Roadha Mihaaru
މަރާ ގުޅިގެން ބައްޕަ އާއި ކުރީގެ ފިރިމީހާ އަށް ދައުވާ

އަންހެން ކުއްޖާގެ މަރުގެ މައްސަލައިގައި ބައްޕަ އާއި ކުރީގެ ފިރިމީހާ އަށް ދައުވާކުރަނީ

04 ސެޕްޓެމްބަރ 2016

ޕަންޖާބު (ސެޕްޓެމްބަރު 4) - ޕާކިސްތާނުގައި މިދިޔަ ޖުލައި މަހު އަންހެން ކުއްޖަކު މަރާލި ކަމުގެ ކުށުގައި އޭނާގެ ބައްޕަ އާއި ކުރީގެ ފިރިމީހާގެ މައްޗަށް ދައުވާ ކުރަން ފުލުހުން ނިންމައިފި އެވެ. އިނގިރޭސި ވިލާތުގެ ބްރެޑްފޯޑުގައި ދިރިއުޅޭ ސާމިއާ ޝާހިދު، 28، ޕަންޖާބަށް ދިޔައީ އޭނާގެ އާއިލާގެ މީހުންނާ ބައްދަލު ކުރުމަށެވެ. އިނގިރޭސި ވިލާތާއި ޕާކިސްތާނުގެ ރަށްވެހިކަން ވެސް އޮންނަ ސާމިއާގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މުޚްތާރު ކަޒަމް ތުހުމަތުކޮށްފައި ވަނީ އެކަން ކޮށްފައި ވަނީ އާއިލާގެ ތެރޭން ކަމަށެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕަންޖާބު ފުލުހުންގެ ޑިޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އަބޫބަކުރު ބުކްޝް ވިދާޅުވީ މަރުގެ ތަހުގީގު މިހާރު ނިންމައިފި ކަމަށާއި އަންހެން ކުއްޖާގެ ބައްޕަ މުހައްމަދާއި ކުރީގެ ފިރިމީހާ ޗައުދަރީ ޝަކީލް ވަނީ އެ ކުއްޖާ މަރާލުމުގައި ބައިވެރިވެފައި ކަމަށެވެ.

"އަންހެން ކުއްޖާގެ މަރާލުމުގެ ކުރިން އޭނާގެ ކުރީގެ ފިރިމީހާ ވަނީ އެ ކުއްޖާ ރޭޕް ވެސް ކޮށްފައި،" ބުކްޝް ވިދާޅުވި އެވެ.

ސާމިއާގެ ބައްޕަ (ވ) އަދި ކުރީގެ ފިރިމީހާ ޗައުދަރީ މޫނު ނިވާކޮށްގެން ކޯޓަށް ހާޒިރު ކުރަނީ.

ސާމިއާގެ ބައްޕަ (ވ) އަދި ކުރީގެ ފިރިމީހާ ޗައުދަރީ މޫނު ނިވާކޮށްގެން ކޯޓަށް ހާޒިރު ކުރަނީ.

ބުކްޝް ވިދާޅުވީ ސާމިއާގެ މަރުގައި އޭނާގެ މަންމަ އާއި ދައްތަ ވެސް ބައިވެރިވެފައިވާ ކަމަށާއި އެކަމަކު އެ މީހުން އިނގިރޭސި ވިލާތަށް ފުރާފައިވާ ކަމަށެވެ. އަދި އެ މީހުން ފިލުމަށް އެހީތެރިވެ ދިން ކަމަށް ބަލާ ޕަންޖާބު ޕޮލިސް ސްޓޭޝަނެއްގެ ވެރިއަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ތަހުގީގުގައި ޗައުދަރީ ވަނީ ސާމިއާ މަރާލީ ކަރުގައި ސްކާފެއް އައްސައިގެން ކަމަށް އެއްބަސްވެފަ އެވެ. ސާމިއާގެ ބައްޕަ ޗައުދަރީ މުހައްމަދު ހައްޔަރުކުރީ ސާމިއާ މަރާލުމަށް އެހީތެރިވެދީފައިވާތީ އެވެ.

ޕާކިސްތާނުގައި ތިބި ސާމިއާގެ ތިމާގެ މީހުން ފުރަތަމަ ބުނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. ސާމިއާގެ ޕޯސްޓް-މޯޓަމްގެ ނަތީޖާ ދައްކާފައި ވަނީ އޭނާ މަރާލާފައި ވަނީ ކަރުގައި ހިފައިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ސާމިއާ ދެ ވަނަ އަށް ކައިވެނި ކުރި ކަޒަމް ބުނެފައި ވަނީ ސާމިއާ މަރާލީ އެ ދެ މީހުންގެ ކައިވެންޏާ މެދު އާއިލާ އިން ހިތްހަމަ ނުޖެހޭތީ ކަމަށެވެ. ސާމިއާގެ ކުރީގެ ފިރިމީހާ ޗައުދަރީ ވެސް ވަނީ ކަޒަމް ކައިރިން ވަރިވެގެން އޭނާއާ ދެ ވަނަ ފަހަރަށް ކައިވެނި ކުރުމަށް ސާމިއާގެ ކިބައިން އެދިފައިވާ ކަމަށް ކަޒަމް ބުންޏެވެ. އެކަމަކު ސާމިއާ ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ.