Roadha Mihaaru

ޑެޕިއުޓީ އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް އަޝްރަފް ހަމަޖައްސަވައިފި

އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާގެ މަގާމަށް އިބްރާހިމް އަޝްރަފް މިއަދު ހަމަޖައްސަވައިފި އެވެ.

ޑެޕިއުޓީ ކޮންޓްރޯލާގެ މަގާމަށް އަޝްރަފް ހަމަޖައްސަވައިފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

23 ޑިސެމްބަރ 2018

އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާގެ މަގާމަށް އިބްރާހިމް އަޝްރަފް މިއަދު ހަމަޖައްސަވައިފި އެވެ.

ޑެޕިއުޓީ އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް ހ. ރޭ އަޝްރަފް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖެއްސެވީ މިނިސްޓަރުންގެ ނައިބުގެ ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޑެޕިއުޓީ ކޮންޓްރޯލަރު ކަމަށް އަޝްރަފް ހަމަޖެއްސެވި އިރު، ކޮންޓްރޯލަރުގެ މަގާމަށް ވެސް މިއަދު ވަނީ ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ. އެ މަގާމަށް އައްޔަން ކުރެއްވީ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަންވަރު އެ މަގާމުން މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.