17 އޯގަސްޓް 2016
ޖަރުމަނުގެ ސައިންސްވެރިންގެ ދިރާސާއަކުން ދައްކާ ގޮތުގައި ލޭގައި ހުންނަ ހަކުރު ސިކުނޑިއަށް ނެގުމުގެ މަރުހަލާ ހުއްޓުމެއް ނެތި ކުރިއަށްދެ އެވެ. ހަށިގަނޑަށް ހަކުރު ނަގައި އޭގެ ބޭނުން ކުރާ ގޮތް އެނގިގެން ދިޔަ މި ދިރާސާ އަކީ ހަކުރު ބައްޔާއި ފަލަ ބައްޔަށް ފަރުވާއެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.
ޖަރުމަނުގެ ސައިންސްވެރިންގެ ދިރާސާއަކުން ދައްކާ ގޮތުގައި ލޭގައި ހުންނަ ހަކުރު ސިކުނޑިއަށް ނެގުމުގެ މަރުހަލާ ހުއްޓުމެއް ނެތި ކުރިއަށްދެ އެވެ. ހަށިގަނޑަށް ހަކުރު ނަގައި އޭގެ ބޭނުން ކުރާ ގޮތް އެނގިގެން ދިޔަ މި ދިރާސާ އަކީ ހަކުރު ބައްޔާއި ފަލަ ބައްޔަށް ފަރުވާއެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.
ހަށިގަނޑަށް އެތެރެވާ ހަކުރު އެންމެ ބޮޑަށް ބޭނުންކުރަނީ ސިކުނޑީގެ ސެލްތަކުންނެވެ. މިއުނިކްގެ ޓެކްނިކަލް ޔުނިވަސިޓީގެ ދިރާސާއިން އެނގުނު ގޮތުގައި މެޓަބޮލިޒަމް ކޮންޓްރޯލް ކުރުމާއި ބަނޑުހައިވުމުގެ އިހްސާސްކޮށްދިނުމުގައި މި ސެލްތައް، ކުރިން ހީކުރެވިފައިވާ ވަރަށް ވުރެ މާބޮޑަށް މަސައްކަތް ކުރެ އެވެ.
"ސެލް" ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގެ ކުރިން ސައިންސްވެރިން ގަބޫލުކޮށްގެން ތިބީ ސިކުނޑި އަށް ހަކުރު ނަގަނީ ހަށިގަނޑުގެ އެހެން ގުނަވަންތަކާއި މަރުހަލާތަކުގައި ހަކުރު ނަގާ ބީދައިން ނުވަތަ އެހެން ގުނަވަންތަކަށް ހަކުރު އެތެރެވުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އެކަމަކު ދިރާސާއިން އެނގުނީ ބްރެއިން ސެލްތައް މެޓަބޮލިޒަމް ކޮންޓްރޯލްކުރުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމަށާއި އެ ސެލްތަކުން ހަކުރަށް އިޖާބަ ދިނުން ވަކިން ބޮޑުކަމެވެ. މިއީ ކެއުމުގެ އާދަތަކާ ގުޅުން ހުރި ވަރަށް ގިނަ ބަލިތަކަށް ފަރުވާކުރުމުގައި އެހީއަކަށް ވާނެ ދިރާސާއެއް ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ.
ޚާއްސަ އިމޭޖިން ޓެކްނިކެއް ބޭނުންކޮށްގެން ކުރި ދިރާސާއިން އެނގުނު ގޮތުގައި އިންސިއުލިން އާއި ލެޕްޓިން ފަދަ ހޯމޯންތައް ބްރެއިލް ސެލްއާ އެކު ސިކުނޑިއަށް ހަކުރު ނެގުމުގައި ބައިވެރިވެ އެވެ. ސައިންސްވެރިން މި ޕްރޮސެސް ސިފަކޮށްފައި ވަނީ "ހަކުރު ސްވިޗެއް"ގެ ގޮތުގަ އެވެ.
ދިރާސާގައި ބައިވެރިވި ސައިންސްވެރިން ބުނެފައި ވަނީ ހަކުރު ބައްޔާއި ފަލަވާ ބައްޔަށް ބޭހެއް ހެދުން އެހާ އުނދަގޫ ކަމަކަށް ވެގެން އުޅެނީ މެޓަބޮލިޒަމްއާ ގުޅުން ހުރި ސެލްތައް ރަނގަޅަށް އެނގިފައި ނުވާތީ ކަމަށާއި އެކަމަކު މިހާރު އެކަން ވަރަށް ބޮޑަށް ސާފުވެ އުންމީދު އާވެއްޖެ ކަމަށެވެ.
ހަކުރުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ސައިންސުން ކަށަވަރު ވަމުން ދާއިރު ހަކުރު ކޮންޓްރޯލްކުރުމަށް ގައުމުތަކުން ވަނި ފިޔަވަޅު އަޅަން ފަށައިފަ އެވެ. އެގޮތުން ބައެއް ގައުމުތަކުގައި ހަކުރު ހުންނަ ބާވަތްތަކުން ޓެކްސް ބޮޑުކޮށްފައިވެ އެވެ.
ހަކުރު ބަލި: ވިސްނާލަން ދެތިން ކަމެއް
ހަކުރު ނުކައި ހުރި މީހާ 70 އަހަރުގައި ވެސް ޒުވާން
ހުސްގޮހޮރާއި ހުރެ ލޮނުމެދު ކެއުމުގެ ފައިދާ ބޮޑު
ނިދުމަށް ހާއްސަ ރޫޓިންއެއް މުހިންމު
ސަރުކާރުގެ ހަފުލާތަކުގައި ކެއިންބުއިމުގެ ގައިޑްލައިނެއް
ޒުވާނުންގެ ކުއްލި މަރުތަކާއެކު ޑޮކްޓަރުންގެ ކަންބޮޑުވުން
އާޓިފިޝަލް ސްވިޓްނާ ބޭނުން ނުކުރަން ލަފާ ދީފި
ކޮރިއެންޑާ ފަތުން ވަރަށް ގިނަ ފައިދާ
ހެނދުނު ކުރާ ކަސްރަތުގެ ފައިދާ ބޮޑު
އިށީނދެގެން މި ތިބެވެނީ މާ ގިނައިރު، ނުރައްކާ ބޮޑު