އާ އަހަރަކާ ކުރިމަތިލާ އިރު ސެމްސަންގުން އަންނަނީ ކަސްޓަމަރުން އުފާވާނެ ކަމެއް ކުރަން ތައްޔާރުވަމުންނެވެ. އިންތިޒާރަށް ނިމުމެއް އަންނާނީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ކަމަށް ބެލެވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެއަށް ވުރެ ކުރިން ވެސް ފަހަރުގައި ސެމްސަންގުން ކަސްޓަމަރުން ހެއްވައިލާނެ އެވެ.
30 ޑިސެމްބަރ 2018
އާ އަހަރަކާ ކުރިމަތިލާ އިރު ސެމްސަންގުން އަންނަނީ ކަސްޓަމަރުން އުފާވާނެ ކަމެއް ކުރަން ތައްޔާރުވަމުންނެވެ. އިންތިޒާރަށް ނިމުމެއް އަންނާނީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ކަމަށް ބެލެވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެއަށް ވުރެ ކުރިން ވެސް ފަހަރުގައި ސެމްސަންގުން ކަސްޓަމަރުން ހެއްވައިލާނެ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ސްޕެއިންގެ ބާސެލޯނާގައި ފަށާ މޯބައިލް ވޯލްޑް ކޮންގްރެސް ކޮންގްރެސްގައި ސެމްސަންގެ އާ ފޯނު ގެލެކްސީ އެސް10 ގެ ތަފާތު މޮޑެލްތައް ދައްކައިލަން މިހާރު ވަނީ ނިންމައިފަ އެވެ. އަދި ޕްރި-އޯޑަރަަށް ވަރަށް އަވަހަށް ހުޅުވައިލުމަށް ފަހު އަންނަ މާޗް މަހުގެ 8 ގައި ރަސްމީކޮށް ފޯނު ނެރޭނެ އެވެ.
ސެމްސަންގް ގެލެކްސީ އެސް10 ގެ ހާއްސަ ކަންކަމުގެ ތެރޭގައި ސައިޒު ތަފާތު ފޯނުތަކާ އެކު ލޯންޗް ކުރާ އިރު، މީގެ ކެމެރާ އާއި ސްކްރީންގައި ވެސް ހާއްސަ ސިފަތަކަށް ހުންނާނެ އެވެ.
Samsung Galaxy S10 Plus Leaked Video.. || #samsung || #galaxy || #s10plus || #s10: https://t.co/2gLsndZJsA via @YouTube
— Tricks Tech Cube (@trickstechcube) December 21, 2018
ފޯންތަކުގެ ސައިޒްތަކަށް ބަލާ އިރު ރެގިއުލާ ގެލެކްސީ އެސް10 ގެ ސްކްރީންގެ ބޮޑުމިނުގައި 6.1 އިންޗި ހުންނަ އިރު، ގެލެކްސް އެސް10 ލައިޓްގެ ސްކްރީނުގެ ބޮޑުމިނުގައި 5.8 އިންޗި ހުންނާނެ އެވެ. އަދި ގެލެކްސީ އެސް10+ ގެ ސްކްރީނުގައި 6.4 އިންޗި ހުންނާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.
މި ފަހަރު ފޯނުގެ ކެމެރާގެ ހާއްސަ އެއް ކަމަކީ ޑީއެލްއެސްއާރް ކެމެރާތަކުން ފޮޓޯތައް ނަގާއިރު ބްލާ (އާޓިސްޓިކް ލައިވް ފޯކަސް) ކުރެވޭ ގޮތަށް އިންނަ ފީޗާ، ސެމްސަންގެ ގެލެކްސީ އެސް10 އަށް ފައްތާފައިވުމެވެ. އަދި ފޯނުގައި ފަސް ކެމެރާ އިންނާނެ އެވެ. އެއީ ކުރިމަތީގައި ދޭއްޗާއި ފަހަތުގައި ތިނެއްޗެވެ.
އަދި މި މޮޑެލްތަކުގެ ފޯނުގެ ތެރެއިން ކޮންމެވެސް އެއް މޮޑެލްއެއްގައި 5ޖީ ނެޓްވޯކް ސަޕޯޓްކުރާނެ ކަމަށް ބުނެވެ އެވެ.
ސެމްސަންގެ ގެލެކްސީ އެސް10 ގެ އަގުތައް އުޅޭނެ ކަމަށް ބެލެވެނީ 888.29-1،777.85 ޑޮލަރާ ދެމެދުގަ އެވެ.
ގެލެކްސީ އެސް10 ގެ ޕްރި-އޯޑަ މި މަހުގެ 21 ގައި
ސެމްސަންގްގެ އަހަރުގެ ފުރަތަމަ އިވެންޓް އަންނަ މަހު
ސެމްސަންގް އެސް21 ސީރީޒްގެ އާ ފޯނެއް
ސެމްސަންގްގެ ބިޔަ މަޝްރޫއެއް ޓެކްސެސްއަށް
ޓެކް ކުންފުނިތަކުގެ އިވެންޓްތަކެއް އަންނަ ހަފުތާގައި
ޝޯމީގެ އަމާޒަކީ ފޯނު ވިޔަފާރީގެ ކުރި އަތުލުން
ސެމްސަންގުގެ އާ އިވެންޓް އޮގަސްޓް 11 ގައި
ގެލެކްސީ އޭ ސީރީޒް 5ޖީއާ އެކު އަގުހެޔޮކޮށް
ސެމްސަންގުން "ޑަބަލް ފޯލްޑިން" ފޯން ނެރެނީ
ސެމްސަންގުގެ މި އަހަރުގެ ދެވަނަ އިވެންޓް 17 ގައި