Roadha Mihaaru
ބިދޭސީން ބޮޑެތި އަދަދުން ޖޫރިމަނާ ކުރެވޭ ގޮތް ހަދަނީ

ބިދޭސީން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތް ހަދަނީ

29 ނޮވެމްބަރ 2018

ބިދޭސީއަކު ރާއްޖޭގައި މަސައްކަތް ކުރާ ކޮންޓްރެކްޓުގެ މުއްދަތުގައި އެ ބިދޭސީ މީހާ ރާއްޖެ ގެނައި ފަރާތުގެ ހުއްދަ ނެތި އެހެން ފަރާތަކަށް ގެންދިއުން ނުވަތަ ބަދަލުކުރާ ނަމަ، ބިދޭސީ މީހާ އަށް ބޮޑެތި އަދަބުތަކެއް ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބިދޭސީއަކު ރާއްޖޭގައި މަސައްކަތް ކުރާ ކޮންޓްރެކްޓުގެ މުއްދަތުގައި އެ ބިދޭސީ މީހާ ރާއްޖެ ގެނައި ފަރާތުގެ ހުއްދަ ނެތި އެހެން ފަރާތަކަށް ގެންދިއުން ނުވަތަ ބަދަލުކުރާ ނަމަ، ބިދޭސީ މީހާ އަށް ބޮޑެތި އަދަބުތަކެއް ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު މަޖިލީހަށް ހުށަހެޅުއްވި ބިލްގެ އިތުރު މާއްދާގައި ވަނީ ވޯކް ވިސާއެއްގައި ރާއްޖެ އެތެރެވެފައި ހުރި މީހަކު އެ ބިދޭސީ މީހާ ރާއްޖޭގައި މަސައްކަތް ކުރަމުންދާ ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި އެ ބިދޭސީ މީހާ ރާއްޖެ އަށް ގެނައި ފަރާތުގެ އިޒުނަ ނެތި އެހެން ފަރާތަކަށް ގެންދިއުން ނުވަތަ ބަދަލުކުރުން ނުވަތަ އެފަދަ ކަމެއް ގަސްދުގައި މަގުފަހިކޮށްގެން ނުވާނެ ކަމަށެވެ.

މި މާއްދާގައި ބުނާ އަމަލެއް ކުށެއް ކޮށްފި މީހެއްގެ އަދަބަކީ އެއް އަހަރަށް ޖަލަށްލުން ނުވަތަ ފަސް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ކަމަށް ބިލްގައިވެ އެވެ.

މަޖިލީހުގެ ނައިބު ރައީސް ކަން ވެސް ކުރައްވަމުން ގެންދަވާ މޫސަ ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުމަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި ބިދޭސީންގެ ސަބަބުން ދިވެހިންނަށް މަސައްކަތުގެ އެތައް ފުރުސަތުތަކެއް ގެއްލި، މަސައްކަތުގެ އަގާއި ކޮލިޓީ ދަށްވެފައިވާ ކަމަށެވެ.

މޫސަ ވިދާޅުވި ގޮތުގައި އެކިއެކި ޕްރޮޖެކްޓުތައް ހިންގުމަށް އެތައް ހަރަދެއް ކުރުމަށް ފަހު ރާއްޖެ ގެނައުމަށް ފަހު، އެމީހުން ފިލުމުގެ ސަބަބުން ބިދޭސީ މީހާ ގެނައި ކުންފުނިތަކަށް އަގު ނުކުރެވޭ ވަރުގެ މާލީ ގެއްލުންތައް ވަނީ ވެފަ އެވެ. އަދި ބިލް ހުށަހެޅުއްވީ މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ލިބެމުންދާ ގެއްލުންތައް ހުއްޓުވުމުގެ މަގްސަދުގައި ކަމަށް މޫސަ ވިދާޅުވި އެވެ.

ބިލަށް އަމަލު ކުރަން ފަށާނީ ބިލް ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.