މިއަދު ހެނދުނުން ފެށިގެން ހަވީރާ ހަމައަށް މެދުކެނޑުމެއް ނެތި މާލެ އަށް ވެހުނު ބޯ ވާރޭގައި މަގުތަކުގައި އާދަޔާ ޚިލާފަށް ފެން ބޮޑުވެ، އޭގެ އަސަރުކުރި ސައިކަލްތައް ހިލޭ ސާވިސް ކޮށްދިނުމަށް ލިޓަސް އިން ނިންމައިފި އެވެ.
05 ޑިސެމްބަރ 2018
މިއަދު ހެނދުނުން ފެށިގެން ހަވީރާ ހަމައަށް މެދުކެނޑުމެއް ނެތި މާލެ އަށް ވެހުނު ބޯ ވާރޭގައި މަގުތަކުގައި އާދަޔާ ޚިލާފަށް ފެން ބޮޑުވެ، އޭގެ އަސަރުކުރި ސައިކަލްތައް ހިލޭ ސާވިސް ކޮށްދިނުމަށް ލިޓަސް އިން ނިންމައިފި އެވެ.
ލިޓަސްގެ މާކެޓިން މެނޭޖަ އާސިފު ރަޝީދު ވިދާޅުވީ، މާލެއަށް ކުރި ވިއްސާރައިގައި ގިނަ ސައިކަލްތަކަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ސައިކަލްތައް ސާވިސް ކުރުމަށް އެދި ގިނަ ބަޔަކު އެ ކުންފުންޏަށް ގުޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އާސިފް ވިދާޅުވިގޮތުގައި، ސައިކަލްތަކަށް ހިލޭ ސާވިސް ދިނުމަށް ނިންމީ ފެންބޮޑުުވުމާ ގުޅިގެން، އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގަ އެވެ.
"މާދަމާ ހެނދުނު 8:30 ން ފެށިގެން ރޭގަނޑު 10:00 އަށް ހިލޭ ސާވިސް ކޮށްދެވޭނެ. ފެނުގެ ތެރޭގައި ސައިކަލް ހުރި ކަން އަންއިގައިދޭ ފޮޓޯއެއް ފަދަ އެއްޗެއް ހިފައިގެން އައުމަކީ ވަރަށް ބޮޑު އެދުމެެއް،" އޭނާ ވިދާޅުވި އެވެ.
ލިޓަސް ސާވިސް ސެންޓަރު ހުންނަނީ ހަދީބީ މަގުގަ އެވެ.
މާލެއަށް މިއަދު ވެހުނު ބޯ ވާރޭގައި މުޅި ސިޓީގައި ފެން ބޮޑުވެ، ގޭގެ އަށް ފެން ވަދެ، 160 އާއިލާ އަކަށް ވަނީ އޭގެ އަސަރު ކޮށްފަ އެވެ. އަދި ބައެއް އާއިލާތައް ސަރުކާރުން މިހާރު އަންނަނީ ބަލަހައްޓަމުންނެވެ. މީގެ އިތުރުން، ޕާކް ކޮށްފައި ހުރި ސައިކަލްތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެސް ވެފައި ވެ އެވެ.
މި ފަހުގެ ތާރީޚެއްގައި މާލޭގެ މަގުތަކުގައި ފެން ބޮޑުނުވާ މިންވަރަށް ފެމް ބޮޑުވުމާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް ސަރުކާރުން މިހާރު އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ކަލާފާނު ސްކޫލްގައި ވަނީ ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުގެ ބައެއް ގާއިމްކޮށްފަ އެވެ.
ފެން ހިނދެންދެން ބަރު އުޅަނދުތައް ނުދުއްވަން އެދިއްޖެ
މޫސުން ގޯސް: 6،835 ޓަނުގެ ފެން ބޭރުކޮށްފި
ވިއްސާރާގައި ގެއްލުން ލިބުނު ގޭގޭގެ ހާލަތު ބަލައިފި
މަގުތަކުން ފެން ހިންދަން އިތުރު ޕަމްޕުތަކެއް ގެންނަނީ
މާލެ "އަޑިއަށް" ދަނީ ހޯދި ވަގުތީ ހައްލުތަކުން!
މާލެއިން ބޮޑަށް ގެއްލުންވި ގެތަކުން މީހުން ބަދަލުކުރަނީ
މާލޭ މަގުތަކުން 10،000އެއްހާ ޓަނު ފެން ބޭރުކޮށްފި
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ
ޕަންޕު ބޭނުންކޮށްގެން ފެން ހިންދުން މިހާރު ފަސޭހަވާނެ
ބޯ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ