02 ޑިސެމްބަރ 2018
ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޗީފް ސުޕްރިޓެންޑެންޓްގެ ރޭންކްގައި ހުއްޓާ އޮގަސްޓް، 2012 ގައި ހަމީދު ވަޒީފާއިން ވަކިކުރީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކު ކުރިކަމުގެ ތުހުމަތުކޮށެވެ. ހަމީދަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން އަމުރު ކޮށްފައި ވަނިކޮށް ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ.
އެ މައްސަލަ ހަމީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައި، ސުޕްރީމް ކޯޓުން މިއަދު އަމުރުކުރީ ހަމީދު ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އޭނާއަށް އަލުން ދިނުމަށެވެ.
ސިއްރު މައުލޫމާތު ލީކު ކުރުމުގެ ތުހުމަތުގައި ހަމީދު 2012 ގައި ހައްޔަރުކުރި އެވެ. އެކަމަކު އޭނާގެ މައްޗަށް އެ މައްސަލާގައި ދައުވާއެއް ނުކުރެ އެވެ.
ހަމީދަށް އަލުން ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން އަމުރު ކުރި އިރު، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އޭނާ އައްޔަން ކުރަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. ފުލުހުންގެ ގާނޫނު ބުނާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެވޭނީ ފުލުހުންގެ އެންމެ އިސް އޮފިސަރުންގެ ތެރޭގައި ހިމެނޭ އޮފިސަރެކެވެ.
ހަމީދު ވަޒީފާ އިން ވަކިކުރި އިރު ހުރީ، އެންމެ އިސް އޮފިސަރުންގެ ތެރޭގައި ހިމެނޭ ރޭންކުތަކަށް ވުރެ އެއް ރޭންކު ދަށުގަ އެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް، އަލުން އޭނާގެ ވަޒީފާ ރުޖޫއަ ކުރުމަށް ފަހު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކަށް ނުވަތަ ޑަބަލް ޕްރޮމޯޝަނަކާ އެކު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކަށް ޕްރޮމޯޓް ކުރުމަށް ފަހު، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެވޭނެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްސީ ހަމީދަކީ ދެ ޅިޔަނުންނެވެ. ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި ހަމީދުގެ އަނބިކަނބަލުން ނަޒީހާ އަހްމަދަކީ އެއްބަނޑު އެއްބަފާ ދެބެންނެވެ.
ބިދޭސީއަކަށް ފުލުހުން އަނިޔާކުރުން: ތަހުގީގު ގޯސް
އިރުފާން އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދަށް
ސުޕްރީމް ކޯޓުން ވަގަށް އަނބު ބިން މީހާގެ ބަންދަށް
ބަންދުގައި އޮއްވާ މަރާލަންވީއޭ ފުލުހުން ގޮވި: ސަމާހު
ހެކިބަސް ދޭން ދެކޮޅު ހަދާނަމަ ވަގުތުން ޖަލަށްލަނީ
ވިއްސިވިހާލި ވެފައިވާ ނިޒާމެއް: ފުލުހުންނަށް ވާނެތަ؟
ވަޅި ހެރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ހަނު ހުރުން:އެ މީހަކާ ދެކޮޅަށް ބޭނުން ކުރެވޭނެތަ؟!
އަރުޝަދު ހައްޔަރުކުރީ ޑްރަގްގެ އާ ތުހުމަތެއްގައި
ޑްރަގް ޑީލަރުން ޗޭނުޖަހަން ސުޕްރީމް ކޯޓުން ގޯހެއް؟