އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަންވަރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
23 ޑިސެމްބަރ 2018
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަންވަރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެނގިފައިވާ ގޮތުގައި، އަންވަރު މިއަދު ވަނީ އިސްތިއުފާގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވައިފަ އެވެ. އަންވަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އިމިގްރޭޝަން ކޮންޓްރޯލާ އަކަށް އައްޔަން ކުރެއްވި ބޭފުޅެކެވެ.
ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާކުރެއްވި ދުވަހުން ފެށިގެން އަންވަރު އޮފީހަކަށް ނުނިކުންނަވަ އެވެ. އަދި މިދިޔަ މަހުގެ 15 ވަނަ ދުވަހު އަންވަރު ސޮއިކުރައްވައި ނެރުއްވި މެމޯއަކުން ވަނީ ހުރިހާ މުވައްޒަފުންގެ މަސައްކަތަށް ޝުކުރު ދަންނަވައިފަ އެވެ.
މެމޯގައި އަންވަރު ވިދާޅުވީ އިމިގްރޭޝަންގައި އޭނާ މަސައްކަތް ކުރެއްވި ދުވަސްވަރު އެއްވެސް މުވައްޒަފެއްގެ ހައްގަށް އުނިކަމެއް ލިބޭގޮތަށް މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި، އެފަދަ ގޮތަކަށް އެއްވެސް މުވައްޒަފަކަށް އިހުސާސް ކުރެވޭ ނަމަ އެކަމަށްޓަކައި އަންވަރު ވަނީ މާފަށް ވެސް އެދިވަޑައިގެންފަ އެވެ.
ޖުމްހޫރީ ޕާޓީން ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ކޮންގްރެސްގައި ފަޔާޒް ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު
އާ އިމިގްރޭޝަން ކޮންޓްރޯލަރަކަށް ދެން ހަމަޖައްސާނީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ފަޔާޒް (އެފްއޭ) ކަމަށް ކުރިން އަޑު ފެތުރިފައި ވެ އެވެ.
ފަޔާޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މެލޭޝިއާގައި ހުންނެވި ދިވެހި ސަފީރުގެ މަގާމުގައި ހުންނެވި އަދި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
އާ އިމިގްރޭޝަން ކޮންޓްރޯލަކަށް ފަޔާޒް ހަމަޖައްސަނީ
ޑެޕިއުޓީ ކޮންޓްރޯލާގެ މަގާމަށް އަޝްރަފް ހަމަޖައްސަވައިފި
އިމިގްރޭޝަން ކޮންޓްރޯލަރު ކަމަށް މުހައްމަދު އަހްމަދު
އިމިގްރޭޝަންގެ ވެރިއަކު އަދިވެސް ސަސްޕެންޝަންގައި
އިމިގްރޭޝަންގެ ދެ ވެރިއަކު ސަސްޕެންޑްކޮށްފި
ޕާސްޕޯޓު ކާޑަށް އެދޭ ފޯމު އަންގާރަ ދުވަހު ދޫކުރަނީ
އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާ ކަމުން އަލްގީން ވަކިކޮށްފި
މާފަށް އެދުނު ވައްޑެ ސްޓޭޓް މިނިސްޓަރަކަށް!
ފަހުމީއަށް ރައީސް އޮފީސް މިނިސްޓަރު ފެންވަރުގެ މަގާމެއް
ސިޔާސީ މަގާމުތަކުގެ އަދަދު ގާނޫނަކުން ކަނޑައަޅަނީ!