Roadha Mihaaru
ތައި ކޭވް ޑައިވަރުންނަށް ޝަރަފްގެ އެވޯޑް ދީފި

ތައި ކޭވް ޑައިވަރުންނަށް ޝަރަފްގެ އެވޯޑް ދީފި

29 ޑިސެމްބަރ 2018

ލަންޑަން (ޑިސެމްބަރު 29) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތާށިވި ޒުވާން ފުޓުބޯޅަ ޓީމުގެ 12 ކުދިންނާއި ކޯޗު ސަލާމަތް ކުރުމުގައި ބައިވެރިވި އިނގިރޭސި ވިލާތުގެ ހަތް ޑައިވަރުން ނިއު އިޔާ އޮނަ ލިސްޓުގައި ހިމަނައި އެ މީހުންނަށް ޝަރަފް ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ޑިސެމްބަރު 29) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތާށިވި ޒުވާން ފުޓުބޯޅަ ޓީމުގެ 12 ކުދިންނާއި ކޯޗު ސަލާމަތް ކުރުމުގައި ބައިވެރިވި އިނގިރޭސި ވިލާތުގެ ހަތް ޑައިވަރުން ނިއު އިޔާ އޮނަ ލިސްޓުގައި ހިމަނައި އެ މީހުންނަށް ޝަރަފް ދީފި އެވެ.

ހަތަރު ޑައިވަރަކަށް ވަނީ "އާދަޔާޚިލާފް ހިތްވަރު" ގެ އެވޯޑް ދީފަ އެވެ. ތިން ޑައިވަރަކަށް ވަނީ މެމްބާސް އޮފް ދަ މޯސްޓް އެކްސެލެންޓް އޯޑަ އޮފް ދަ ބްރިޓިޝް އެމްޕަޔާ (އެމްބީއީ) ގެ ޝަރަފް ދީފަ އެވެ. ހޮހަޅައިގައި ތާށިވި ކުދިން ފުރަތަމަ ހޯދި ރިޗަޑް ސްޓެންޓަން އާއި ޖޯން ވޮލަންތެން އަށް ވަނީ ޖޯޖް މެޑަލް ދީފަ އެވެ. މިއީ އިނގިރޭސި ވިލާތުގައި ދޭ ދެ ވަނަ އަށް އެންމެ މަތީ މަދަނީ އެވޯޑެވެ. ރެސްކިއު މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސްޓެންޓަން އަށް 2012 ވަނަ އަހަރު އެމްބީއީ އެވޯޑް ދީފަ އެވެ. ޑައިވަރުން ކަމަށްވާ ކްރިސްޓޮފާ ޖެވެލް އަދި ޖޭސަން މަލިންސަން ވަނީ ކުއީންސް ގެލަންޓަރީ މެޑަލް ދީފަ އެވެ. ޖޮޝުއާ ބްރެޗްލީ، ކޯނޯ ރޮއެ އަދި ވާމަން އުސްވޯތަށް ވަނީ އެމްބީއީ އެވޯޑް ދީފަ އެވެ.

"މިއީ މުޅި ޓީމުގެ މަސައްކަތެއް. މި ޝަރަފް އެންމެންނަށް ވެސް ލިބުނީމާ އުފާކުރަން،" އުސްވޯތު ބުންޏެވެ.

ކުއީން އެލިޒަބަތުގެ ނިއު އިޔާ އޮނަ ލިސްޓުގައި 1،148 ފަރާތެއް ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި ކުޅިވަރު ކުޅުންތެރިންނާއި މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅޭ މީހުން އަދި ސިޔާސީ ފަރާތްތައް ހިމެނެ އެވެ.