Roadha Mihaaru
ވޯޓު ނުދޭ މެމްބަރުންގެ ޕާޓީތަކުގެ ފައިސާ ހިފަހައްޓަނީ

ބަޖެޓަށް ވޯޓު ނުދޭ މެމްބަރުންގެ ޕާޓީތަކަށް ފައިސާ ދޫނުކުރާ އިސްލާހު ހުށަހަޅަނީ

12 ސެޕްޓެމްބަރ 2016

ދައުލަތުގެ ބަޖެޓަށް ވޯޓު ނުދެއްވާ މެމްބަރުން ހިމެނޭ ސިޔާސީ ޕާޓީތަކަށް ފައިސާ ނުދޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދައުލަތުގެ ބަޖެޓަށް ވޯޓު ނުދެއްވާ މެމްބަރުން ހިމެނޭ ސިޔާސީ ޕާޓީތަކަށް ފައިސާ ނުދޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ އިސް މެމްބަރަކު މިއަދު ވިދާޅުވި ގޮތުގައި މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހު ފެށުމާ އެކު ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ހުށަހަޅާނެ އެވެ.

"އެއްވެސް ޕާޓީއެއްގެ މެމްބަރުން ބަޖެޓު ފާސްކުރަން ވޯޓު ނުދީފިނަމަ، ބަޖެޓުން އެ އަހަރަކަށް ޕާޓީއަކަށް ލިބެން ޖެހޭ ހުރިހާ ފައިސާއެއް ނުލިބޭ ގޮތަށް އިސްލާހު ހުށަހަޅާނީ،" މެމްބަރު ވިދާޅުވި އެވެ.

މަޖިލީހުގައި މިހާރު ތިއްބެވީ ޕީޕީއެމާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭގެ އިތުރުން އަދާލަތު ޕާޓީގެ މެމްބަރުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މެމްބަރުން ތިއްބެވީ ޕީޕީއެމްގަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަޖެޓު ފާސްކުރަން ވޯޓު ނުދީ، އެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ އުސޫލެއް ނޫނެވެ.

ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި ޕާޓީތަކަށް ފައިސާ ދޫކުރުމަށްވުރެ، ކްލަބުތަކާއި ޖަމިއްޔާތަކަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ފައިސާ ދޫކުރުން ވެސް މާ ރަނގަޅެވެ.

މިދިޔަ އަހަރު ތިބި މެމްބަރުންގެ އަދަދަށް ބަލައި އެމްޑީޕީއަށް މި އަހަރު ދޭން ޖެހޭ އަދަދު ގާތްގަނޑަކަށް 14 މިލިޔަން ރުފިޔާއަށް އަރަ އެވެ. މިއީ ރެކޯޑް އަދަދެކެވެ. ދެ ވަނައަށް މެންބަރުން އެންމެ ގިނަ ޕާޓީ، ޕީޕީއެމަށް ނުވަ މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. އެކަމަކު މި އަހަރު ސިޔާސީ ޕާޓީތަކަށް ދޭން ބަޖެޓުން ކަނޑައެޅި ފައިސާ މިހާތަނަށް އައިއިރު އެއްވެސް ޕާޓީއަކަށް ނުދެ އެވެ. އަދި ފައިސާ ނުލިބި ލަސްވާތީ ޕާޓީތަކުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.