Roadha Mihaaru
ޕެސިފިކަށް އައި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު

ޕެސިފިކަށް އައި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފި

05 ޑިސެމްބަރ 2018

ނިއު ކެލެޑޯނިއާ (ޑިސެމްބަރު 5) - ޕެސިފިކުގެ ނިއު ކެލެޑޯނިއާ ކައިރި އަށް ރިކްޓަ މިންގަނޑުން 7.5 ގެ ބާރު މިނުގައި މިއަދު އައި ބިންހެލުމާ ގުޅިގެން 1،000 ކިލޯ މީޓަރު (620 މޭލު) ގެ ސަރަހައްދަކަށް ސުނާމީގެ އިންޒާރު ނެރެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ކެލެޑޯނިއާ (ޑިސެމްބަރު 5) - ޕެސިފިކުގެ ނިއު ކެލެޑޯނިއާ ކައިރި އަށް ރިކްޓަ މިންގަނޑުން 7.5 ގެ ބާރު މިނުގައި މިއަދު އައި ބިންހެލުމާ ގުޅިގެން 1،000 ކިލޯ މީޓަރު (620 މޭލު) ގެ ސަރަހައްދަކަށް ސުނާމީގެ އިންޒާރު ނެރެފި އެވެ.

މޮނިޓަރުން ބުނީ ސުނާމީގެ ރާޅު ފާހަގަ ކުރެވިފައިވާ ކަމަށެވެ. ބިންހެލުން އައިސްފައި ވަނީ މިއަދު ހެނދުނު ރާއްޖޭ ގަޑިން 9:18 ގައި ކަނޑު އަޑިއަށެވެ. ބިންހެލުމުގެ އަސްލު ހުރީ ނިއު ކެލެޑޯނިއާގެ ލޯޔަލްޓީ އައިލެންޑްސްގެ ޓައުނެއް ކަމަށްވާ ޓަޑީންގެ އިރު ދެކުނުން 168 ކިލޯ މީޓަރު ސަރަހައްދެއްގަ އެވެ.

އާބާދީގައި 270،000 މީހުން ހިމެނޭ ނިއު ކެލިޑޯނިއާ އޮންނަނީ ބިންހެލުން ގިނައިން އަންނަ ޕެސިފިކުގެ "ރިންގް އޮފް ފަޔާ" ގަ އެވެ.

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނެފައި ވަނީ ސުނާމީގެ ރާޅު ބައެއް ހިސާބުތަކަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ބޮޑެތި ރާޅު ފަހުން އުފެދިދާނެ ކަމަށް ވެސް އިންޒާރު ދީފައިވެ އެވެ. ނިއު ކެލެޑޯނިއާގެ އިތުރުން ވަނުވާޓޫ ހިމެނޭ ސަރަހައްދަށް 1-3 މީޓަރު (3.3-9.8 ފޫޓު) ގެ ރާޅު އެރުން އެކަށީގެންވާ ކަމަށް ވަނީ ބުނެފަ އެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ބުނީ ސުނާމީގެ އިންޒާރުގެ ޓެކްސް މެސެޖް ނިއު ކެލެޑޯނިއާގެ ރައްޔިތުންނަށް ފޮނުވާފައިވާ ކަމަށެވެ.

ނިއު ޒީލެންޑުގެ ސިވިލް ޑިފެންސް މިނިސްޓްރީން ބުނީ ސުނާމީގެ ނުރައްކަލެއް އެ ގައުމަށް ނެތް ކަމަށެވެ.