Roadha Mihaaru
ދޫނިދޫގައި މީހުން ބަންދުކުރުން ހުއްޓާލަންޖެހޭ: ސައުދު

ސައުދުގެ ހިޔާލު: ދޫނިދޫގައި ކުށްވެރިން ބަންދުކުރުން ހުއްޓާލަންޖެހޭ

22 ޑިސެމްބަރ 2018

ދޫނިދޫ ޖަލުގައި މީހުން ބަންދު ކުރުމުގެ ބަދަލުގައި އެ ރަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހަދަން ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިއަދު ގޮވާލައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދޫނިދޫ ޖަލުގައި މީހުން ބަންދު ކުރުމުގެ ބަދަލުގައި އެ ރަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހަދަން ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިއަދު ގޮވާލައްވައިފި އެވެ.

ފުލުހުން ކުރާ ތަހުގީގުތަކާ ގުޅިގެން ތުހުމަތު ކުރެވޭ މީހުން ބަންދު ކުރުމަށް ހާއްސަ ދޫނިދޫ ޖަލު ހިމެނޭ ގޮތަށް ހުރިހާ ޖަލުތަކެއްގެ ހާލަތު ބެލުމަށް ހޯމް މިނިސްޓްރީން ވަނީ ކޮމިޝަނެއް އުފައްދައިފަ އެވެ. އަދި އެ ކޮމިޝަނަށް ހަތް މެމްބަރުން ހަމަޖައްސައި މަސައްކަތް ވަނީ ފަށައިފަ އެވެ.

ޖަލުތަކާއި ޕްރޯލްގެ ގާނޫނުގެ ދަށުން ތިން ބާވަތެއްގެ ޖަލު ރާއްޖޭގައި ހުރެ އެވެ. އެއީ ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުންދާ އާންމު ޖަލުތަކާއި ރިމާންޑް ޖަލުތަކުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށުން މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ހުންނަ ކަސްޓޯޑިއަލް ޖަލުތަކެވެ.

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދުގެ ހުސައިންގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ މައްސަލާގައި ހުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލީހަށް އޭނާ ސުޕްރީމް ކޯޓަށް ވަދެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދުގެ ހުސައިންގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ މައްސަލާގައި ހުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލީހަށް އޭނާ ސުޕްރީމް ކޯޓަށް ވަދެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ސައުދު ކުރެއްވި ޓުވީޓު.

ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ގައުމުގައި އަމަލު ކުރަމުން ދަނީ "ރަދުން ވިދާޅުވީމަ" އާއި "ފަނޑިޔާރު މަނިކުފާނު" ބޭނުންވީމަ ބަންދުކޮށްފައި ބަހައްޓާ އުސޫލުން ކަމަށެވެ. އެހެންވެ، ދޫނިދޫ ޕިކްނިކް އައިލެންޑަކަށް ހެދުން މުހިންމު ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވި ގޮތުގައި ދޫނިދު އަކީ ބަންދު ކުރަން ނުޖެހޭ އެތައް ރައްޔިތެއް ބަންދުކޮށްފައި ބަހައްޓައިގެން އެކި ގޮތްގޮތަށް ނާޖައިޒު ފައިދާ ބަޔަކު ހޯދަމުންދާ ރަށެއް ކަމަށެވެ. އެއީ ގައުމުގެ ޒުވާން ބޮޑު އާބާދީއެއް ބަންދުކޮށްގެން ހަލާކު ކުރަމުންދާ ރަށެއް ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.

ސައުދު ކުރެއްވި ޓުވީޓު.

"ދޫނިދޫގެ އޮޕަރޭޝަން ހުއްޓާލުމަށް ގޮވާލަން،" ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް މަޖިލީހަށް ވަތް މައްސަލާގައި ސައުދު ވަނީ 29 ދުވަހު ދޫނިދޫގައި ހޭދަކުރައްވައިފަ އެވެ. ސައުދުގެ އެހެން ޓުވީޓެއްގައި ވަނީ ދޫނިދޫގައި ހޭދަކުރެއްވި ތަޖުރިބާ ވެސް ހިއްސާކޮށް ދެއްވައިފަ އެވެ.

ސައުދު ކުރެއްވި ޓުވީޓު.

ސައުދު ވިދާޅުވީ ދޫނިދޫގައި ބަންދުކޮށްފައި މަހެއްހާ ދުވަހު ބެހެއްޓި އިރު، ތަހުގީގަށް ސުވާލު ކުރަން ހޭދަވީ އެންމެ 10 މިނިޓު ކަމަށެވެ. އަދި 10 މިނިޓުގެ ބޭނުމަށް އެތައް ދުވަހެއް ވަންދެން ޖަލުގެ ކުޑަ ގޮޅީގައި ބަންދު ކުރަން ޖެހޭ ސަބަބަކީ ކޮބައިތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ސައުދު ކުރެއްވި ޓުވީޓުތަކުގެ ތަފްސީލް ދެއްވައި، އޭނާ "މިހާރު" އަށް މިއަދު ވިދާޅުވީ ކުދި ކުދި ކުށްތަކުގައި ހައްޔަރު ކުރާ ޒުވާނުން ދޫނިދޫ ޖަލުން ނުކުންނައިރު، އެމީހުން ތިބެނީ "ކޮންމެވެސް ގޭންގެއްގައި" ކަމަށެވެ. ދޫނިދޫ ޖަލަށް ދިއުމުގެ ސަބަބުން އެ ޒުވާނުން އިތުރަށް ގޯސްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަގުމަތީގައި މިއުޅޭ ކުދިން ކުޑަ ކުށެއް ކުރީމަ ޖަލަށް ގެންގޮސް އެހާ ގިނަ ދުވަހު އޮންނަން ޖެހުނީމަ ޖަލުން ބައްދަލުވާ އެހެން މީހުންގެ ފަރާތުން އެ ކުއްޖާ އަށް ނޭދެވޭ އަސަރު ކުރޭ،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވި ގޮތުގައި، ކުށްތަކުގެ ތުހުމަތުގައި މީހުން ދޫނިދޫގައި ބަންދު ކުރަނީ މާލޭގައި ހުންނަ އަތޮޅުވެހީގައި ޖާގަ ވެސް ހުއްޓަ އެވެ. އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދޫނިދޫގައި މީހުން ބަންދު ކުރުން ހުއްޓާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.