Roadha Mihaaru
ގެލެކްސީ އޭ ސީރީޒް 5ޖީއާ އެކު އަގުހެޔޮކޮށް

ސެމްސަންގް ގެލެކްސީ އޭ ސީރީޒް 5ޖީ އާ އެކު އަގުހެޔޮކޮށް

11 އެޕްރީލް 2021

ސެމްސަންގްގެ ގެލެކްސީ އާއި ނޯޓް ސީރީޒްތަކުގެ ފޯނުގެ ކާމިޔާބީއާ ހެދި ވިޔަފަރީ އަށް ހިޔަނި އެޅިފައިވާ އެ ކުންފުނީގެ އޭ ސީރީޒްގެ ފޯނު ބަދަލަކާ އެކު އެކު އެމެރިކާގެ މާކެޓަށް އަލުން ނެރެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސެމްސަންގްގެ ގެލެކްސީ އާއި ނޯޓް ސީރީޒްތަކުގެ ފޯނުގެ ކާމިޔާބީއާ ހެދި ވިޔަފަރީ އަށް ހިޔަނި އެޅިފައިވާ އެ ކުންފުނީގެ އޭ ސީރީޒްގެ ފޯނު ބަދަލަކާ އެކު އެކު އެމެރިކާގެ މާކެޓަށް އަލުން ނެރެފި އެވެ.

ދެކުނު ކޮރެއާގެ ކުންފުނިން ބުނީ އޭ ސީރީޒްގެ މެދު ފަންތީގެ ފޯނުތައް މި ފަހަރު ނެރުނީ 5ޖޯ ނެޓްވޯކާ އެކީގައި ކަމަށެވެ. އަދި މިއީ 300 ޑޮލަރަށް ވުރެ ކުޑަކޮށް 5ޖީ ފޯނު ނެރެން ސެމްސަންގުން ކުރާ މަސައްކަތުގެ ތެރެއިން މިހާތަނަށް އެންމެ އަގު ހެޔޮކޮށް ގެނެސްދެވޭ 5ޖީ ފޯނުތަކެވެ. އެހެންވެ 300 ޑޮލަރަށް އަގު ތިރިވުން އަދި ކުރިއަށް އޮތީ އެވެ.

މި ފަހަރު އެމެރިކާގެ މާކެޓަށް ނެރެފައި ވަނީ 499 ޑޮލަރަށް ވިއްކާ އޭ52 5ޖީ އާއި 399 ޑޮލަރަށް ވިއްކާ އޭ42 5ޖީގެ އިތުރުން 279 ޑޮލަރަށް ވިއްކާ އޭ32 5ޖީ އެވެ.

އޭގެ އިތުރުން އޭ ސީރީޒްގެ އިތުރު ދެ މޮޑެލްއެއް ވެސް 4ޖީއާ އެކު ހުކުރު ދުވަހު ނެރެފައިވެ އެވެ. އެއީ 179 ޑޮލަރަށް ވިއްކާ އޭ12 އާއި 109 ޑޮލަރަށް ވިއްކާ އޭ02 އެވެ.

ސެމްސަންގުން ބުނިގޮތުގައި އޭ ސީރީޒްގެ އަގުހެޔޮ ފޯނުތަކެއް އެމެރިކާގެ މާކެޓަށް ނެރުނީ މިދިޔަ އަހަރު ކޮވިޑް-19އާ ވިދިގެން އެ ސީރީޒްގެ ފޯނުތަކަށް ބޮޑު ތަރުހީބެއް ލިބި، ވިޔަފާރި ވަރަށް ބޮޑަށް ރަނގަޅުވެފައިވާތީ އެވެ.

އެގޮތުން އައިޑީސީ ރިސާޗްގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ޕެންޑެމިކް ތެރޭގައި އެމެރިކާގައި ސެމްސަންގްގެ އޭ ސީރީޒްގެ ފޯނުތަކުގެ ވިޔަފާރި 60 ޕަސަންޓަށް އުފުލިފައިވެ އެވެ. އަދި މިދިޔަ އަހަރު އެ ކުންފުނިން ޝިޕްކޮށްދިން ފޯނުތަކުގެ 70 ޕަސަންޓް ހިއްސާކުރަނީ ވެސް އޭ ސިރީޒްގެ އަގުހެޔޮ ފޯނުތަކެވެ.