14 ޑިސެމްބަރ 2018
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ މެދު ފިޔަވަޅު އަޅަން ޕީޕީއެމުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ މެދު ފިޔަވަޅު އަޅަން ޕީޕީއެމުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ޝައިނީއާ މެދު ފިޔަވަޅު އެޅުމުގެ މަޝްވަރާތައް ޕީޕީއެމުން ފެށީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ބައްދަލު ކުރައްވައި، ޝައިނީ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައި، އޭނާ އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި އަދީބާ ބައްދަލު ކުރެއްވި ކަމަށެވެ. އަދި އެކަމާ ގުޅިގެން އަދީބު ދެއްކެވި ބައެއް ވާހަކަތައް ގަބޫލުކުރެއްވޭ ކަމަށް ވެސް ޝައިނީގެ ޓުވީޓުގައިވެ އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޝައިނީއާ މެދު ފިޔަވަޅު އަޅަން ވިސްނާ ކަމަށެވެ. އެކަމަކު އަޅާނީ ކޮން ކަހަލަ ފިޔަވަޅެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ވަޒީރެއްގެ ނަން ވިދާޅުނުވެ، އަބްދުއްރަހީމް ވަނީ ނުސީދާ ގޮތެއްގައި ޝައިނީ އަށް ފާޑު ވެސް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ބައެއް މީޑިއާތަކުގައި ކުރީގެ ވަޒީރަކު، ޕީޕީއެމްއާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދައްކަމުން އަންނަ ކަމަށެވެ. އެކަމަކު ވަޒީރުގެ އެ ވާހަކަތައް އޭނާ ދޮގުކުރެއްވި އެވެ.
އަބްދުއްރަހީމް ވަނީ ދޮގު ވާހަކަތައް ދެއްކުމުގެ ބަދަލުގައި އެ ވަޒީރަކު ރީއްޗަށް ހުންނެވި ކޮޅު ސާފުކޮށްދެއްވުން މާ ރަނގަޅުވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"އަވަސް ހުކުރު" ޕްރޮގްރާމްގައި ޝައިނީ ވަނީ ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން އޭނާއާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ކޮންގްރެސްގައި ނައިބު ރައީސް ކަމަށް ވަޑައިނުގެންނެވުނީ ބަޔަކު އެންޓި ކެމްޕެއިން ކުރެއްވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ ލޯންޗުކޮޅު ގޮއްވާލި ކަމަށް އަދީބު ތުހުމަތު ކުރައްވަނީ އެހެން މީހަކަށް ކަމަށެވެ. ނަމަވެސް އެއީ ތުހުމަތުތަކަށް ވާތީ އެ މީހެއްގެ ނަން ހާމަކުރަން ބޭނުން ނުވާ ކަމަށް ޝައިނީ ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ލޯންޗުކޮޅުތަކުގެ ތެރޭގައި ހިމެނޭ "ފިނިފެންމާ"ގައި އެއްޗެއް ގޮވިއިރު ޝައިނީ ވެސް އޭގައި އިންނެވި އެވެ. އެކަމަކު އެއްވެސް އަނިޔާއެއް ލިބިވަޑައެއްނުގަންނަވަ އެވެ.
ފެންނަނީ އަދީބުގެ އެހީތެރިކަން ހޯދާތަން: އިދިކޮޅު
ކަޅު ފައިސާ ނުލިބެނީ ޕީޕީއެމް/ޕީއެންސީއަށް: އަދުރޭ
ޔާމީން މިިނިވަންކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިިފި
އަދީބު ފިލުމުން އިމްރާން އިސްތިއުފާ ދޭން ޖެހޭ: ޝިޔާމް
އަދީބު ދިން ޑޮލަރުތަކެއް ބޭނުން ކުރިން: ޝައިނީ
"އެނބޫދޫފަޅުން 40 މިލިއަން ޑޮލަރު ހޯދައިދިނިން"
ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟
ކެހި ދެނީ އެންމެ ކައިރީގައި އުޅުުނު މީހުން: ރައީސް
ފާރިސް ދެކެ ރައީސް ޖެހިލުންވެ ވަޑައިގަންނަވާ: އަދީބު
ރައީސް ޔާމީން އެ ހުންނެވީ އަޒުލްވެފައި: ޖަމީލް