Roadha Mihaaru
ކަސްޓަމްސް އަށް އާ ދެ ޑެޕިއުޓީ ކޮމިޝަނަރުން

ކަސްޓަމްސް އަށް އާ ދެ ޑެޕިއުޓީ ކޮމިޝަނަރުން އައްޔަންކުރައްވައިފި

08 ޖުލައި 2019

ކަސްޓަމްސް އަށް އާ ދެ ޑެޕިއުޓީ ކޮމިޝަނަރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ. މިއީ، މި ސަރުކާރުގައި އެ ދެ މަގާމަށް އައްޔަން ކުރެއްވި ފުރަތަމަ ބޭފުޅުންނެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކަސްޓަމްސް އަށް އާ ދެ ޑެޕިއުޓީ ކޮމިޝަނަރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ. މިއީ، މި ސަރުކާރުގައި އެ ދެ މަގާމަށް އައްޔަން ކުރެއްވި ފުރަތަމަ ބޭފުޅުންނެވެ.

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުންނަށް އައްޔަން ކުރެއްވި އަބްދުﷲ ޝަރީފް، ހުޅުމާލެ (ފްލެޓް ނަމްބަރު 38-01-04) އާއި މ. ތިންހިރި މުހައްމަދު މާނިއު އަށް މަގާމުގެ ލިޔުމާއި ބެޖު ހަވާލުކޮށްދެއްވީ ކަސްޓަމްސް އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނެވެ.

ޝަރީފް، ކަސްޓަމްސްގައި މަސައްކަތް ކުރައްވާތާ 27 އަހަރު ވެއްޖެ އެވެ. މާނިއު، ކަސްޓަމްސްގެ ވަޒީފާގައި އުޅުއްވާތާ 16 އަހަރު ވެއްޖެ އެވެ. އޭގެ ކުރިން މާނިއު ވަނީ ފުލުހުންގެ އިދާރާގައި 13 އަހަރު ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.

ކަސްޓަމްސް އަށް އާ ދެ ޑެޕިއުޓީ ކޮމިޝަނުން އައްޔަން ކުރެއްވުން.

އާ ދެ ޑެޕިއުޓީ ކޮމިޝަނަރުންގެ ތެރެއިން ޝަރީފް މިހާތަނަށް ހުންނެވީ ސީނިއާ ސުޕްރިންޓެންޑެންޓުގެ މަގާމުގަ އެވެ. އޭނާ ވަނީ ކަސްޓަމްސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ހައްދަވައިފަ އެވެ.

މާނިއު އެންމެ ފަހުން ހުންނެވީ ސުޕްރިންޓެންޑެންޓުގެ މަގާމުގަ އެވެ. ޕްރޮޖެކްޓް މެނޭޖުމަންޓުގެ ދާއިރާއިން މާނިއު މާސްޓާސް ހައްދަވާފައިވާއިރު ތަފާތު އެހެން ފެންވަރުގެ ކޯސްތައް ވެސް އޭނާ ވަނީ ފުރިހަމަ ކުރައްވައިފަ އެވެ.