Roadha Mihaaru
ކަޕޫރު ހާންދާނުގެ ޕާކިސްތާނުގެ ގެ ދާރުލްއާސާރަކަށް

ކަޕޫރު ހާންދާނުގެ ޕާކިސްތާނުގެ ގެ ދާރުލްއާސާރަކަށް ބަދަލު ކުރަން ނިންމައިފި

01 ޑިސެމްބަރ 2018

ހިންދީ ސިނަމާގެ ފުރަތަމަ އާއިލާގެ ގޮތުގައި ސިފަކުރާ ކުރީގެ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ރާޖް ކަޕޫރުގެ އާއިލާ އަށް ނިސްބަތްވާ ގެއެއް ޕާކިސްތާނުގެ ޕިޝާވަރުގައި ހުރެ އެވެ. އެކަމަކު އެ ގެ ދާރުލްއާސާރަކަށް ބަދަލު ކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިންދީ ސިނަމާގެ ފުރަތަމަ އާއިލާގެ ގޮތުގައި ސިފަކުރާ ކުރީގެ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ރާޖް ކަޕޫރުގެ އާއިލާ އަށް ނިސްބަތްވާ ގެއެއް ޕާކިސްތާނުގެ ޕިޝާވަރުގައި ހުރެ އެވެ. އެކަމަކު އެ ގެ ދާރުލްއާސާރަކަށް ބަދަލު ކުރަން ނިންމައިފި އެވެ.

މިކަން ކަށަވަރުކޮށް ދެއްވަމުން ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހުމޫދު ގްރޭޝީ މީޑިއާތަކަށް ވިދާޅުވީ ޕިޝާވަރުގެ ގިއްސާ ޙުވާނީ ބާޒާރުގައި ހުރި ރާޖް ކަޕޫރުގެ އާއިލާގެ ގެ ދާރުލްއާސާރަށް ބަދަލުކުރަން ޕާކިސްތާންގެ ސަރުކާރުން މިހާރު ރަސްމީކޮށް ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ހަދަން ނިންމީ އެމެރިކާގައި މިހާރު ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ރާޖް ކަޕޫރުގެ ހަގު ފިރިހެން ދަރިފުޅު އަދި މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރު ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު ޝެހްރިއާރު ހާން އަފުރީދީ އަށް ފޯނުން ގުޅައި އެކަމަށް އެދިފައިވާތީ އެވެ.

"ރިޝީ ވަނީ ފޯނުން ގުޅާފައި އެ އާއިލާގެ ކާބަފައިންގެ ގެ މިއުޒިއަމަކަށް ބަދަލުކޮށްދޭން އެދިފައި. އަދި އަހަރެމެން ވަނީ އެކަން އެގޮތަށް ކުރިއަށް ގެންދަން ނިންމާފައި،" ޝާހް ވިދާޅުވި އެވެ.

އެއީ އިންޑިއާ އާއި ޕާކިސްތާން ބައިވުމުގެ ކުރިން ރާޖް ކަޕޫރުގެ ބައްޕަ އަދި ކުރީގެ އެކްޓަރު ޕްރިތުވީ ރާޖް ކަޕޫރު ޕިޝާވަރުގައި އިމާރާތްކޮށް ދިރިއުޅުނު ގެ އެވެ. އޭނާ ޕިޝާވަރަށް އުފަންވީ ޑިސެމްބަރު، 14، 1924 ގަ އެވެ.

ޕާކިސްތާނުގައި ހުރި ކަޕޫރު ހާންދާނުގެ ޒަމާންވީ ގެ ދާރުލްއާސާރަކަށް ބަދަލުކުރަން ނިންމި އިރު، އެ އާއިލާގެ އެންމެހެން ދިރިއުޅެނީ އިންޑިއާގެ މުމްބާއީގަ އެވެ.