގައި. --ފޮޓޯ:އޭއެފްޕީ

ބަލޫޝް މަރާލި ކަމަށް އޭނާގެ ކޮއްކޮ ވަސީމް ވަނީ އެއްބަސްވެފަ އެވެ. އޭނާ ބުނެފައި ވަނީ ކަންދީލަކީ އާއިލާ އަށް ވެސް ހުރި ހުތުރެއް ކަމަށެވެ. ނަމަވެސް ފަހުން ވަސީމް ވަނީ އޭނާގެ ބަޔާން ބަދަލުކޮށްފަ އެވެ.

ބަލޫޝްގެ ބައްޕަ މުހައްމަދު އަޒްމީން ކުރިން ބުނެފައި ވަނީ ބަލޫޝްގެ ގާތިލުންނަށް ދޭން ޖެހޭނީ މަރުގެ އަދަބު ކަމަށެވެ. އަދި ބަލޫޝް މަރާލި އޭނާގެ ދަރިފުޅު ވަސީލް ވެސް މަރަން ޖެހޭނެ ކަމަށް ބުންޏެވެ. ނަމަވެސް ޕަންޖާބުގެ މުލްތާންގެ ކޯޓެއްގައި އަޒްމީން ފަހުން ބުނީ އޭނާ އާއި އޭނާގެ އަންހެނުން ވަނީ ބަލޫޝް މަރާލި އެ މީހުންގެ ފިރިހެން ދަރިންނަށް މައާފްކޮށްފައި ކަމަށެވެ. ނަމަވެސް އެ މަރުގައި ބައިވެރިވި އެހެން މީހުންނަށް މައާފް ނުކުރާ ކަމަށް ބުންޏެވެ.

ބަލޫޝް މަޝްހޫރުވެފައި ވަނީ ޕާކިސްތާނުގެ ކިމް ކާޑޭޝިއަންގެ ގޮތުގަ އެވެ. ގިނަ ބަޔަކަށް އޭނާ ފާހަގަވީ 2014 ވަނަ އަހަރު އަޕްކުރި، ޖިންސީ ކަންކަމަށް ހިތްވަރު ދޭ ގޮތަށް ނަގާފައިވާ ވީޑިއޯއެއްގެ ސަބަބުންނެވެ.

އާއިލާ އަށް ބޭވަފާތެރިވާ އަންހެން ކުދިން މެރުމަކީ ޕާކިސްތާނުގައި އާއްމުކޮށް ކޮށްއުޅޭ ކަމެކެވެ. އާއިލާ މީހުންގެ ހަމަލާތަކުގައި ކޮންމެ އަހަރަކު ވެސް އެތައް ކުދިންނެއް ޕާކިސްތާނުގައި މަރަ އެވެ.