Roadha Mihaaru
އިމިގްރޭޝަން ކޮންޓްރޯލަރު ކަމަށް މުހައްމަދު އަހްމަދު

އިމިގްރޭޝަން ކޮންޓްރޯލަރު ކަމަށް މުހައްމަދު އަހްމަދު

23 ޑިސެމްބަރ 2018

އިމިގްރޭޝަން ކޮންޓްރޯލަރު ކަމަށް މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) މިއަދު އައްޔަން ކުރައްވައިފި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު ކަމަށް މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) މިއަދު އައްޔަން ކުރައްވައިފި އެވެ.

އޭނާ އަށް މަގާމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެރުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރު ހަނަފީ އެ މަގާމަށް އައްޔަން ކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަންވަރު މިއަދު އިސްތިއުފާ ދެއްވުމާ އެކު އެވެ.

ހަނަފީ އެ މަގާމަށް އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ. އޭނާ މިއަދު ވަނީ އޮފީހަށް ނުކުންނަވައިިފަ އެވެ.

އޭނާ މީގެ ކުރިން ވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑައިރެކްޓާ އޮފް ސޭލްސްގެ މަގާމާއި އަލްބަޓްރޮސް އިންޓަނޭޝަނަލްގެ ސީއީއޯ ކަމާއި ހައިޕް މީޑިއާގެ ސީއޯއޯ ކަން ވެސް ކުރައްވައިފަ އެވެ.