Roadha Mihaaru
ތުރުކީއަށް ބާރުގަދަ ބިންހެލުމަކާއެކު ސުނާމީއެއް އަރައިފި

ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމަކާ އެކު ސުނާމީއެއް އަރައިފި

30 އޮކްޓޯބަރ 2020

އަންކަރާ (އޮކްޓޯބަރު 30) - ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމަކާ އެކު ސުނާމީއެއް އަރައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކަރާ (އޮކްޓޯބަރު 30) - ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމަކާ އެކު ސުނާމީއެއް އަރައިފި އެވެ.

ތުރުކީގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ބިންހެލުމުގައި ހަތަރު މީހުން މަރުވެ 120 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ރިކްޓަ މިންގަނޑުން ހަތެއްގެ ބާރުމިނުގައި އައި ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ އިޒްމީރް ޕްރޮވިންސަށެވެ. ބިންހެލުމުގެ އަސަރު ވަނީ އިސްތަންބޫލަށާއި ގްރީސްގެ ވެރިރަށް އެތެންސަށް ވެސް ކޮށްފަ އެވެ.

އިޒްމީރުގެ މޭޔަރު ވިދާޅުވީ އެ ޕްރޮވިންސް އިން ގާތްގަނޑަކަށް 20 އިމާރާތް ވެއްޓިފައިވާ ކަމަށެވެ. ބިންހެލުމަށް ފަހު އުފެދުނު ސުނާމީގައި އިޒްމީރުގެ މަގުތަކުގައި ފެންބޮޑުވެފައިވެ އެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރާ މަންޒަރުގެ ވީޑިއޯ ފުޓޭޖްތައް ޓީވީތަކުން ވަނީ ދައްކައިފަ އެވެ. އަދި ފެންބޮޑުވެފައިވާ މަގުތަކުގައި، ގޭތެރޭގައި ބޭނުންކުރާ ބައެއް ސާމާނު ހުރި މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރު ވަމުންނެވެ.

ތުރުކީ އަށް 1999 ވަނަ އަހަރު 7.4 ގެ ބާރުމިނުގައި އައި ބިންހެލުމެއްގައި ވަނީ 17،000 މީހުން މަރުވެފަ އެވެ. ދެހާސް އެގާރަ ވަނަ އަހަރު އައި ބިންހެލުމެއްގައި ވަނީ 600 މީހުން މަރުވެފަ އެވެ.