Roadha Mihaaru
ކައިވެނީގެ ހަދިޔާއަކަށް "ހަނދުން" ބިމެއް ގަނެދީފި

ކައިވެނީގެ ހަދިޔާއަކަށް ޕާކިސްތާނު މީހަކު އަންހެނުންނަށް "ހަނދުން" ބިމެއް ގަނެދީފި

23 ސެޕްޓެމްބަރ 2020

ޕާކިސްތާނު މީހަކު ކައިވެނީގެ ހަދިޔާއަކަށް އަނބިމީހާ އަށް "ހަނދުން" ބިމެއް ގަނެދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕާކިސްތާނު މީހަކު ކައިވެނީގެ ހަދިޔާއަކަށް އަނބިމީހާ އަށް "ހަނދުން" ބިމެއް ގަނެދީފި އެވެ.

އެ ގައުމުގެ މީޑިއާތަކުން ބުނީ ލޫނާ ސެޓްލްމަންޓް އިނިޝިއޭޓިވް (އެލްއެސްއައި) ގެ ދަށުން އެއް އޭކަރުގެ ބިމެއް، 23 އަހަރުގެ ޝުއައިބް އަހުމަދު އަންހެނުން މަދީހާ، 26، އަށް ގަނެދިނީ 45 ޑޮލަރަށް ކަމަށެވެ.

ރާވަލްޕިންޑީގައި ދިރިއުޅޭ ޝުއައިބް އަނބިމީހާ އަށް ހަނދުން ބިން ގަތްް މުއާމަލާތާ ބެހޭ ލިޔުން ވެސް ބައެއް މީޑިއާތަކުން ޝާއިިއުކޮށްފައިވެ އެވެ. ޝުއައިބާއި މަދީހާ ކައިވެނިކުރީ މީގެ ހަ މަސް ކުރިންނެވެ.

އެލްއެސްއައިގެ ވެބްސައިޓްގައިވާ ގޮތުން، މުސްތަގުބަލުގައި ހަނދަކީ އިންސާނުން ވަޒަން ވެރިގެން އުޅޭނެ ތަނަކަށް ވެދާނެތީ އެތަނުން ބިން ހޯދުމަކީ ކޮންމެ މީހަކަށް ވެސް އޮތް ފުރުސަތެކެވެ. އެގޮތުން ފަސް އޭކަރަށް ވުރެ ކުޑަ ބިން ހަނދުން 15-150 ޑޮލަރާ ދެމެދުގެ އަގުތަކަށް ލިބޭނެ ކަމަށް އެލްއެސްއައި އިން ބުންޏެވެ.

އެތަނުން ބުނެފައިވާ ގޮތުގައި ހަނދުން ގަންނަ ބިންތައް ހާލަތު ނިޔާކުރާ ގޮތުން ހަނދުގެ އެކި ދިމަދިމާ އަށް ބަދަލުކުރަންޖެހުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް އެ މީހަކު ބިން ގަންނަން ހޭދަކުރި ފައިސާއާ އެއްވަރުގެ ބިމެއް ކަށަވަރުވެފައި އޮންނާނެ ކަމަށް ބުނެ އެވެ. އަދި އެތަނެއްގައި ދިރިއުޅުމަށް ބޭނުންވާނެ ގިނަ ވަސީލަތްތައް ގާއިމުކުރެވޭނެ އެވެ.

ހަނދުން ބިން ވިއްކުމުގެ މުއާމަލާތް އެލްއެސްއައި އިން ކުރިއަށް ގެންދަނީ ޝަރުތެއްގެ ގޮތުގައި ސީދާ އެތަނުގެ އޮފީހަށް ހާޒިރުވެގެންނެވެ. އެކަމަކު "ހަނދުން" ބިމެއް ގަތުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ބުންޏެވެ.