Roadha Mihaaru
އިނގިލީގެ ނިޝާން ނެތް މީހުން ޕާޓީން ވަކިވާ އިސްލާހު ތަސްދީގުކޮށްފި

އިނގިލީގެ ނިޝާން ނެތް މީހުން ޕާޓީން ވަކިވާ އިސްލާހު ތަސްދީގުކޮށްފި

23 އޯގަސްޓް 2016

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ ތެރެއިން އިނގިލީގެ ނިޝާން ނެތް މީހުން ޕާޓީތަކުން ވަކިވާ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގުކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ ތެރެއިން އިނގިލީގެ ނިޝާން ނެތް މީހުން ޕާޓީތަކުން ވަކިވާ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގުކުރައްވައިފި އެވެ.

މި އިސްލާހުގެ ސަބަބުން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެވޭނީ އިނގިލީގެ ނިޝާނާ އެކު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރެވިފައިވާ މައުލޫމާތުތައް ފުރިހަމަ ކުރާ މީހުންނަށެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާފައިވާ ނުވަތަ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެފައިވާ މީހުން ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާއި ތަކެތި ހުށަހަޅާފައިނުވާ ނަމަ، ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި މައުލޫމާތާއި ތަކެތި ހުށަހަޅައި އެކަންކަން ފުރިހަމަ ކުރަންޖެހެ އެވެ.

މި މުއްދަތުގެ ތެރޭގައި އެ މައުލޫމާތާއި ތަކެތި ހުށަހަޅާފައި ނުވާނަމަ، އެފަދަ މީހެއް އެ ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުން ވަކިވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ފާސްކުރުމާ ގުޅިގެން އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ އިނގިލީގެ ނިޝާން ނުޖަހައި އެ ޕާޓީއަށް ވަދެ ތިބި މެމްބަރުންގެ އަދަދު ގިނަ ކަމުންނެވެ. އަދި ފިންގާ ޕްރިންޓް ޖަހަން ދީފައި އޮތީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް އެ ޕާޓީން ބުންޏެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ދޫކުރުމުގައި ރިއާޔަތްކުރައްވާނީ، މި ގާނޫނާ އެއްގޮތަށް އަމަލުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުތަކަށެވެ.

ރައީސް ވަނީ މަޖިލީހުން ފާސްކުރި ޖެންޑާ އިކުއަލިޓީގެ ބިލު ވެސް ތަސްދީގު ކުރައްވައިފަ އެވެ.

ޖެންޑަ އިކުއަލިޓީގެ ގާނޫނަކީ، ރާއްޖޭގައި ޖެންޑާ އިކުއަލިޓީ ގާއިމުކުރުމުގެ ގޮތުން އަމަލުކުރާނެ ގޮތުގެ މައިގަނޑު އުސޫލުތަކާއި، ޖެންޑާއަށް ބަލައި ތަފާތު ކުރުން މަނާކުރުމާބެހޭ ސިޔާސަތުތަކާއި، ޖެންޑާ އިކުއަލިޓީ ގާއިމުކުރުމުގައި ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ މަސްއޫލިއްޔަތާއި ޒިންމާ ބަޔާންކުރުމުގެ ގާނޫނެވެ.