ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، މި ހަފުތާގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުފުޅާ އެކު، ރާއްޖެ-އިންޑިއާގެ ގުޅުން ކުރިއަށް ވުރެ ބަދަހި ވެފައި ވާތީ އެމެރިކާ އިން އިންޑިއާއަށް މަރުހަބާ ކިޔައިފި އެވެ.
20 ޑިސެމްބަރ 2018
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، މި ހަފުތާގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުފުޅާ އެކު، ރާއްޖެ-އިންޑިއާގެ ގުޅުން ކުރިއަށް ވުރެ ބަދަހި ވެފައި ވާތީ އެމެރިކާ އިން އިންޑިއާއަށް މަރުހަބާ ކިޔައިފި އެވެ.
އެމެރިކާގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ ޑޭވިޑް ރާންޒްއާ ހަވާލާދީ، އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ އިންޑިއާއިން ރާއްޖެއާ މެދު ގެންގުޅެނީ އެމެރިކާއިން ވެސް ރާއްޖެއާ މެދު ގެންގުޅޭ ވިސްނުން ކަމަށެެވެ. އެގޮތުން، އެމެރިކާ އިން ދެކޭ ގޮތުގައި ރާއްޖެ އަކީ އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސަލަމާތީ ކަންކަމުގައި މުހިއްމު ދައުރެއް އަދާކުރެވޭނެ ގައުމެެކެވެ.
"އިންޑިއާ އިން ދިވެހިރާއްޖެއާ އެކު އޮންނަ ގުޅުން އަލުން ވަރުގަދަ ކުރުމުން އަހަރެމެން އެކަމަށް މަރުހަބާ ކިޔަން،" ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިދިޔަ އާދިއްތައިން އަންގާރަ ދުވަހުގެ ނިޔަލަށް އިންޑިއާއަށް ވަޑައިގަތުމާ ގުޅިގެން ރާންޒް ވިދާޅުވި ކަމަށް ނޫސްތަކުން ބުންޏެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވަމުން އަންނަ އިރު އެހީތެރިވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އިންޑިއާ އެކޭ އެއްގޮތަށް އެމެރިކާއިން ވެސް ދެކޭ ކަމަށް ރާންޒް ވިދާޅުވި އެވެ. އޭނާ ވަނީ ދާދި ފަހުން ރާއްޖެއަށް ޒިޔާރަތް ކުރައްވައި، އެމެރިކާއިން ރާއްޖެއަށް އެހީތެރި ވެދެެވެން ހުރި ދާއިރާތަކާއި ދެވޭނެ އެހީތައް ބައްލަވައިފަ އެވެ.
މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބާ އެކު، ސުލްހަވެރިކަމާ އެކު ވެރިކަން ބަދަލުވި ބަދަލުވުމަކީ ޑިމޮކްރެޓިކް ގޮތުން މުހިއްމު ކަމެއްގެ ގޮތުގައި އެމެރިކާއިން ދެކެ އެވެ.
"ދަރަނި އެނަލައިޒް ކުރުމާއި ދެމެހެއްޓެނިވި ތަރައްގީ އާއި އަދުލު އިންސާފުގެ ދާއިރާ އާއި ސިވިލް ސޮސައިޓީތަކަށް އެހީވުމާއި ތިމާވެށީގެ ކަންކަމަށް އެހީވުން އަދި ދިވެހި ސަރުކާރުން ފާހަގަކޮށްފައިވާ އެންމެހައި ދާއިރާތަކުން ދިވެހިރާއްޖެއަށް އެހީވާން އެމެރިކާ އިން އަންނަނީ ބަލަމުން،" ރާންޒް ވިދާޅުވި އެވެ.
އެ ކަންތައްތަކަށް އެހީތެރިވުމަކީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާވެ، ކޮރަޕްޝަން ނައްތައިލުމަށް އެޅޭ ބާރަކަށް ވާނެ ކަމަށް އެމެރިކާއިން ދެކެ އެވެ.
ރައީސް، އަންނަ މަހު އިންޑިއާ އަށް ވަޑައިގަންނަވަނީ
ރައީސާއި މޯދީ ޕްރޮޖެކްޓްތަކުގެ މަޝްވަރާ ކުރައްވައިފި
އިންޑިއާގެ ކޮންސިއުލޭޓާއެކު އައްޑޫ ތަރައްގީވުން، ޖޯކެއް
އިންޑިއާގެ ބޭނުމަކީ ދެކުނަށް އަތްގަދަކުރުން؟
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަނީ
އިންޑިއާއަކީ ދުނިޔެއަށް އުއްމީދެއް: ރައީސް
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް 3 މަސްތެރޭގައި ފަށަނީ
އިންޑިއާއަކީ ހަގީގީ އެކުވެރިއެއްކަން ދައްކައިދީފި:ރައީސް
ރާއްޖެ އަށް އެހީވާން އިންޑިއާ އޮންނާނީ ތައްޔާރަށް:މޯދީ
"މިއީ ތެދުވެރި އެކުވެރިއެއް، ގާތް ކަމަށް ޝުކުރިއްޔާ"